އިންޑިއާގެ ސައްދާމް ހުސައިން. -- ފޮޓޯ: ހިންދުސްތާން ޓައިމްސް
20 މާޗް 2017 - 06:30
އިރާގުގެ ވެރިކަމުން ސައްދާމް ހުސައިން ދުރުކޮށް އޭނާ ހައްޔަރުކުރުމަށް ފަހު ދަންޖައްސައި އަވަހާރަކޮށްލިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސައްދާމް ދުނިޔޭގައި ނެތަސް އޭނާގެ ނަމަކީ ވެސް ބާރު ހުރި އެއްޗެއްކަން އިންޑިއާ މީހަކު އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ތަޖުރިބާކުރަމުންނެވެ.
އެއީ ވެސް ސައްދާމް ހުސައިނެކެވެ. އުމުރުން 25 އަހަރުގެ މެރިން އިންޖިނިއަރެކެވެ. އޭނާ މިހާތަނަށް ސާޅީހަކަށް ވަޒީފާއަށް ކުރިމަތިލައިގެން ވެސް ވަޒީފާ ނުލިބި ހުރީ އޭނާގެ ނަމުގެ ސަބަބުންނެވެ. އެކަމަކު މިއީ އޭނާއަށް ނަން ދިން ކާފަގެ މައްސަލައެއް ނޫން ކަމަށް ސައްދާމް ބުނެ އެވެ.
ނަމަށް ވުރެ ވަޒީފާގެ މުހިންމުކަން ބޮޑުކަމުން އިންޑިއާގެ މި ސައްދާމް ވަނީ އޭނާގެ ނަން ބަދަލުކުރަން ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އިންޑިއާގައި ކަންތައްތައް ހަމަޖެހިފައި ހުންނަ އުނދަގޫ ނިޒާމުގެ ތެރެއިން އެކަން އަވަހަށް ހިނގާ ގޮތެއް ނުވެ އެވެ. ސައްދާމްގެ ނަން ސާޖިދަށް ބަދަލުކުރަން ހުށަހެޅުމަށް ފަހު އެކަން ކުރިއަށް ނުދާނީ ސައްދާމް އަނެއްކާވެސް އުޅެނީ ވަޒީފާއެއް ލިބޭތޯ އެވެ.
ޓެމިނަލް ނާޑޫގެ ނޫރުލް އިސްލާމް ޔުނިވަސިޓީން ސައްދާމް ގްރެޖުއޭޓް ވިތާ ދެ އަހަރު ވެއްޖެ އެވެ. މި ހުރިހާ ދުވަހު އޭނާ ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަނީ ވަޒީފާއެއް ހޯދާށެވެ. އެކަމަކު ނަމުގެ ވަރުގަދަކަމުން، ކޮންމެ ތަނަކުން ވެސް ނަމުގައި އަޅައިގަނެ ވަޒީފާ ދިނުމަށް ޖެހިލުން ވަނީ އެވެ.
ކޮލެޖްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ސައްދާމް ހިންދުސްތާން ޓައިމްސް އަށް ބުނި ގޮތުގައި މީހުން އޭނާއަށް ވަޒީފާ ނުދެނީ އޭނާ ދެކެ ބިރުންނެވެ. ގައުމުން ބޭރަށް ދަތުރެއް ކުރަން ޖެހިއްޖެ ނަމަ އިމިގްރޭޝަނުން މި ސައްދާމަށް މައްސަލަތައް ކުރިމަތި ނުވާނެ ގައުމެއް އޮންނާހެން ހީނުވާ ކަމަށް، ވަޒީފާ ދޭން އިންކާރުކުރާ މީހުން ބުނާ ކަމަށް ސައްދާމް ކިޔައިދީފައިވެ އެވެ.
ޕާސްޕޯޓާއި ޑްރައިވިން ލައިސަންސް ފަދަ ޑޮކިއުމަންޓްތަކުން ނަން ބަދަލުކޮށް އަލުން ހައްދައިގެން ފަސޭހައިން ވަޒީފާއެއް ލިބިދާނެ ކަމަށް ސައްދާމް ގަބޫލުކުރި ނަމަވެސް އޭނާ ވަޒީފާއަށް ހުށަހަޅަންޖެހޭ ތައުލީމީ ސެޓްފިކެޓްތަކާއި އެހެން ބައެއް ލިޔެކިޔުންތަކުން ނަން ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ މިގޮތުން ވެސް ހައްލެއް ފެނިދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
އިންޑިއާގެ މި ސައްދާމް ނޫނަސް، އަސްލު ސައްދާމްގެ ގައުމު ކަމަށްވާ އިރާގުގައި ވެސް މި ނަން ކިޔާ މީހުންނަށް ވެސް މައްސަލަތަކާ ކުރިމަތިވެ އެވެ. ސައްދާމް ކިޔާ މީހުންނަކީ ސައްދާމްގެ ޕާޓީ ކަމަށްވާ ބައަސް ޕާޓީގެ މެންބަރުން ނުވަތަ އެ ޕާޓީއަށް ތާއީދުކުރާ މީހުން ކަމަށް ބަލައި ސަރުކާރުގެ ވަޒީފާތަކުން މަހުރޫމު ކުރެ އެވެ.
އިންޑިއާގެ ސައްދާމް މިހާރު ހުރީ އޭނާގެ ނަން ބަދަލުކުރުމާ ބެހޭ ގޮތުން ބާއްވާ ކޯޓުގެ އަޑުއެހުމަށް ތައްޔާރުވެގެންނެވެ. މި އަޑުއެހުން އޮންނާނީ މެއި 5 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންޑޮޔާ
21 March 2017
މާލެ އައިސް ޕާޓީއަށް ވަނީމަ ވަޒިފާ ލިބިދާނެ.
ސސނ
21 March 2017
ބަލާ ބެލުމަށް ހީވަނީ އޭނަ އެހުރީ ޕައިލެޓް ހެދުމެއް ލައިގެންހެން.. އަޅެ ފަހެއް ދޮގެއްތަ..؟
ޢަލީގެ މަލީ
20 March 2017
ޢިންޑިއާ އަކީ ތިޒާތުގެ ހުރިހާ ކަމަކަށް އަރާ ތިބި ބައެއް އެއްމެ ފީކަޅާ ސަރުކާރީ ނިޒާމް އޮތް ގައުމު
އިބަަ
20 March 2017
ނަސިިބެއްނު ބުޝް ނުކީކަން. ޙާދަމީހުން މަރާނެދޯ
މާވަށު މީހާ
20 March 2017
މިރަށު ސައްދާމު ހުސެއިން އުޅެނީ ވަޒީފާއެއްގަ... މި ރަށަށް އަންނަންވީނު
ލަބީދް އެންޑް ކަބީރް
20 March 2017
ސައްދާމު ނުކިޔެއްކަމަކު ރާއްޖޭގާވެސް އެބައުޅޭ އެތައް ބައިވަރު ވަޡީފާތަކަށް ލައިގެންއުޅޭ ކިޔަވައިގެންތިބި މީހުން. މީކޮންމެހެން ނަމަކުންވާކަމެއް ނޫން.
ވަޓް؟؟؟
20 March 2017
"ސައްދާމް ދުނިޔޭގައި ނެތަސް އޭނާގެ ނަމަކީ ވެސް ބާރު ހުރި އެއްޗެއްކަން އިންޑިއާ މީހަކު އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ތަޖުރިބާކުރަމުންނެވެ." މިޔޯ؟
ރަދީފް
20 March 2017
އިރާގްގެ ރައީސަށް ކިޔަނީ Saddam Hussein ، އިންޑިޔާގަ ވަޒީފާ ނުލިބިގެ އުޅޭ ޒުވާނާގަ ނަމަކީ . Saddam Hussain
ތަފާތު
20 March 2017
ނިކަން ތަފާތު އިނގޭ ބުރޯ
ރާޖު ކުމާރު
20 March 2017
ކަލޯ ދިވެހިރާއްޖެއަށް އާދޭ އޭރުން ތިކަން ހަމަޖެހިދާނެ. މިހާރުވެސް ތިކުނި އެބައޮތް ބާވަރު.
މުހައްމަދު
20 March 2017
މީހަކު ހައިރާންވެ އަންތަރީސްވެ ތަލިން ކުޅު ހިކޭވަރުނުވޭ ހެއްޔެވެ؟ ދުނިޔޭގައި އުޅޭ ސައްދާމަކީ އެއް ސައްދާމަކަށްވާނެ ހެއްޔެވެ؟ ޑީއެންއޭއާއި ލޮލުގެ ކަޅުކަޅިއާއި ހަމާއި ކައްޓާއި ބުރުސޫރައަށްދާނދެން ސްކޭން ކުރެވޭ ޒަމާނެއްގައި ނަމަކާހެދި މިހާ ބިރުން މިއުޅެނީ އިހުގައި ކައްޑެވި ބުއްޑެވި ފަދަ ނަންތައް ދެކެ މީސްތަކުން ބިރުންއުޅުނު ބީދައިން ދޯއެވެ. ކިތަންމެ ވަރަކަށް ތިމަންނާމެންނީ ތަރައްޤީވެފައިވާ ބައެކޭ ބުންޏެއްކަމަކު ޝައްކާއި ވަހުމު ބޮލަށް ސަވާރުވީމާ ދެން އެބަޔަކު އެތިބީ ޖާހިލުކަމުގެ އިންތިހާއަށް ބަޔަކު ހިނގައިދާނެކަން އެއީ ޝައްކެއް ނެތް މިންވަަރަށް ސާފުކަމެއްކަން މިހިރަ މިހިރަ ކަންކަމުން އިންސާނާއަށް މިދަނީ ޔަގީންވަމުން ދޮގެއްތޯއެވެ.
ސާތު ޖަނަމް
20 March 2017
އިންޑިއާ މީހުންގެ ވިސްނުން ތަރައްގީއެއް ނުވާނެ. އެމީހުން އެހާ ބިރުން އެ އުޅެނީ އެއީ ސައްދާމް ހުސައިންގެ "ދޫސްރީ ޖަނަމް" ކަމަށް ހީކޮށް :ޕީ