ބައެއް ފައިގައި މޮނިކޮން ޓެގް އަޅުވާފައި: މިހާތަނަށް 20 މީހަކު ދޫނުކުރަން ނިންމާފައިވާ ކަމަށް ޕީޖީން ބުނޭ
12 ޖޫން 2025 - 11:46
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ތެރެއިން މޮނިޓަރިން ޓެގް އެޅުވުމަށް ފަހު ބަންދުން ދޫކުރަން އެދުނު 20 މީހަކު ދޫނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގް އެޅުވުމަށްފަހު ބަންދަށް ލުއި ދޭން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ.
ޕީޖީގެ ތަރުޖަމާނު އަހުމަދު ޝަފީއު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދިފައިވާ މީހުންގެ ތަފާސްހިސާބު ހިއްސާކޮށްފަ އެވެ.
- ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 121 މީހަކު
- ބަންދުން ދޫނުކުރަން ނިންމާފައިވަނީ 20 މީހަކު
- މިހާތަނަށް ދޫކޮށްލަން ނިންމީ ނުވަ މީހުން
- ފުލުހުންގެ އެސެސްމެންޓް ނުނިމޭތީ 92 މީހަކާ މެދު ގޮތެއް ނުނިމޭ
29 assessments done, out of which 9 were granted easement under electronic monitoring. pic.twitter.com/a9CckgfLwl
— Shafeeu (@ShafeeuAhmedd) June 11, 2025
ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ ބަންދަށް ލުއި ދޭނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް ލުޔެއް ނުދޭނެ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ދޭ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދަށް ލުއިދޭން ފެށީ އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އަދި ޕީޖީ އައްބާސް ޝަރީފް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
12 June 2025
މިފުރުސަތުގައި ތިމަތިމާމެންގެ ޕާޓީއަށް ނިސްބަތްވާ މީހަކު ބަންދުގައި ހުރިނަމަ ޓެގަކަށް މަހާލާފައި ދޫކޮށްލަންވާނެ. ނަމަވެސް އެމެރިކާގެ އިންޓެލިޖެންސުން އަންގައިގެން ހައްޔަރުކޮށްފައި ތިބި ބަޔަކު ސަރުކާރުން ދޫނުކުރާނެ. ސަބަބަކީ އެމީހުން އެމެރިކާގެ ޕުރޮޕެގެންޑާތަކާ ދެކޮޅަށް ޖާނާއި މާލުން ދެކޮޅުހަދާ ކާފަރުންނަށް ނޮހޮރުއްޕާން ކުރާތީ.
ރަނގަޅު
13 June 2025
ނުޖެހޭ އެއްޗެހި ގޮއްވަން އުޅޭ މީހުން ދޫކުރާކަށް