ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރިސޯޓަކަށް ހައިވަކަރު ގަސް ހަދިޔާކުރަނީ.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
03 ޖޫން 2025 - 11:14
ސްރީ ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ލަންކާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ރަށްރަށާއި ރިސޯޓުތަކުގައި ހައިވަކަރު ގަސް އިންދަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު އެއް ވައުދު ކަމަށްވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުވެފައިވާ ގަސްތައް އިންދުމުގެ ގޮތުންނެވެ.
މިނިސްޓްރީން ބުނީ ހައިވަކަރު ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާ އެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި އިންދުމަށް ވެސް އެ ގަސްތައް މިހާރު ފޮނުވާފައި ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ހައިވަކަރު ގަސް އިންދަން ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް އެ ގަސް ބެހުމުގެ މަސައްކަތް ކަމަށާއި ކޮންމެ ރިސޯޓަކަށް ދެ ގަސް ހަދިޔާކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
The first batch of teak plants donated by the Government of Sri Lanka to the 5 Million Trees program has commenced distribution today.
— Ministry of Tourism and Environment (@MoTmv) June 2, 2025
As part of this year’s Environment day activities, teak will be planted in resorts across Maldives. pic.twitter.com/HDd7c2EIxR
މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ބަހާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީީ ހައިވަކަރު ގަސްތަކަކީ ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ލޭންޑްމާކެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއް ކަމަށެވެ.
ހައިވަކަރު ގަހަކީ ދިވެހި ސަގާފަތާ ދޯޅު، ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ވުޖޫދު ވެފައިވާ ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. ދިވެހި ތާރީހުގައި މި ގަހުގެ ދައުރު ވަރަށް ބޮޑެވެ.
އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ރަށްރަށުގައި ވަނީ 565،000 ގަސް އިންދައިފަ އެވެ. އެ އަމާޒު ހާސިލްކުރުމަށް ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ސަރުކާރު ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިނިސްޓްރީއާ އެކު ސޮއިކުރަމުންނެވެ.
މި ޚަބަރު ފުރަތަމަ ޝައިއުކުރި އިރު ހައިވަކަރު ގަސްތަކަކީ ރާއްްޖޭގެ ރަށްރަށުގެ މަލަމަތިން ލޭންޑްމާކެއްގެ ގޮތުން ބޭނުންކުރަން ނިންމާފައިވާ ގަސްތަކެއް ކަމަށް ލިޔެފައި ވަނީ މިނިސްޓްރީން ނެރުނު ނޫސްބަޔާނާ ހަލާވާދީ އެވެ. ނަމަވެސް، އެއީ ލިޔުމުގެ ކުށެއް ކަމަށް މިނިސްޓްރީން ބުނެފައި ވާތީ މި ޚަބަރު މިހާރު ވަނީ އިސްލާހުކުރެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ިހަބަރު
04 June 2025
ތީ ހަމަ ހައިކަރުގަސްތޯ ނޫނީ ހައިވަކަރޭ ކިޔާގެން ސްކޫލް ތަންތާ ހައްދާފައި ހުރި އުނިގަސް ފާޑުގެ ބިޔަ ފަތްތަކެއް ހުންނަ ފޮއް ޑުލަކުޑި ގަސްތޯ؟
ނެގުނުކަތީބު
03 June 2025
ރަސްގެތީމު ހައިވަކަރު މުހައްމަދާ މާލޭ ހައިވަކަރު އަހްމަދުފުޅު މަރުވީމާދޯ ހައިވަކަރުގަސް އިންދަން ތިޔަފެށީ.
ކޮސް
03 June 2025
އަދަދަކީ ޖަހާލަން ފަސޭހަ އެއްޗެއް. އެބުނިވަރަށް ގަސް އިންދާފައިނުވާކަމަކީ ޔަޤީންކަމެއް.
ފަޅުމަސް
03 June 2025
ބޭކާރު ކަމެއް.. ކޮބާ ހުޅުމާލޭގައި އިންދިހާ ގަސްތައް؟ އެ ގަސްތައް މަގަށް ބަހައްޓާފައި، ޕްލޭންކޮށްގެން ޢިމާރާތް ކުރެވެން އޮއްވައި، މަގަށް ހުރި ބޮޑެތި ގަސްތައް ކަނޑާ ތިރިކޮށް، މަގާ ޖެހިގެން ޢިމާރާތްކުރަމުން އެދަނީ... މިއަދު އިންދާފައި، ގަސްތައް ބޮޑުވީމާ ކަނޑުވަން ކީއްކުރަން ކުރާ ބޭކާރު މަސައްކަތެއް.. އިންދުންވެސް ބޭކާރު، އެ ކަނޑަށް ކުރަންޖެހޭ މަސައްކަތްވެސް ބުރަ.. ޕްލޭނެއް ނެތިއްޔާ ގަސް ނީންދުން ރަނގަޅުވާނީ..
ހތރދފ
03 June 2025
އަސްލުވެސް.. ހުޅުމާލޭގަ ސަރުކާރު މުވައްޒަފުން ގެންގޮސް އަވިގަނޑުމެދުގަ ބައިތިއްބައިގެން ހާދަ ގަހެކޭ އިންދީ.. އެކަމު ކަނޑަންވީމަ ހޭވައްލާ ތައްޔާރު ކިޔާފަ ، 15 ވަރަކަށް އަހަރުގެ މަސައްކަތް ބިމާ ހަމަކޮށްލަން އެންމެ ހަފްތާއެއް....
ލަމްޔާން
03 June 2025
ފިތުރޯނު ގަހުން ވަނީ އާންމު އުނދަގޫ. ވައިރޯޅިއެއް ޖެހޭ އިރަށް އޮފިގަނޑު ގަނޑު ބިންދައިގެން މަގުމެދަށް އެ ވެއްޓެނީ. އުމުރު ކުރުކަމުން އެހެން ވަނީ ގަސްގަނޑުގެ.
ޢަލީ ކުރުސީ
03 June 2025
ތިޔަ ބުނާ ލޭންޑްމާކަކަށް ވާވަރަށް ގަހެއް ހެދޭނީ ކިތައް އަހަރުން ތޯ ވެސް ޚަބަރުގަ ޖަހާލި ނަމަ!
ކޮރަލް
03 June 2025
ފުރަތަމަ ވެސް މި އިންދަނީ ރިސޯޓް ގައެވެ. ނޫނީ ހައްކާފަ ހުރި ފިނޮޅުގަ ހެއްޔެވެ؟
ބެއްޔަ
03 June 2025
ހައިވަކަރު އޮށް އިންދަންވީ ނޫންތޯ.
ކަރީނާ
03 June 2025
ކޮބާ ނިކަ ކާނީ، ހިރުނދު، ދިއްގާ ފުނަ، ރުއް.
ވަކަރޭ
03 June 2025
ފަހުން
ހިޔާވެހި.
03 June 2025
ކޮންމެ ރަށަކަށް ގަހެއް ފުނުވާފައި ބާކީ ހުރި ހުރިހާ ގަހެއް ހުޅުމާލޭގައި އިންދާލާ.
އޭގެ ފަހުން
03 June 2025
އަނެއްކާވެސް ފުލެޓުދޭންވީމަ ، ގަސްތައްކަނޑާލާފަ އުކާލާނީ
ހަސީނާ.
03 June 2025
އާ ގަހެއް ލިބުނަސް އިންދަން ވާނީ ހަމަ ކ.މާލޭގަ.