ދުވަސްވީ ދެމަފިރިއަކު ބޭރުގައި ކަސްރަތުކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޖޫން 2025 - 11:03
އަބަދުވެސް އުޅެން ޖެހެނީ ކޮންމެ ވެސް ހުޅަކަށް ތަދެއް އަރައިގެންނެވެ. ނޫނީ ގައިގެ ކޮންމެ ވެސް ތަނެއްގައި ރިއްސާތީ ރަނގަޅަށް ހިނގާ ނުލެވިގެންނެވެ. ބޮޑު އޮޕަރޭޝަނަކުން ނޫނީ ސަލާމަތްނުވާ ފަހަރުތައް ވެސް ގިނަވެއްޖެ އެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ހާލަތެއް ނޫނެވެ. ޒުވާނުންގެ އާއްމު ދިރިއުޅުމުގެ ހާލަތަކީ ވެސް މި އެވެ.
ކަށީގެ ތަޖުރިބާކާރު ޑޮކްޓަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ދިވެހިންގެ ކަށި ފީވުމުގެ މައްސަލަ، ކުރިއަށް ވުރެ ގިނައިން ފެންނަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ދިރިއުޅުމުގެ ހާލަތު އޮތް ގޮތެވެ. ނުވަތަ ނުރައްކާތެރި އާދަތަކުގެ ތެރޭގައި ތިބެވުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަރުގަދަ ކައްޓަކަށް މައިގަނޑު ގޮތެއްގައި ބޭނުންވަނީ ތިން ކަމެކެވެ. އެއީ ވިޓަމިން ޑީ އާއި ކެލްސިއަމް، ހަރަކާތްތެރިވެ އުޅުމާއި ދުންފަތާއި ރާ ބުއިން ފަދަ ނުބައި އާދަތަކުން ދުރުވުމެވެ. ނަމަވެސް، ވިޓަމިން ޑީ ލިބޭ އެއް ސޯސް، އަވި ލިބޭ މި ގައުމުގައި އުޅޭ ގިނަ މީހުންގެ ހަށިގަނޑުގައި އެ މާއްދާ ވަރަށް މަދު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެެ.
އެކަމުގެ ކަންބޮޑުވުންތައް ވެސް އޭނާ ފާޅުކުރެއްވި އެވެ.
"އަތްވަކީ ވިޓަމިން-ޑީ ލިބޭ އެއް ކަންތައް. އެކަމަކު، އަވި ލިބޭ މި ގައުމުގައި ވިޓަމިން-ޑީ މަދުވުމުގެ މައްސަލަ އާދަޔާ ހިލާފަށް ގިނަ. އެކަން އެބަޖެހޭ އިތުރަށް ބަލަން،" ސިއްހީ ދާއިރާގައި ތަޖުރިބާކާރު ދިވެހި ޑޮކްޓަރު ވިދާޅުވި އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ހާއްސަ އޮޕަރޭޝަަނެއް ކުރަނީ-- ފޮޓޯ: ނ. އަތޮޅު ހޮސްޕިޓަލް
ކަށި ފީވުމުގެ މައްސަލަ ގިނަކަން އެނގޭ އަނެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަކުލުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ގިނަވުމެވެ. އަދި ކުޅިވަރުގައި ފަސޭހައިން އަނިޔާ ވަނީ ވެސް ކަށި ފީވުމުގެ މައްސަލައާ ހެދި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ސްޕޯޓްސް އިންޖަރީ ހުންނަން ޖެހޭ ވަރަށް ވުރެ ގިނައިން ފެނޭ އޭގެ މައްސަލަތައް،" އެ ޑޮކްޓަރު ވިދާޅުވި އެވެ.
ކަކުލުގެ ލިގަމެންޓަށް ގެއްލުން ވެގެން ފާއިތުވި އަހަރުތަކުގައި ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. މިހާރު ވެސް އެ އޮޕަރޭޝަންތަކުގެ ބޮޑު ކިއުއެއް އައިޖީއެމްއެޗުގައި އެބައޮތެވެ.
"ދިވެހީންގެ ކަށި ފީވުމުގެ މައްސަލަ އުޅޭ. މިކަން ރާއްޖޭގައި ވަރަށް އާއްމުކޮށް އުޅޭ،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވުމަކީ ކަށި ފީވުމުގެ މައްސަލަ ކޮންމެހެން ދިމާވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، ރަނގަޅަށް ކެލްސިއަމާއި ވިޓަމިން ޑީ އާއި ކަސްރަތުކުރުން ފަދަ ކަންކަމާ ދުރުވުމުގެ ސަބަބުން އެ މައްސަލަ ދިމާވުން ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އުމުރުން ދުވަސްވީ ދެ މީހަކު ކަސްރަތަށް ބޭރަށް ނުކުމެ.-. ފޮޓޯ: ނިޝާން އަލީ/މިހާރު
އިންސާނުންގެ ކަށި އެންމެ ވަރުގަދަ ވާނީ އުމުރުން 30 އަހަރުގަ އެވެ. އެކަމަކު އެ އުމުރުގައި ވެސް އެންމެ ރަނގަޅަށް ލިބޭނީ ރަނގަޅަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. އަދި އަންހެނުންގެ މައްސަރުކަންތައް ހުއްޓެން ފެށުމާ އެކު ކަށި ފީވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.
ދުވަސްވީ މީހުންގެ ކަށިތައް ފީވުމުގެ މައްސަލަ ބޮޑުއިރު، އޭގެ އެއް ސަބަބަކީ ރަނގަޅު އެއްޗެހި ކާން ނުލިބުމުވެ. އެކަމަކު، މި ޒަމާނުގައި އެހެން ބުނުމުގެ ފުރުސަތެއް ނުލިބުނަސް ކަށި ފީވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގައި އޭރު ހުންނާނީ ނެސްޕްރޭއާ މިލްކް-މޭޑު ކިޔާ ކޮންޑެންސް މިލްކަކާއި ކުޑަކުދިންނަށް ހުންނާނީ ލެކްޓޮޖެން. ނިމުނީ، އެ ނޫން އެއްޗެއް ނުހުންނާނެ. ފާތިހާ ދުވަހު އެކަނި ކިރު ސައިތައްޓެއް ލިބޭނީ. އެހެން ނޫނީ ގޭގައި ބޯނީ ކަޅު ސައި،"
"އަޅުގަނޑަށް ފުރަތަމަ ވެސް ޔޯގަޓު ފެނުނީ ބޭރަށް ކިޔަވަން ދިޔައިރު 22 އަހަރުގައި. ޔޯގަޓު ސްޕެލިން ދަސްކުރީ ވެސް އޭރު. އެއީ މިލްކުގެ ޕްރޮޑަކްޓުގެ ތެރެއިން މިލްކު ކޮންސެންޓްރޭޓު [އެންމެ މަތީ] އެއްޗަކީ އެއީ. އެކަމަކު، މިހާރު އާދައިގެ ތަންތަނުގައި ވެސް ފްލޭވާގެ ޔޯގަޓު..[މިހާރު މި ތަކެތި ފަސޭހައިން ލިބެން ހުއްޓަސް] ދުވަސްވީ މީހުންގެ ކަށި ހުންނަނީ ފީވެފައި. އެހެންވެ، ފަސޭހައިން ވެއްޓި ބިންދައިގެން ދާނެ." އެ ޑޮކްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަދަސދަސ
19 June 2025
އިޖިނަމޮޓޯ ކިޔާ ކެމިކަލެއް ހުރިހާ ގެއެއްގައި ވެސް ބޭނުން ކުރޭ 90 އަހަރުތަކުން ފެށިގެން.
ވަށޮދިޔަގެ ފީބޯޅާ
19 June 2025
ދިވެހިންގެ ފީނުވަނީ ކޯޗެއް. ދުންފަތްކަނީ ދުންބޮނީ ދުފަނީ އެހާވަރަށް. ދަތްކޮޅު ސަލާމަތުންނެތް، ކޮބަޑި، ތުންފަތް ކަޅުދެލިއަރާފައި ފެގް ބޮއިބޮއި، ރެޔާދުވާލު ކޮފީ، ނިދަނީ ނަމެއްގައި ހަށިގަޑަކު ހަކަތައެއްނުހުރޭ އުމުރު ދެބައިނުވަނީ ... .. އަލްވަދާއުކިޔާ. ދޭން ކޯޗެއް ފީނުވާނީ.
ވިޓަމިންޑީ
19 June 2025
އަހަރެމެން ގައިގަ ވިޓަމިންޑީ މަދުވަނީ އަހަރެމެންގެ ކުލަ ކަޅުކޮއްތިބޭތީ. އަހަރެމެންހަމުގެ ކުލައަކީ އަވިން ލިބޭނުރައްކަލުން ސަލާމަތްވުމައް އެހީތެރިވެދޭއެއްޗަކައްވިޔަސް އަވިން ލިބޭ ފައިދާއިންވެސް މަހުރޫމުކުރޭ. އެހެންވެ ވިޓަމިންޑީ ސަޕްލިމެންޓެއްބޭނުންކުރުމަކީ ހާއްސަކޮއް ކުޑަކުދިންނައް ވަރައްމުހިންމުކަމެއްހެންހީވަނީ. އެއީ ކިރުގެ ބާވަތްތައް ކިތަންމެގިނައިންދިނަސް ވިޓަމިންޑީ މަދުނަމަ އޭގެންލިބެންވާފައިދާއެއްނުލިބޭނެ.
އައިމިނާ
19 June 2025
އަހަރުމެންނަކީ ބަނޑުހައިވީމަ ގިށްކިޔާފަ ކާބައެއް. ގަޑިއަކަށް ނުބަލާ. ނިދި އައީމަ ނިދާނީ. އެހެން މީހުން ގަޑިއަށް ކާނެ. ގަޑިއަށް ނިދާނެ.
ފުތާބެ
19 June 2025
އަހަރުމެން ކުޑައިރު މޫދަށް އެރިފަ ދެން އައިއްސަ ވަރަށް ގިނައިން ތިބެން ގަޔަށް ހިރަފުސް އަރުވައިގެން އަވީގަ. އަނެއްކާވެސް ހޫނުވީމަ ގޮސް މޫދަށް އެރެނީ. ފާހަގަވާ ކަމަކީ މިހާރު އޭރު އެ އުޅުނު ކުދިން މިހާރު 40 އަހަރުވާން ގައިވެފަ ތިބި އިރުވެސް ވަރަށް ގަދަޔަށް ފުޓްބޯޅަ ކުޅޭކަން އަދިވެސް. އެމީހުން ގެ ސުޓެމިނާ އަދިވެސް މިހާރު އުޅޭ ޒުވާން ކުދިންނަށް ވުރެން އެތަށް ގުނަ އިތުރުކަން.
އާދަމް ކުރޮޅި
19 June 2025
ކަސްރަތެއް ނެތި ބޭކާރު އެކއުންތައް ކާންދީ އަބަދު ފޮތުތެރޭގައި ބައިތިއްބަ ބައިތިއްބައިގެން ކުރި ތަރުބިއްޔަތުގެ ނަތީޖާ
ލިލި
19 June 2025
ކޮން ފޮތެއް؟ ކިޔެވި މީހުންނަށް ވުރެ ނުކިޔަވާމީހުން މާގިނަ.
އަބުދުގެ އައްލޫ
19 June 2025
ދިވެހިންނަކީ މެއިންޓެނެންސަށް ވަރަށް ފަރުވާކުޑަ ބައެއް. ޖެހުނުތަނަކުން ފެނުނު އެއްޗެއް ކައިފަ ބޮވުނު އެއްޗެއް ބޮމުން ފުރިހަމައަށް ނިދި ނުހޯދާ ބައެއް. ގިނަމީހުން ރަގަޅު ސިއްހަތެއްނުހުރޭ، އިމިއުންސިސްޓަމް ބަލިކަށި އަބަދު ރޯގާއަޅާފަ ރަގަޅަށް ބޮޑެއްނުވޭ. އުޅޭތަން ކުޑަވުމުން ޖީންޕުލްގެ ވޭރިއޭޝަން މަދުވީމަ މީހުން ތިބެނީ ބަލިކަށިކޮށް ކުޅަކަޅުވާގަ މަސްކޮޅެއް ނޯވޭ، ވޯކިން ސްކެލިޓަން ގިނައީ މަދުމަދުން މާކުންބެއެއް ފެނުނަސް.
އޮސްޓިއޯޕްރޯސިސް
19 June 2025
ދިވެހިންގެ ކަށިތައް ފީވީ މިހާރަކުއެއްނުން. އަބަދުވެސް ފީވެފައި އޮންނަނީ. މިހާރުވެއްޖެއްޔާ ހުޅުސަކަރާތްވާއިރަ ހުޅު ބަދަލުކުރެވޭނެ އިންތިޒާމު އެބަހުރި. އެޒަމާނު ހުޅު ބަސްނާހާ ހިސާބަށް ދިއުމުން މީހުން އުޅުނީ އަސާ ނޫނީ ދަނޑިގަޑު ހިފައިގެން. މިހާރުގެ މީހުން ލަދުގަނޭ ހިގަން ސަޕޯޓެއް ބޭނުންކުރަން.
ފދ
19 June 2025
ދިވެހިންގެ ފީ ނުވާ އެއްޗެއް އެބައިންތަ
ފިކުރު
19 June 2025
ހަމަ ގައިމުވެސް ދިވެހިނއގެ ސިޔާސީ ފިކުރު ފީވި ހެނެއް އަދި ހިޔެއްނުވޭ.
ކޮކީ
19 June 2025
މީހަކުބުނި އިރުގެ އަވީގައި މިހާރު ވިޓަމިންޑިއެއްނުހުރެޔޯ. މާގިނައިން އަވިދޭންޖެހޭތީ ވިޓަމިންޑީހުސްވިއްޔޯ؟ އެބުނާހެން މިހާރު ވިއްސާރަޔަސް ހޫނުގަދަކަމުން ކަރަންޓްބިލް ބޮޑުވޭވިއްޔާ.