މަޖީދީމަގުގައި ޕާކު ނުކުރެވޭނެކަން އަންގަން ކޯނު ބަހައްޓާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ޖޫން 2025 - 22:30
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުނެފި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މަޖީދީމަގުގައި ޕާކުކޮށްފި ނަމަ އެ ވެހިކަލެއް ދުއްވި މީހާއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ފެށީ މިއަދު ކަމަށެވެ.
"މިގޮތަށް ޓޯ ކުރާ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއަދު މަޖީދީމަގުން ދެ ފުރޮޅުލީ 37 ވެހިކަލާއި ހަތަރު ފުރޮޅުލީ ފަސް އުޅަނދު ޓޯކޮށްފައިވާނެ ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ ޕާކިން ޒޯންގައި ޕާކު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
މަޖީދީމަގުގައި ޕާކު ނުކުރެވޭނެކަން އަންގަން ކޯނު ބަހައްޓާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މަޖީދީމަގު މަރާމާތުކުރުމަށް ފަހު 2022 ގައި ވަނީ މަގުދެ ދެފަރާތުގައި ވެސް ޕާކްކުރުން މަނާކޮށްފަ އެވެ. ނަމަވެސް މަގުގެ ބައެއް ހިސާބުތަކުގައި ވެހިކަލް ޕާކްކުރުމަކީ މިހާރު އަނެއްކާވެސް އާންމު ކަމަކަށް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދި
14 June 2025
ހެންވެއިރު ދަނޑާއި ދިމާލަށް އަބަދުވެސް ވެހިކަލް ތަކެއް ޕާރކް ކޮށްފައި ހުރޭ...!!
ނުވިއިއްޒު
14 June 2025
އޭތް އޭތް. ތިކަންއަދި އަޅުގަނޑަށް އެނގިފައެއްނެތް. އެމީހުންކައިރީގައި އަހާލާނަން. އިންތިޚާބެއް ކައިރިވެފައޮއްވަ ތިހެން ރައްޔިތުން ރުޅިއެރުވީމަ މަގޭ ޕާރޓީއަށް ލިބޭ ވޯޓުކޮޅޭ މަދުވަނީ. މި އިންތިޚާބަށްޓަކާ ފުލުފުލުގަ ޕްރޮޖެކްޓްތައް ސޮއިކޮށްލީމި.
ދޯރި،
13 June 2025
ހުޅުމާލޭ ނިރޮޅުމަގުގަ ޕާކު ކުރާ އުޅަނދުތައްވެސް ޓޯކުރަން ފަށަންވީއެވެ. މި ސަރުކާރު ވެރިކަމަށް އައިރު ފުލުހުން ވަރަށް މަސައްކަތުން އެ މަގުގަ ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. ދޫދެމުން އައިސް މިހާރުވަނީ ހަމައިން ނަންޓާފައެވެ.
ޗޫޤީ
13 June 2025
ދެން އުޅަނދު ޕާކުކުރާނީ ޓޯވ ޔާޑުގައި. ޖާގަ ހުސްކޮށްފައި ބަހައްޓާތި!
އޮނަރަބްލް އަފީފު ދީދީ
13 June 2025
ވަކިބައެއްގެ ވެހިކަލް ޕާކް ކުރުމުންތޯ މަގު ހަނިވެގެން ދުއްވާއެއްޗެއްސަށް ދަތިވަނީ؟! ކ.މާލޭ ހެންވޭރު ދަނޑާއި ދިމާލު މަޖީދީމަގުގައި ހުންނަ ފުލުހުންގެ އިތާރާތުގެކުރިމަތީގައި ފުލުހުންގެ ވެހިކަލް ޕާކްކޮށްފައި އޮންނައިރު އެއީ މާލޭގައި ދުއްވާ ޕަބްލިކް ބަސް މަޑުކުރާ ބަސް ސްޓޭންޑެއް ކަން ފުލުހުންނަށް ރަނގަޅަށް އިގޭނެ. ޤާނޫނާއި ޤަވާއިދު ތަންފީޒު ކުރަންތިބޭ މީހުން ރަނގަޅުވެގެން ނޫނީ ކިހިނެއް މިކަންކަން ރަނގަޅު ކުރާނީ. ފުރަތަމަ މިކަމަށް ފިޔަވަޅު އަޅާ.
ނަރުނޯ
14 June 2025
ވަރަށް ބޯޑަށް މަގުބުކޮކް ވިޔަސް އެތާ ހުންނަ ވެހިކަލު ފޮލިހުން ދުރުނުކުރާނެ
އަލީބޭ
13 June 2025
މާލޭސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވެހިކަލް ޕާކު ކުރަން މާލޭ ސަރަހައްދު ފަޅެއް ހަމަޖައްސަންވީ. އަދި މާލޭ ރައްޔިތުން ދުރިއުޅެނީ ބޭރު ގައުމުތަކުގައި ކަމުގައިވާތީ އެބޭފުޅުންގރ ވެހިކަލްތައް އެގައުމެއްގައި ޕާކު ކުރެވޭނެގޮތަށް އެތާގެ ބިމެއް ހޯދަންވީ.
ޏނނނހހ
13 June 2025
ކުރިންވެސް މިކަން މިހެން ކުރަނިކޮށް މިސަރުކާރުން ބަދަލުކުރީ ޕާކު ކުރާނެ ތަން ނުދައްކާ ނުކުރާނަމޭ ބުނެ.
ޝެލަރީ
13 June 2025
ތީހަމަ ވީ ވައުދާހިލާފައް ކުރާކަމެއް ޕާކުކުރަން ތަންދައްކާ ފުރަތަމަ
ކީކޭ ބުނާނީ
13 June 2025
ވަރަށް ރަނގަޅުކަމެއް އަދި ކަންމަތިތަކުގަ ޕާކްކޮށްފަ އެހުންނަ ވެހިކަލްތަށްވެސް ނަގައިދެއްވާ.
އަލީބެ
13 June 2025
މާލެ ގޯސްވަނީ ހަމައެކަނި މާލޭ ރައްވެހިންގެ ވިސްނުމަށް ހިންގަންއުޅުމުން. ވިސްނާލީމަ އެނގޭނެ މާލޭ ކޮންމެ ގެއަކީ ކޮމާޝަލް ތަނެއްކަން. ކޮމާޝަލް އޭރިޔާތަކުގެ ބިޒީކަމާ ޕާކްކުރުން ނުހުއްޓުވޭނެ. ހަމަައެކަނި ހައްލަކީ މަގުތަކުން ފިހާރަތައް މަދުކުރުން. ނުވަތަ ވަކިކަހަލަ މުދާ ވިއްކާ ކޮމާޝަލް ބިލްޑިންގ ޕާރކިންއާއެއްކޮށް ހެދުން. މީއެކަމަކު މާލޭ ރައްޔިތުން ރުހޭނެކަމެއްނޫން. އެހެނަސް މާލެއަކީ ހުރިހާ ދިވެހިން އަރަންޖެހޭ ތަނެއް. އެމީހުންގެ ހައްގުކޮބާ.
ހައްގުގާޖީ
14 June 2025
ހައްގު އޮތްތާ ބާއްވާފާ މާލެޔާހުޅުމާލޭގައި ޕާކްކުރާނެ އުސްއިމާރާތް އަޅަންވީ. ޢެތަނުގައި ވަގުތީ ޕާކިންގްއާއި ދާއިމީ ޕާކިންގް ސްލޮޓްތައްތަށް ވިއްކަންވީ. މާލޭގައި އެބަހުރި ބޭނުންނުކުރާ 4 ސަހަރާ. ތިރިއޮތްގޮތަށް ބާއްވާފާ 20 ބުރިޔަށް ހެދޭނެ. އުސް އިމާރާތް ހެދޭނެ މިހާރުޕާކިންގްހަދާފައި ހުރިތަންތަނުގައި. ނުގަވައިދުން ޕާކްކުރީމާ ތިލަފުށްޓަށް ޓޯކުރީމާ ނިމުނީ. އަމިއްލައަށް ބަލާއައިސްގެންގެންދަންވީ ޓޯކުރިޚަރަދުވެސް ދައްކާފާ. ހުސްއަގަތެޅިޔަކަސް ކަމެއް ނުވާނެ.