ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން މަގާމުގެ ހުވާ ކުރައްވަނީ --- ފޮޓޯ/ރައީސް އޮފީސް
11 ޖޫން 2025 - 15:19
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެންމެ މަތީ ކޯޓަށް އައްޔަން ކުރެއްވި އެ ދެ ފަނޑިޔާރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
އޭގެ ތެރެއިން ފަނޑިޔާރު ސަލީމާއި ފަނޑިޔާރު ހަމީދަށް ރުހުން ދިނުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
ހަމީދު ވަނީ ހައި ކޯޓުގައި 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ފަނޑިޔާރުކަން ކުރައްވައިފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް އޭނާ ކުރެއްވި އެވެ.
އޭރު މަޖިލީހުން އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނެ އެވެ.
ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.
ސުޕްރީމް ކޯޓަށް އެ ދެ ފަނޑިޔާރުން އައްޔަން ކުރުމާއެކު އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗް މިހާރު ވަނީ ހަމަވެފަ އެވެ. އަދި އެ ކޯޓުގެ ބެންޗުން ތިން މަގާމެއް ހުސްވީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ކުރިއަށް ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑް ކުރުމުންނެވެ. އޭގެ ތެރެއިން ސުއޫދު ކުރިން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
12 June 2025
އެންމެ މަތީ ކޯޓުގައި ތިބި ޤާބިލް ފަނޑިޔާރުން ބޭރުކޮށް ނަޒާހަތްތެރިކަމެއްނެތް ބަޔަކު ފަނޑިޔާރުކަމަށް އިސްކުރުމުން ސަރުކާރުގެ މަޤުޞަދާމެދު ސުވާލު އުފެދޭ.
2025
12 June 2025
ކަލޯ ގަޔާ ގައުމުގެ މަތިފަޑި އަންހެނުންދޯ..... ބޮއިހަލަކި
ކިއްކުރާނީ
12 June 2025
ޝަރުތު ހަމައެއްނުވޭ
ސަދޗފަސދފ
11 June 2025
އަލްއުސްތާޒު އައްޝައިޚު މުޙައްމަދު ސަލީމަކީ ކުރީގެ ފަނޑިޔާރު އުސްތާޒު މަހާޒާއި އެކު މައުހަދުން ކިޔަވައިވިދާޅުވި ބޭފުޅެއް. ކިރާލައިފި ނަމަ ދެ ބޭފުޅުން ވެސް ހަމަހަމަވާނެ.
އަބުދުލް ޤާދިރު
12 June 2025
ޢިލްމީގޮތުން ވެސް ޤާބިލްކަމަށް ބެލިޔަސް ނަޒާހަތްތެރިކަމަށް ބެލިޔަސް މަހާޒު ހުރި މަގަކަށް ވެސް ތި ސަލީމަކަށް ނޭރޭނެ.
ހަސަންފުޅު
12 June 2025
ބަރުދަނުގެ ގޮތުން އެއްވަރު ވެދާނެ. އެކަމަކު ޢިލްމީގޮތުން، ޤާބިލް ކަމުގެގޮތުން، ނަޒާހަތްރިކަމުގެ ގޮތުން ސަލީމަށް މަހާޒާ އަރާ ހަމަކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެ
ދަގޭ
11 June 2025
ތި ފެންނަ ފޮޓޯ ގަނޑުގެ މާތް ކަމާއި ދޭތެރޭ ބުނާނެ އެއްޗެއް ނެތް އިސްކޮށް ހުރީ އަންހެނެއް
11121
12 June 2025
ބުނަން އޮތީ މީހާގެ ބޯ ތިހުރީ އެހެން ދިމާލަކަށް އަނބުރައިގެނޭ!!!! އެއީ ގައުމުން މިފެންނަ ކަޅު ކުލައިގެ ގަދަ އަނދިރި ކަމާ ދިމާލަށޭ. އަލުން އަލި ކަމާ ދިމާލަށް އަނބުރާލުމަށް ފަހު ފޮޓޯ ގަނޑަށް ބަލާ ލުމުން ފެންނާނެ އޭގައި ހަތަރު އިންސާނުން ތިބިތަން!!!!
ކަކުނިބޯ
11 June 2025
ދެން ޑޮލަރުގެ އަގު ހެވާނެތަ މިހާރު؟
ހެނނަދޫ
11 June 2025
ތަހުނިޔާ އުސްތާޛު އަބްދުالله ހަމީދު.
ޢީޅީ
11 June 2025
ސުޕްރީމް ކޯޓުގެ ކޮންޓުރޯލް ލިބުނީ ދޯ .........މުޅި އޮޑީގަ މއޒ ގެ ދެފާ