އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ޖޫން 2025 - 14:10
ސަރުކާރުން ތައާރަފްކުރާ އިލެކްޓްރިކް ޓެކްސީ ލައިން "އީވީ"ގެ ފްލީޓްގައި ހިމެނޭ އިލެކްޓްރިކް ކާރުތައް އާއްމު ފަރާތްތަކުން ގަންނަން ބޭނުންވާނަމަ އެމްޓީސީސީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ރޭ ބާސެލޯ ނަސަންދުރާގައި އޮތް އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ސައުދީ ވިދާޅުވީ އެ ޓެކްސީ ލައިނުގެ ވެހިކަލްތައް ސަޕްލައިކުރަން ކުންފުންޏެއް ކަނޑައެޅީ އެމްޓީސީސީއަށް ޑިސްޓްރިބިއުޓާޝިޕް ލިބޭ ގޮތަށް ކަމަށެވެ.
"އީވީ ކާރު ރާއްޖޭގައި އާއްމުވެ, މި އުޅަނދު އަމިއްލަ ގޮތަށް ގަންނަން ބޭނުންވިޔަސް އެމްޓީސީސީ ޓްރޭޑިން ތެރެއިން ލިބޭނެ ގޮތަށް މި މަގު ފަހިކުރަނީ. އެކަމުގެ ކަންތައްތައް އެބަ ކުރިއަށްދޭ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީވީ ޓެކްސީ ލައިނަކީ ސަރުކާރުން ގާތްގަނޑަކަށް 80 މިލިއަން ހޭދަކޮށް، ސަރުކާރުން 100 ޕަސެންޓު ފަންޑުކުރާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާއި ހަވާލުވީ ވެސް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު، އެ މަސައްކަތުން ދިގު މުއްދަތަށް ކުންފުންޏަށް ފައިދާ ލިބޭނެތީ ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު އެ ހިދުމަތް ފަށާނެ ކަމަށް ކުރިން އިއުލާނުކުރި ނަމަވެސް، މިހާރު އެ ހިދުމަތް ފެށޭނީ އަންނަ އޮގަސްޓު މަހު ކަމަށް ސައުދީ ވިދާޅުވި އެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ 100 އުޅަނދާ އެކު އެވެ. އެ ޓެކްސީ ހިދުމަތަށް ފުލްޓައިމްކޮށާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި އެ ހިދުމަތް މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ.
ދެވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ތައާރަފް ކުރާނީ ރަސްމާލެ އާއި ގިރާވަރާއި އައްޑޫ ސިޓީ އާއި ފުވައްމުލައް އަދި ހދ. ކުޅުދުފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
18 June 2025
ރަގަޅަށް ގަވާއިދުތައް ފުރިހަމަކުރާތި. މިހާރު މިއުޅޭ ޓެކްސީގަޑުތަކަށް އަރާހިތެއްނުވެ. ފެންނުވަރާ ވަރަށް މުޑުދާރު މީހުން ގިނައީ. ދިވެހިންނޭ ބުނާވަރެއްވެސް ނުވޭ. ސިގިރެޓްބޮއިބޮއި މުޅި އެތީގައި ދުވަނީ ނުބައިވަހެއް. ދެން އެހާ ބޭކަރު އަނގަތަޅާ. ޓޭކްސީ ހަޔާކުރާއިރު ކަސްޓަމަރަށް ޗޫސްކުރެވޭނެ އޮފްޝަން ހުންނަންޖެހޭނެ: މިސާލަކަށް އިތުރު އެއްޗެކޭ ބުުނަން އަނގަ ހުޅުވާލަންވެސް ބޭނުމެއްނުން. ކުޑަކޮށް އަނަގަ ތެޅިދާނެ، ނޯ ޝަޓްއަޕް.
ޢަލްޓިކޯ
18 June 2025
ތިކާރު ތަކުން ތިކަން ނުވާނެ ކަން އެގުނީމަ ރައްޔިތު މީހާ ބޮލަށް ކަޑާލާގެން މާލޭ މަގުމަތީ ބާއްވަގެން ރައްޔިތުމީހާ ފެލަން ދޯ ވިސްނުންހުރީ
ދަރަނިބޭ
18 June 2025
ކުންފުނި އޮތީ ނޭވާ ހޮޅީގަ. އެކަމަކު އޭޖީއެމް މި ބާއްވަނީ ރާއްޖޭގަ ހުރި އެންމެ އަގުފަލަ ހޮޓަލުގަ. ބަލަގަ ސުކޫލެއްގެ ހޯލުގައި ލޯކޯސްޓްގަ ކުރާ ކަހަލަ ކަންކަންތީ. މިކަހަލަ ހަޑި ހާވާއިރު އަހަރުން ތިބެންވީ ގުނބޯހެދިފަ.
ހަސަނު
18 June 2025
8 ލައްކަ އަށް ކާރެއް އެ ޖެހެނީ... ހާދަ އަގުފަލަ ކާރެއް؟
ޖަގޭ
18 June 2025
200 ކާރު ގަންނަ އަގައް 100 ކާރު ތިޔަ ގަތީ ...
ހަސަނަ
18 June 2025
ހެޔޮ ނުވާނެ ތި ވިލިމާލެއަށް ނާރުވާ، އެތަން ފުނޑާލަން ނޫޅޭ.
ޗޫޤީ
18 June 2025
ޓެކްސީ ފުލީޓަށް ގެންނަ ކާރު އާންމުންނަށް ގަނެވުނަސް ކާރު ގަންނަން ދާންވާނީ ކާރު ޕާކުކޮށްފައި ބާއްވާނެ ގަރާޖު ދެއްކޭ ފެންވަރުގެމީހުން. ކާރު ޕާކުކޮށްފައި ބާއްވާނެ ގަރާޖެއް ނުދައްކާ މީހަކަށް ކާރު ނުވިއްކާތި. މިހާރުވެސް ހަތަރު ފުރޮޅުލީ އުޅަނދުތައް މަގުމަތީ އަވީލާފައި އޮންނާތީ ބޮލަށްތުރާ.
ޙައްމާން
18 June 2025
ކަލެޔައް ހުރިހާ މަގެއްގަ ސައިކަލު ހުންނާތީ އުދަގުލެއް ނުވޭތަ؟ ކާރު ވީމަ އުދަގޫވަނީ އަތުގަ ނެތީމަ ދޯ؟
ޗޫޤީ
18 June 2025
ގޭގެ ދޮރުމަތީގަ ޕާކުކޮށްފައި ހުންނަ ސައިކަލު އަތުން ހިފާފަ އެއްފަރާތްކޮށްލެވޭ. ދެން ކަލޭ ވިސްނާލާ އެގޮތަށް ޕާކުކޮށްފައި އޮންނަ ކާރެއް ނުވަތަ ޕިކަޕެއް އެއްފަރާތްކުރަން އުޅެންޖެހޭނެ ހާލު. ކާރުގެ ވެރިފަރާތާ ގުޅޭނެ ގޮތެއްނެތިއްޔާ ދެން ޖެހޭނީ ކަމާބެހޭ ފަރާތްތަކަށް އާދޭސްދަންނަވަން.
ޒީނިޔާާ
18 June 2025
ހެހެހެހެހެހެހެހެ
ށޖސޖޖސ
18 June 2025
ޗޫޤީ ކަލޭ ހަމަ ސިކުޑިން ވިސްނީމަ އެގޭނެ ސައިކު މިތާ އޮއްވަރު، ފުރަތަމަ އެ ކޮންޓުރޯލް ކުރަންވީ، ހުރިހާ ފަރާތެއް ގަ ހުސް ސައިކަލު، އެެއިީ އަސްލު މައްސަލަ.