ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 ޖޫން 2025 - 15:14
ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު އިންވެސްޓަރުންނަށް ދެއްވައިފި އެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ވަހީދު އެ ޔަގީންކަން ދެއްވީ އެމެރިކާގެ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް އޮފީހުން ބުނީ ގުދުރަތީ ވަސީލަތްތައް މަދު، ޖިއޯގްރެފީގެ ގޮތުން އެކަހެރިކޮށް އޮތް ރާއްޖެ، ދުނިޔޭގައި ނަން ހިނގާ ޓޫރިޒަމްގެ މަންޒިލަކަށް ބަދަލުވީ އުނދަގޫ ކަންކަން ތަހައްމަލުކޮށް، ކެތްތެރިވެ އަދި ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމަށް ވަހީދުގެ ވާހަކަފުޅުގައި ވިދާޅުވި ކަމަށެވެ. ރާއްޖޭގެ ވިލުންތެރިކަމާއި ގެންނަ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ވެސް އެމަނިކުފާނު ވާހަކަދެއްކެވި އެވެ.
ވަހީދު ވިދާޅުވީ ވަކިން ހާއްސަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އައި ލޮޅުންތަކުގެ ހިރާސް ބޮޑު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލި ކަމަށެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާ އެކު، އެ ހީކުރުންތައް ބާތިލުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެންވީ ކަމެއް ނޫނެވެ. އެއީ ދިވެހިންގެ ތަފާތު ކަމާއި އަޒުމުގެ ސާބިތުކަމާއި ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ގައުމީ ކުރިއެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ 2040ގެ ތަސައްވުރު ވެސް އިންވެސްޓަރުންނާ ހިއްސާކުރައްވައިފަ އެވެ. އެއީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ރައީސް މުއިއްޒު ތައާރަފުކުރެއްވި އިސްތިރާޖެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ތަސައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިގުތިސާދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަގުވާމީ މައިދާނުގައި ވާދަވެރި އިގުތިސާދަކަށް ދިވެހި އިގުތިސާދު ބަދަލުކުރެވޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަންކުރަން މަސައްކަތް ކުރާ ކަމަށާއި ދެމެހެއްޓެނިވި، އާބަން ސެންޓަރުތައް ތަރައްގީކޮށް، އެކްސްޕޯޓް ސިނާއަތަށް ހާއްސަކޮށްގެން މަސްވެރިކަމުގެ ސިނާއާތް ފުޅާކުރަން މިހާރުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ވަހީދު އިންވެސްޓަރުންނާ ހިއްސާކުރެއްވި އެވެ.
"މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ފަސް ޕަސެންޓުގައި ހުންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންދާޒާ ކުރައްވާފައިވާކަން ފާހަގަކުރައްވަމުން، ޑޮކްޓަރު ވަހީދު ވަނީ، ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ދެއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ދިގު މުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތައާރަފުކުރަމުން އަންނަ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އިހުތިސާސެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްގީވުމަށް ހިތްވަރުދޭ އިހުތިސާސެއް ކަމުގައިވާ ނަމަ، އަޅުގަނޑުމެން މި ތިބީ ތިޔަ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް: ވަހީދު
"އިހުތިސާސެއް ހޯއްދަވައިގެން، އެއީ ކުޑަ ނަމަވެސް މުހިންމު، އޭގެ އަގު ދެނެގަނެ، އަދި އެއާ އެކީގައި ތަރައްގީވުމަށް ހިތްވަރުދޭ އިހުތިސާސެއް ކަމުގައިވާ ނަމަ، އަޅުގަނޑުމެން މި ތިބީ ތިޔަ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިގުތިސާދެއް ބިނާކުރުން ކަމަށެވެ. ރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، ރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް އެ ފޯރަމްގެ ބައިވެރިންނަށް ކުރީގެ ރައީސް ވަހީދު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20
18 June 2025
ރައްޔިތު މީހާގެ އަޑު: ޑޮލަރު ހުރީ 20ގައި
ޕޮލިސީ
18 June 2025
ހަމަ އަސްލުވެސް ފޮރިން ޕޮލިސީ އަދި ފައިނޭންސް ޕޮލިސީ ފެއިލްވީއޭދޯ. ހާދަހާ ދެރައޭ. ފެއިލްނުވާނަމަ ފެއިލްވެފަ ހުރި މީހަކުލައްވާ މިކަހަލަ ކޮސް ކަންތައް ކުރާކަށް ނުޖެހޭނެ. އިންވެސްޓަރުން ނާންނަނީ ވަހީދު ބުނެގެނެއް ނޫން. އިންވެސްޓަރުންނަށް ވާނުވާ އިނގޭ. އެމީހުންގެ އެނަލިސްޓުން މާ ގިނަވާނެ. ވަކި ވަހީދު ބުނެގެންވެސް އެމީހުން ނާންނާނެ. ވަހީދަށްވުރެ މޫޑީސް އާ ފިޗްއަށް އިންވެސްޓަރުން މާ ބަރޯސާ ވާނެ.
ޖީހާންް
18 June 2025
މި ފަސްއަހަރު ނިމޭއިރު ފުލް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ މި ގައުމަށް އަންނާނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
ފަޒުނާާ
18 June 2025
ގައުމުގެ ކަންކަން އިސްލާހުކޮށް ހެޔޮ ބަދަލެއް ގެންނަން ރައީސް މުއިއްޒު ފުރަތަމަ ދުވަހުން ފެށި މަސައްކަތުގެ ފޮނި ނަތީޖާ މިއަދު ދިވެހިންނަށް މިލިބެނީ. ޝުކުރިއްޔާ ރައީސް މުއިއްޒު
ޒާހިދްް
18 June 2025
އެމްޑީޕީ ވެރިކަމުގައި ފުނޑާލާފައި އޮތް އިގްތިސޯދެއް ރައީސް މުއިއްޒުގެ ހިއްވަރުން ކޮޅަށްޖެހުމަކީ ރައީސް މުއިއްޒަށް ސެލިއުތްކުރަންޖެހޭ ކަމެއް،
ޝުއާއު
18 June 2025
ރައީސް މުއިއްޒު މި ނާޒުކު އިގްތިސޯދް ކޮޅަށްޖަހާ މަންޒަރު އިނދިކޮޅަކަށް ހަޖަމެއް ނުވާނެ
އަލްއުސްތާޒް ހަމީދު
18 June 2025
ދެން ކީކޭ އިދިކޮޅުން ބުނާނީ؟ އިގްތިސާދު ފުޑާލަން މިކަމާވެސް ދެކޮޅު ހަދާ. މިގައުމުގެ މިދަނީ ރަނގަޅު ހިސާބަކަށް.
ހަސަން ބަޝީރު
18 June 2025
މިގައުމުގެ އިގްތިސާދު ކޮޅަށް ޖަހާ ނަގާނީ ރައީސް މުއިޒް.
ބާކީ ސަލީމް
18 June 2025
އެމެރިކާގެ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވީ ކިތައް މީހުން؟ އަދި އެ ފޯރަމްގައި ބައިވެރިވި އިންވެސްޓަރުންނަކީ ކޮބާ؟ ފޮޓޯއެއްވެސް ނެތީމަ ސުވާލު އުފެދެނީ.....
ޝެލަރީ
18 June 2025
ލަދެއްގެ ކަންފުޅެއްވެސް ލަދުހަޔާތްވެސް ގުޅެނީ އިންސާނާގެ ގޮތެއްފޮތެއްނެތް ދަހިވެތިކަމާ