މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު އަބުދުލްސަމަދު މުހައްމަދު (ސަމަދު): އޭނާ މިހާރު ވަނީ ނިޔާވެފައި.
04 ޖޫން 2025 - 12:13
ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެެއް ކައިރީގައި މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް މިއަދު ހެނދުނު ގެއްލުނު މީހާ ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވީ އެ ރަށު ތުނޑީ، ފެސްފަރީ، އަބުދުއްސަމަދު މުހައްމަދު (ސަމަދު)، 65 އެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވިކަން ގަމު ހޮސްޕިޓަލުގެ އޮފިޝަލަކު "މިހާރު"އަށް ދެންމެ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ފުލުހުން ކުރިން ބުނީ މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ސަމަދު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.
ގަމު ކައުންސިލުން ބުނި ގޮތުގައި، މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން އޭނާ ދިޔައީ އިތުރު ބަޔަކާ ވެސް އެކުގަ އެވެ.
އޭނާ ފެނުނީ ގަމު ރައްޔިތުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ހަމަ އެ ފަޅުރަށް ކައިރިން މޫދު އަޑިންނެވެ. މޫދު އަޑިން ނެގިއިރު އޭނާ އޮތީ ޑީކޯވެފައި ކަމަށް ބެލެވޭ ކަމަށް ގަމުން ވާހަކަދެއްކި ބައެއް މީހުން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
04 June 2025
" ޑީކޯ" ވުމަކީ ގެނބުންބާ؟ ނޫނީ ލޮނު ބޮވުންބާ؟ ނޫނީ އަނގައިން ފޮނު އައުންބާ؟ ނޫނީ ފޯ ވުންބާ؟ ނޫނީ ނޭވާ ހޮޅިއަށް ލޮނު އެޅުންބާ؟
އަބްޑޫޅް +
05 June 2025
ޙޫމް. "ޑީކޯ" އެއީ ދިވެހި ބަހެއްތަ؟ އެ ބަހުގެ މަޢުނަޔަކީ ކޮބާ؟