އިރާނުގެ ދައުލަތުގެ ޓީވީ އަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކުގައި އެ އިމާރާތުގައި އަލިފާން ރޯވެފައި
16 ޖޫން 2025 - 21:38
އިޒްރޭލާއި އިރާނާ ދެމެދު މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުގައި އިރާނުގެ ދައުލަތުގެ ޓީވީ ޗެނަލް ހިންގާ އިމާރާތަށް އިޒްރޭލުން މިއަދު ހަމަލާ ދީފި އެވެ.
އިރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރްބީއައި އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ ޓީވީ ޗެނަލް، "ޚަބަރު ނެޓްވޯކް" އަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.
އެ ޓީވީ ހިންގާ އިމާރާތުގައި 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެކަމަކު، އެ އިމާރާތަށް ދިން ހަމަލާތަކުގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ޗެނަލަށް ހަމަލާ ދިން ވަގުތު، އެ ޓީވީގެ އެންމެ މަޝްހޫރު ޕްރެޒެންޓަރު ޝަހަރު އިމާމީ ހުރީ އޮން އެއާގަ އެވެ. އޭނާ ޕްރޮގްރާމް ހުށަހަޅަމުން ދިޔަ ވަގުތު ބާރުގަދަ އަޑެއް އެ ސްޓޭޝަންގެ ތެރެއިން އިވުނެވެ. އަދި އެ ސްޓޫޑިއޯއިން ދުން އަރަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ.
"ޚަބަރު ނެޓްވޯކް" އަށް އިޒްރޭލުން ހަމަލާ ދީފައި މި ވަނީ އިޒްރޭލްގެ ދިފާއީ ވަޒީރު މާ ކުރިން އިންޒާރެއް ދީފައި ވަނިކޮށެވެ.
لحظه حمله به صداوسیما pic.twitter.com/25YTKgHKY6
— انتخاب (@Entekhab_News) June 16, 2025
އޭނާ އިންޒާރު ދެމުން ބުނެފައި ވަނީ އިރާނުން ޕްރޮޕެގެންޑާ ފަތުރާ ހުރިހާ "ދޫތަކެއް" ނިޒާމުން ގެއްލެން ގާތްވެފައިވާ ކަމަށެވެ.
އިރާނުގެ ދައުލަތުގެ ޓީވީ ސްޓޭޝަން ހުންނަނީ އާންމުން އެ ސަރަހައްދެއް ދޫކޮށް އެހެން ތަނަކަށް ދިއުމަށް އިޒްރޭލުން އިންޒާރު ދިން ސަރަހައްދެއްގަ އެވެ.
އިޒްރޭލުގެ ހަމަލާތަކަށް ފަހު، އިރާނުގެ ޓީވީ ޗެނަލުން މިހާރު ވަނީ އަނެއްކާވެސް ބްރޯޑްކާސްޓް ކުރަން ފަށައިފަ އެވެ.
އިރާނުގައި އެންމެ މަގުބޫލު ޓީވީ ޗެނަލަކީ ވެސް ޚަބަރު ނެޓްވޯކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
17 June 2025
ޔޫރަޕު ސަރުކާރުތަކުން ވިއްކާ ޑިމޮކްރަސީގެ ހާލަތު ހުރިގޮތް މީ، އެމީހުން އެބަބުނޭ ޑިމޮކަރްސީގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށް، އެއްެސް ހާލަތެއްގައި(ހަނގުރާމައިގެ ހާލަތު)ވެސް މީޑިޔާއަކަށް ހަމަލާއެއް ނުދެވޭނެޔޭ، ނިކަން ދެކެބަލަ ކަން ހިނގާގޮތް، ޔޫރަޕުން ކުރަން ވެއްޖެއްޔާ އެމީހުން ހެދި ގާނޫނަށްވެސް އަމަލު ކުރާކަށް ނުޖެހޭ
ސަލީމު އިދުރީސް
17 June 2025
ކިއާނެ އެއްޗެއް ނޭގެންޏާ ކޮސް ނުގޮވަހުރޭ!ގަކަމުން ރައްތުން ބަދެގެން ހިންގާ ސަރުކާރުގެ ޓީވީ ތައްނުވާނެ ޑިމޮކުރެސީގެ ބަކައް!އިޒުރޭލުން ފަލަސްތީނުގެ ހަތިއާރު ނެއްރައްތުން ބޮލައް ބޮންޅާތި މަގޭހުރީ އީރާނުން އިޒުރާއީލުގެ ކަންތައް ނިއްމާލާނެ ކަމައް އުންމީދު ކޮއްގެން އެމަކު ހަގީގަތަކީ އިރާނު ބާރުގަދަ ކަމައް ދައްކައި ޕުރަޕެގެން ފަތުރަނީ ގަދަކަމުން ވެރިކަން ކުރަން ރައްތުނައް ބިރުދައްކަން ބަލަންތިބޭ ހަމަލާ ދިނުން ހުއްޓާލާއިރައް ރައްޔިތުން ސަރުކަރު ވައްޓާނެ
މީޑިއާ
17 June 2025
ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާއޭ ކިއާއިރު އީރާޖަކަށް ބެރުގެ ޖޯރނަލިސްޓުންނެއް ނުވައްދަ. އީރާނަކީ ޑިމޮކްރަސީއެއްވެސްނޫން. އީރާނުން ނުޖެހޭ ކޮންމެހެން ޑިމޮކްރަސީއަށް ތަބާވާކަށްވެސް.
ތާކިހާ
17 June 2025
ދިވެހި ރާއްޖޭގެ މިލިޓަރީއިން އިރާނުގެ މިލިޓަރީއާ ގުޅިގެން އިޒުރޭލާ ދެކޮޅަން ނުކުންނަންޖެހޭނެ. އަދި ރާއްޖޭގެ ވައިގެ ސަރަހައްދުވެސް އިރާނައް ހުވާލަންޖެހޭނެ.
ހގީގތް
16 June 2025
ބާރުގަދަ ހަތިޔާރު އެބަހުއްޓޭ އަޅިޔަށް ހަދާލާނަމޭ ބުނެ ދުނިޔެއަށް ކަރާފެޅި އީރާނުން. ހަގީގަތަކީ ތިމާ ބޭނުންހާ ގޮތަކަށް ވާކަމެއްނޫން/
މާލު
17 June 2025
އަބަދުވެސް އިރާނަކީ އަމަލަށް ވުރެ ބަސް ގިނަ ބައެއް، އިސްރާއީލުން އިރާނަށް ދިން ގެއްލުން(3 ޓޮޕް މިލިޓަރީން،20 ސ.ކޮމާނޑަރ،9 ނ.ސައިންޓިސްޓް މަރާލުން)މާ ގާތްކުރާ އަދަދަށް ވެސް އިރާނަށް އިސްރާއީލަށް ހަމަލައެއް ނުދެވޭ، ފެންނަނީ ރައްޔިތުން ރުއްސަން(ޖިއޯ ޕޮލިޓިސް) އަމާޒެއްނެތި އޮގާއުކާތަން
ރަދީފްއޮފިޝަލް / ސީދި ގުތަލާ
16 June 2025
އިޒްރޭލްގެ އަމަލުތައް މިހާރު މިދަނީ މާމައްޗަށް.މިމީހުން ހުއްޓުވޭނެ ގޮތެއް ވެސް ނެތް.ހަމަ ތިބެފަ މިމީހުން ބޭނުން ކޮންމެ ގައުމަކަށް ހަމަލަ ދޭންވީ.މިދެން ކޮންފަދަ ކަމެއް.
ށަވިޔަނީ
16 June 2025
އަނިޔާ ވެރިކަން ހައްދުފަހަނަޅައި ދިޔުމަކީ ނިމުން ގާތްވެއްޖެ ކަމުގެ އަލާމާތެއް.