އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް، ރައީސް ޑރ. މުހައްމަދު މުއިއްޒާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
23 ޖޫން 2025 - 16:07
އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް، ސުލްހަ ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.
އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އީރާނުގެ އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރު ކުރުމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމާއި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ދެ ބޭފުޅުން ވެސް ފާޅުކުރެއްވި ކަމަށެވެ.
"މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އީރާނުގެ އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝް.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ސަފީރު ތައުރީފު ކުރައްވައި، އީރާނުގެ ލީޑާޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ ރާއްޖެއިން އީރާނާއެކު އޮތް ހާރިޖީ ގުޅުން 2016 ވަނަ އަހަރު ރާއްޖެއިން ކަނޑާލާފައި ވަނިކޮށް އެ ގުޅުން ސެޕްޓެމްބަރު، 2023 ގައި އަލުން ގާއިމްކުރި ފަހުން އެ ގައުމުން ރާއްޖެއަށް ސަފީރަކު ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ރައީސް މި މަހުގެ 13 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިޒުރޭލުން އީރާނަށް މިހާރު ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެފަ އެވެ.
އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި އީރާންގެ އެތައް ބަޔަކު މަރުވެފައިވާއިރު، ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އަދި އެ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެ، އީރާނުގެ ނިއުކްލިއާ ތިން ޕްލާންޓަކަށް އިއްޔެ ވަނީ އެމެރިކާއިން ހަމަލާދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
24 June 2025
ހާތްޓެރީ! އެއީ ަނެއްކާ ކޮން ކަހަލަ އެހީއެއްބާ؟ އަމިއްލަ ކުޑަކުޑަ ގައުމުގަ ސުލްހަ ގާއިމު ނުކުރެވިގެން އުޅޭ އިރު މެދިއިރުމަތީގެ ސުލްހަ ގާއިމުކުރަން އެހީވާނަމޯ! މީހަކު އަޅެފަހެ އަންތަރީސް ނުވާނެތަ؟ މަޖާ މީހެއް!
އޯހް ޕްލީޒް
24 June 2025
ތިމާމެންގެ ރޫފައާ ނުބައްދަލު ވާހަކަ ދެއްކުން ހުއްޓާލަބަލަ؟ މިމީހުންނާހެދި ލަދުން މަރުވާވަރުވޭ.
އަބްޑޫޅް +
24 June 2025
ޙޫމް، ހިތްވަރުގަދަ، ސިފައިންގެގޭ ކުދިންކޮޅެއް ފޮނުވާލެވުނީމަ ތިޔަކަންތައް އެވީ. އިންޑިޔާ މީހުންދިން ބަނގަލާގަ ތަ، ފޮނުވާނީ؟ އިންޑިޔާއިން ދިން އަލިފާން ގާޑިޔަލާއި ވައިކުޑަ ވެސް ފޮނުވާލިއްޔާ ރަނގަޅުވާނެ. އައްދެއްޔޯއި!
ށސ11
24 June 2025
ދެން އެއުޅޭ އެމެރިކާ ސަފީރު ފަޔަށް ހިނިއަރައިގެން ސަރިކާރު ހުރިހާތަނަކަށް ދުވެނަގާނެ.
ގުލިސްތާނު
23 June 2025
އީރަންގެ ރައީސް މަޑުކޮއްގެން ހުންނެވީ ރާއީސް މުއިއްޒުގެ ލަފާ ލިބެންދެން. ލަފާ ލިބޭ އިރަށް އީރާން ގެ ބޮންތައް އެމެރިކާ އަދި އެމެރިކާގެ ބާރު ހިނގާ އަސްކަރީ މަރުކަޒުތަކަށް ފޮނުވާލާނެ. އެހިސާބުން ރާއްޖޭގެ މިލިޓަރީ ފޯޅަވަސަށް އަރާ އެތަން ރާއްޖޭގެ ބާރުދަށައް ގެނެސް، މާލެ ފޯޅަވައްސާ އަންޑާވޯޓާރ ޓަނަލަކުން ގުޅުވާލާނެ.
ކޮތަރޭ
24 June 2025
ރައީސް ލަފާދެއްވީ އީރާނުން ތި ހަމަލާތައް ހުއްޓާލަން. އެހެން ނޫނީ ދިވެހިން އޮޅުއަލަ ހައްދަން ޖެހި، މާލެ ބަނޑަށްޖެހި، ތެޔޮ ލިބުން ދަތިވެ މަސްވެރިންނަށް މަހަށް ނުފުރި، ފަތުރުވެރިކަން ދަށަށް ގޮސްދާނެތީ.
×ޝށާޝ
23 June 2025
ރައީސް އެވިދާޅުވީ ވާހަކަ ބަޔަކަށް ގޯސްކޮށް ނެގެން ޖެހޭ ސަބަބެއް ނެތް
ގުދުގުދާބެއްޔާ
23 June 2025
ނަތަންޔާހޫއާޢި، އީރާނުގެ ސްޕްރިމް ލީޑަރ ގެނެސް މިތަނުގެ ހިތްގައިމު ރިސޯޓެއްގަ މުއިޒް ހުރެގެން މީޓިން ބާޢްވަން ފެނޭ! ކަނޑު އަޑީގެ ރެސްޓޯރެންޓް ވަރަށް ކަމުދާނެ އެދެވެރިންނަށް އޭރުން ދެމީހުން މޫދައް އެރިލާ ޑައިވިންއަށް ގޮސް ހަދާލީމާ ތިބޭނީ ސުލްހަވެފަ! މުއިޒް އަށް މުޅިދުނީޔޭގެ ތާޢީދުވެސް ލިބޭނެ! މެޑެލް ޖަހާލެވޭނެ! ސުލްހައިގެ ނޯބެލް އިނާމްވެސް ލިބިދާނެ!
ގަލޭ
23 June 2025
ތިޔަބުނާ ކަލޭގެ ސުލްހަވާނީ ސިކުނޑީގެ ހަނދާންތައް ދުއްވާލައިގެން. މުޅި ބޮލުގަ މިހާރު އޮންނަ އެއްޗަކީ އީރާންގެ ނިއުކުލިއަ ޕުލާންޓުތައް..މިކޮޅަށް ގެނެއްސަ ނުދެނަހުރި ކަމަށް ހަދާފަ ގަލަކުން ޖަހާ ސިކުނޑީގެ ހަނދާންތައް ދުއްވާލަންވީ.
ޢަހްމަދު
23 June 2025
މަސްދަޅު ؟
އޮނަރަބްލް އަފީފު ދީދީ
23 June 2025
ސައިޒަށްވުރެން ބޮޑުވާހަކަ ދެއްކުން ހުއްޓާލަންވެއްޖެ. ތިކަހަލަ ބޯމަތިންދާވަރުގެ ރާޅާޖެއްސީމާ އުނަގަނޑަށްތަދުވުން ނޫންކަމެއް ނުވާނެ. އަމިއްލަ ދައުލަތް އެތައްސަތޭކަ ބިލިޔަންޑޮލަރަށް ދަރާވިކިފައި އޮތްއިރު ކ.އަތޮޅު މާލެނޫން އެހެން އެއްވެސްރަށެއްގައި އިންސާނުންދިރިއުޅެން ބޭނުންވާ އަސާސީޙިދުމަތް ޤާއިމްވެފައި ނެތް. ދުނިޔޭގެ އެންމެއަގުބޮޑު ލަޤްޒަރީ ޓްއަރިޒަމް އޮތް ޤައުމުގައި ކަޅުބާޒާރުންނޫނީ ޑޮލަރެއްނުލިބޭ. އެކަމަކު ހަނޤުރާމަ ހުއްޓުވާ ވާހަކަ ތިދައްކަވަނީ!
އެންޓި މާލެ
24 June 2025
އެއްކަލަ މާލެ ބެއްޔާ…. އަޅެ ކަލެއަށް މާލެ ނުލާ އަނގައިން ބަހެއް ނުބުނެވެނީތަ؟ މިހާރުން ވއްޖެ އެންނު މީނަގެ ކޮމެންޓު ޖެހުން ހުއްޓާލަން މުޅި ގައުމު ނަސްލީ ހަމަނުޖެހުމަކަށް ވެއްޓުމުގެ ކުރިން.
ބާބާ
23 June 2025
ވިސްނާފައި ކުރާކަމެއް ކުރާތީ، 3 ނޮވަންބަރުގަ ވެސް 50 ހަކަށް ބާޣީންނާ ކުރިމަތިލާންވީމާ އަވައްޓެރިގައުމެއްގެ އެހީ ހޯދަންޖެހުނީ. ބޮޑެތި ތަރިތަކާ ފަތްތަފް ކޮނޑުމައްޗަށް އާރާފައި ތިބި ބޭފުޅުން ފިލަން ދުއްވައި ތަންތަނުން ފުންމާލީމަ އަތާއި ފައިބިނދި ނުވާކަމެއްނެތް. އަހަރުމެންނަށް ބޮޑުވެގެން ކުރެވެން އޮތްކަމަކީ މެޖޯރިޓީ ކިޔާ ލަވައަކަށް ކޯރަސް ދިނުން އެނޫންކަމެއްނެތް.