އެއް މިލިއަން ޓޫރިސްޓަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް މަރުހަބާ ކިޔަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
07 ޖޫން 2025 - 15:59
ރާއްޖޭގެ މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓަކަށް އިންޑިއާގެ ރައްޔިތަކު ހޮވިއްޖެ އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޮވުނީ އިންޑިއާގެ ޕަޓްނާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އެއީ އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރެވެ. އިންޑިއާގެ އެއާލައިނެއް ކަމުގައިވާ އިންޑިގޯއިން އޭނާ ޗުއްޓީ ހޭދަކުރުމަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވީ ޖޫން 27 ގަ އެވެ. އެހެންވެ، މި އަހަރު އެ އަދަދު މި ހަމަވީ، އޭގެ ދެ ހަފްތާ ކުރިންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 56،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިންޑިއާ އޮތީ ރާއްޖޭގެ ހަ ވަނައިގަ އެވެ. އިންޑިއާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.
ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގި ނުތަވަސްތަކާ އެކު، އޭރު އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ބޮއިކޮޓް ކުރުމަށް ގޮވާލުމާ އެކު، އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް މަދުވި އެވެ. އެކަމަކު، އޭގެ ފަހުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އަނެއްކާ ވެސް އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މި އަހަރުގެ ކުރީކޮޅު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާއަށް ހާއްސަ ކެމްޕެއިންތައް އިތުރުކޮށް މާކެޓު ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ރާވާފައިވާއިރު، އަހަރު ނިމޭ އިރު ރާއްޖޭގެ ގަދަ ތިނަކަށް އިންޑިއާ އެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ އިތުރުވުމެވެ. މި ޖޫން މަހުގެ މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާ އާއި ރަޝިއާ އިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
09 June 2025
އިންޑިޔާ އިން ޓޫރިސްޓުން އަޔަ ދިނުމަކީ، އިންޑިޔާގެ ނިކަމެތިންނަށް ކުރެވޭ ފުރައްސާރައެއް. ދިވެހިރާއްޖޭގެ އެތެރޭގެ ޖުމްލަ އުފެއްދުމުން (ގްރޯސް ޑޮމެސްޓިކް ޕޮރޮޑަކްޓް)، ބޮލަކަށްޖެހޭ މިންވަރު، 2025 އަށް ލަފާކުރެވޭ ވަރަކީ 36,584 އެމެރިކާ ޑޮލަރު. މިއީ ސާކު ގެ މިންބަރުން ގެ ތެރެއިން އެންމެ މަތި. އިންޑިޔާގައި، މި މިންގަނޑަށް ލަފާ ކުރެވެނީ 12,132 އެމެރިކާ ޑޮލަރު. މިއީ ބޫޓާނުގެ މި އަދަދަށް ވުރެންވެސް ދަށް. ގިނަ އިންޑިޔާ މީހުން ތިބެނީ ނުކައި.
ބުއްރާސް
09 June 2025
ކަލެއަށް ތިޔަ ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަގީރުން ބައިވަރު އުޅޭ! ޢެހުރިހާ ގައުމު ތަކުންވެސް މީހުން އަޔަ ނުދޭންވީ؟
ލަސް
08 June 2025
"ރާއްޖޭގެ ތާރީޙުގަވެސް އެއްމިލިއަން އެހާ އަވަހަށް ހަމަވި ފުރަތަމަ ފަހަރު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. " މިއީ ބޮލަށް ޗިޕްޖަހަން ވެގެން ވާހަކަތުރާ ގޮތް. ބަލަ މިގައުލުގެ އާބާދީވެސް ވެސް މުޅި ތާރީޚްގަވެސް ނުދާހާ މައްޗަކަށް ދާނެއޭ ހަމަ ދުވަސް ހިނގަމުން ދާވަރަކަށް. މިހުންނަނީ ތަބައީ ނުވަތަ އޭގެ ޒާތުގަ ކަންހިގާ އުސޫލޭ. ވަކި ބަޔަކު ތިބެގެން ވާކަމެއް ނޫނޭ. ޖާހިލުކަމުގެ އަނދިރިން ނުކުމެލަން ނުވޭތޯ؟
ގަލަންދުން
07 June 2025
ހޭބުއްދި ފިލައިގެން ކޮންމެ މީހަކު އިންޑިއާ މީހުނަށް ފުރައްސާރަ ނުކޮށްބަލަ، އިންޑިޔާ މީހުން ދިނީމަ ކައިގެން އުޅެވެނީ،
ކަމަދޫ ޝިޔާމް
08 June 2025
ހޭބުއްދި ބަހައްޓާށެވެ. އިންޑިއާމީހުން ކާންދެނީ އެހެންބަޔަކު ކާންދީފިއްޔާ އިންޑިއާގެ ނުފޫޒު ގެއްލިދާނެތީ ބިރުންނެވެ. އިންޑިއާއިން ކާންނުދީފިއްޔާ ޗައިނާ އަދި ރަޝިޔާއިން ތިބީދޭހިތުން ނެވެ. ތިކަހަލަ ވިސްނުން ތިބި މީހުންގެ ސަބަބުން މަލިކުވެސް އަދި ފޯޅަވަހިވެސް ގެއްލުނީ އިންޑިއާ އަޑީގައޮވެގެން ނެވެ. މޮރިޝަސް އަކީ އިންޑިއާގެ އަޅެކެވެ. ކަލޭމެނަށް ނޭގުނަސް އިންޑިއާ ،ޔޫކޭ އަދި އެމެރިކާއަށް އަދި ޕޯޗްގީޒުންނަށް ވެސް ފޯޅަވަހި އަދި މަލިކު އެގެއެވެ.
ބަރަނި
08 June 2025
"ގަލަންދުން" އަށް ކިތަންމެ އޮޅުނަސް ރާއްޖެ ކުރިއަށްދާނެ އިންޑިއާ މީހުން އަހަރެމެންނަށް 'ކާން ނުދިނަސް'. އިންޑިއާ ނޫނަސް އަދި އިތުރު 200+ ގައުމު މި ދުނިޔެމަތީގައި އެބައޮތް. ރާއްޖެއަކީ ތިޔަ ކިޔާހާ ނިކަމެތި ގައުމެއް ނޫން ކޮންމެ ގޮތަކަށް ބެލިޔަސް. ރާއްޖެ ތިޔަ ބުނާހާ އާރެއްބާރެއް ނެތް ގައުމެއްނަމަ މިއަދު ރާއްޖެ އޮތީހީ އިންޑިއާގެ ސްޓޭޓެއްގެ ގޮތުގައި. އެކަމަކު ކަންތައް އޮތީ އެހެނެއް ނޫން ދޯ. ތިކަހަލަ މޮޔަ ވިސްނުމާހެދި މި ގައުމު އަޅުވެތިވަންޏާ ވެސް ވާނީ.
އެކަލޯ
07 June 2025
އިއްތިފާގެއްތޯ ނޫނީ ގަސްތުގަ ވަކިފަންތިއެއްގެ މީހަކު ހޮވަނީތޯ؟
ޝެލަރީ
07 June 2025
މިހާރު އޮތީ އިންޑިއާ ރުއްސުން ކުރިޔައްއޮތް ކެމްޕޭންގަ އިންޑިއާ އަށް ދޭނީ ކޮންފަދަ ހުތުރުނަމެއްކަމެއް އަދި ހަތައްއަރުވަންވެސްދަތި މީހަމަ މިމީހުންގެ ގޮތް
ހޮޓްކިންގ
07 June 2025
ތިމީހަކު ހޮވުންތީ ވަރަށް ބޭއިންސާފުކޮށް ކުރާކަމެއް.