އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވެންސް: އީރާނުން އަމާން ދިނުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައި --- ފޮޓޯ/އޭޕީ
18 ޖޫން 2025 - 12:01
އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އެމެރިކާއަށް ލިބިއްޖެ ކަމަށާއި އެހެންވެ، ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ކެނެޑާގައި ކުރިއަށްދާ ޖީ ހަތެއްގެ ސަމިޓް، ކުރިން ހީކުރިވަރަށް ވުރެ އަވަހަށް ނިންމަވާލެއްވުމަށްފަހު ޓްރަމްޕް ވަނީ އިޒްރޭލާއި އިރާނުން މިހާރު ބަދަލު ކުރަމުންދާ ހަމަލާތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އިރާނުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ލިބިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސިފައިން އެކަން ކުރި ކަމަށް އިޝާރާތް ކުރައްވަމުންނެވެ.
"އިރާނުގެ ޖައްވާއި ވައިގެ ސަރަހައްދުގެ ހުރިހާ ދިމާއަކުން އަހަރެމެންނަށް ކޮންޓްރޯލް ހޯދިއްޖެ،" ޓްރަމްޕް ވިދާޅުވި އެވެ.
"މިހާރު އެއްވެސް ޝަރުތެއް ނެތި އިރާނުން އަމާން ދޭންޖެހޭ."
އިޒްރޭލާއި އީރާނުގެ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާ ވަދެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ މިދިޔަ އާދިއްތަ ދުވަހު ދެއްވައިފަ އެވެ.
އެނަލިސްޓުން ބުނާ ގޮތުގައި އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށީ ނުސީދާ ގޮތުން އެމެރިކާގެ ބައިވެރިވުން އޮވެގެންނެވެ. އެކަމަކު އަދި މިހާތަނަށް އެމެރިކާގެ އަސްކަރީ އެއްވެސް ބާރަކުން ހަމަނުޖެހުންތަކުގައި އަމަލީގޮތުން ބައިވެރިވެފައެއް ނުވެ އެވެ.
ރޭ ވެސް އިޒްރޭލާއި އިރާނުން ވަނީ އެއް ގައުމުން އަނެއް ގައުމަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކަކީ ކޮބައިކަމެއް އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަދސސފދ
19 June 2025
އިސްރާއީލުގެ ވެރިރަށަށް އީރާނުން ހަމަލާ އެދެނީ، އެވެސް ވައްތަރެއްގެ ކޮންޓްރޯލެއް ކަމަށް ވަނީ.
raajje
19 June 2025
މޫނުމައްޗަށްޖައްސައިގެންތިބޭވައްތަރުންވެސް ސިފަވޭމިބައިމީހުންގެ ބޮޑާކަމާޖާހިލުކަން، ޓުރަންޕުހަދާގޯސްތަކުން އެމެރިކާފުޑޭނެކަމަށްބެލެވޭ، ވިޔަފާރީގައި ޗައިނާއާ ދިމާކޮށްލުމަށްފަހު ގޮތްހުސްވެގެން ޓުރަންޕުވަނީއަމާންދީފަ، ޓުރަންޕު މިފަހަރު އިރާނާ މިލަޓުރީގޮތުން ދިމާކޮށްފިނަމަ އަމާންދޭނެ ފުރުސަތެއް ޓުރަންޕަށް ލިބޭނެކަމަށްނުބެލެވޭ، އެއީ އިރާނުގެ ހުރިހާމޫވެއްވެސް ކުރަނީވަރަށް ހިކުމަތްތެރިކަމާއެކު މީހުންބަލައިގަންނަގޮތަށްކަމަށްވާތީ ވާގިވެރިންދަނީ ގިނަވަމުން
ޕެޓު
18 June 2025
އެމެރިކާގެ ރައްޔިތުން ކަލޭ ޓުރަންޕު ވެރިކަމުގަބަހައްޓާކަށް ބޭނުމެއްނޫނޯ! އެއްވެސް ޝަރުތެއް ބަހަނާއެއްނެތި ވަގުތުން އިސްތިޢުފާދީފަ ގެއަށްދާށޯ! އެމެރިކާގެ ރައްޔިތުން ވަކިޢުމުރެއް ހަމަބުމުން އަސްކަރިއްޔާގައި ޤައުމީޚިދުމަތް އަދާކުރަންޖެހޭޖެހުމަށް ފުރަގަސްދީފަހުރިމީހަކު ޝަރުތަކާއިނުލައި އީރާނު އަމާންދޭން އަންގަން މީނަމީކާކު؟ ދުނިޔެއަށް ޖެހިފައިވާ ދުއްޕާނެއް.
އައިމިނާ
18 June 2025
ހީވަނީ ޔަހޫދީންނޫނީ މުޅި ދުނިޔޭގަވެސް އުޅެންޖެހޭނީ މީނަގެ އަޅުންހެން. މީނަޔަށް ހަލާކު ހުރި.
އަސޭލާ
18 June 2025
ބޭހާއި ނުކުޅޭށެބަޑި ނެންގިތިއްބާ އަނދާހުލިވެދާމެ އީރާން އެއީ ޣައްޒާއެއްނޫން މިފަހަރު އިސްރާއީލް އަށް ތިހެދުނީ ގޯހެއް
ހައްގުބަސް އައި ވީ
18 June 2025
ޓޮރަމްޕް އަޅެ ހަމަހެއްޔެ .އިޒްރޭލޭކިޔާ ރެފިޔުޖީންތަކެއް [ އެމެރިކާ ގެ ނުހަމަ ދަރި] ހައިވާނުންތަކެއްހެން އަރައިގަނެގެން ޕަލަސްތީން ގެ ރައްޔިތުން މަރާކައި ނަސްލެއް ނައްތާލާއިރު އޯކޭ ވެފަ މިދައްކާވާހަކަ ހަމަޖެހޭބާޔެ.ސަރުތަކަ ނުލާ ޔަހޫދީން އަމާންދީ ޕަލަސްތީންއިން ބާލަބަލާށެ.
ޓްރަމްޕެޓް
18 June 2025
ޓްރަމްޕަކީ ހަމަޖެހޭ މީހެއް ކަމަށް ގަބޫލުކުރާނީ މޮޔައިން..
މަބުނީ
18 June 2025
ﷲއަށް ބިރުވެތިވާ މީހުންނަކީ ހަނގުރާމައިގައި އަމާންދީ ފިލަންދުވާނެ ބައެއްނޫން. އެމީހުންނަށް ހަނގުރާމައި އޮންނަނީ މޮޅުވެ ނަސްރުލިބުން ނުވަތަ ޝަހީދުވެ ސުވަރުގެދިއުން. ދެގޮތަކީވެސް ލިބޭ ކާމިޔާބު.
ރުންކުރު
18 June 2025
އަމިއްލައަށް ހަނގުރާމަ ފައްޓާފަ އިރާނުން އަމާންދޭންޖެހެއޭ ބުނީމަ ޓްރަންޕުގެ ސިކުނޑި ސަލާމަތުން ހުރިތޯ ސުވާލު އުފެދޭ. އެންމެ ފަހު މީހާއާ ޖެހެންދެން އިރާން އޮތީ ހަނގުރާމަ ކުރަން. މިދުވަސް އަންނާނެކަން އެމީހުންނަށް މާކުރިން އެނގޭ. ދެންވަނީ ކިހިނެތްތޯ ބަލާލަން އެއްފަހަރުވެސް އިރާންގެ ބިމަށް ހަނގުރާމަ ކުރަން ފައިބަބަލަ ނިކަން
ބައިޑަން
18 June 2025
ލިޔާ ގޮތުން ހީވަނީ ޓްރަންޕު މިހާރުގެ ކޮމެންޓް ކިޔަން އިންނަހެން ދުވާލުދާ ހަތަރުދަމު
ޔަމީ
18 June 2025
ޓްރަމްޕް މި ކޮމެންޓްތައް ކިޔާކަން ކަލެއަށް ނޭނގުނީތީ ވަރަށް ދެރަ!
ވެންގަބޯ
18 June 2025
ކަލޭތީ ކާކު ޝަރުތަކާ ނުލާ ޔަހޫދީން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓުވާ ފުރަތަމަ އިރާނު ބިރުދައްކަން ނޫޅޭ އިރާނު ބިރުގަންނަނީ އެންމެ ފަރާތެއް ﷲ ދެކެއެވެ. އެމެރިކާ ކަލޭމެންވެސް ފުޑާލާނަން އިންސާ ﷲ ފަލަސްތީނަށް ހަދާލި ގޮތް ޔަހޫދީންނާއި އެމެރިކާގެ ތަންތަނަށް ވެސް އަމާޒުކުރާނަން އެހެންނޫނީ އެމެރިކާގެ އަސްކަރީ މަނަވަރު އިރާނުގެ މެދު އިރުމަތީ ކަނޑުގެސަރަހައްދު ދޫކޮށް ދިއުމަށް ހަރުކަށި އިބާރާތުން ގޮވާލަން އީރާނުން ދޭ ނިއުކްލިއާގެ ޒިންމާއެއް ނުނަގާނެ