ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ): އޭނާގެ ދެ ލޮލުގެ ފެނުން ގެއްލި އެއްވެސް މަސައްކަތެއް ނުކުރެވޭ. --
15 ޑިސެމްބަރ 2025 - 15:34
ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު އިބްރާހިމް ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ. ދެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
ޑޮކްޓަރުންގެ ލަފަޔާ އެކު ޝައިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ވަނީ ގެއްލިފަ އެވެ.
ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.
ސިއްހީ މި މައްސަލަތަކުގައި ފަރުވާއަށް ޝައިހް މުހައްމަދު އިބްރާހިމަށް އެހީ ބޭނުންވާތީ، އެހީ ޖަމިއްޔާ އިން ވަނީ ފަންޑު އެއްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެހީ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަހުމަދު އިގްބާލް ވިދާޅުވީ އެ ޖަމިއްޔާއިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ޝައިހް މުހައްމަދު އިބްރާހިމަށް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް ޕޯޓަލެއް ހަދައިފަ އެވެ.
އިގްބާލް ވިދާޅުވި ގޮތުގައި ޝައިހް މުހައްމަދު އިބްރާހިމްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓު ހެދުމަށް ފުރަތަމަ ދަތުރުގައި އެކަނި ވެސް 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެ ނަމަ ނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދީނާއިން އިލްމު އުނގެނިވަޑައިގެން ޝައިހް މުހައްމަދު އިބްރާހިމް ދިރިއުޅުއްވަމުން ގެންދެވީ އުފަންރަށް ނައިފަރުގަ އެވެ. އެ ރަށު ސްކޫލް، މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ލޮލުގެ ހާލަތު ދެރަވެ މިހާރު މަސައްކަތެއް ނުކުރައްވަ އެެވެ.
އޭނާއަކީ އެކި ދާއިރާތަކުން ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން އޭނާގެ ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަމްދު
15 December 2025
ޝެއިޚަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ކުރަން
ލަޠީފު
15 December 2025
ޝައިޚު އިބުރާހީމް އެއްނޫން ޝައިޚު މުޙަންމަދު އިބުރާހީމް
މަބުނީ
15 December 2025
ޝެއިޚުގެ އެކައުންޓްނަންބަރު ޖަހާލިނަމަދޯ. ތިޔަ ޖަމިއްޔާތަކަށް މިހާރު ކުރާހިތެއްނުވޭ. އޮޑިޓެއް ނުކުރާތީ.
ތިކަހަލަ
15 December 2025
އަދިކަމަކާ ދިމާނުވަނީ އަހެންވީމަ ތިޔަހެން ބުނަން އަގަހުޅުވެނީ
ބީރުބޮލު ވަޒީރު
15 December 2025
އޭނާ ލިއުއްވި ކިތާބުއްސިޔާމަކީ ސަން ޓްރެވަލް ސިއާމް އާއި ބެހޭ ފޮތެއްތޯ ނުވަތަ މިސަރުކާރުގެ ފިޝަރީޒް މިނިސްޓަ ނޭފަރު ސިޔާމް އާއި ބެހޭ ފޮތެއްތޯ. ހަމަ އަހާލީ. ޝޭޚަކީ ވަރަށް މޮޅު ވާހަކަދެއްްކުންތެރިއެއް. އޭނަގެ ދީނީ ދަރުސްތައް ވަރަށް އަޑުއަހާހިތްވޭ. ވަރަށް ޝައުގުވެރިވޭ އަޑުއަހަން. ޢަވަސް ޝިފާއަކަށް އެދެން.
މުލޭ
15 December 2025
އެއީ ރޯދައާބެހޭ ފޮތެއް.
ޱރ ޝޭޙު
15 December 2025
ފުރާޅު މައްޗައް ވާނުވާގަ ހުރެ ފުންމާލި ކުއްޖާވެސް ފުލައިޓް ޗާޓަރުކޮށްފަ ފޮނުވީ މެލޭސިއާ އަށް އަދިވެސް އެމަންޖެގެ ބަޔާން ވީތަނެއް ނޭގެ ދޯ! ޝޭޙު ތައިލެންޱައް ނުބަތަ ޔޫއޭއީ އަށް ފޮނުވާދިނުން އެދި ދަންނަވަން ހަމަޔަޤީނުންވެސް އެތަކެއް ބަޔަކަށް ހެޔޮމަގު ދައްކަދޭން ލައްކަ މަސައްކަތް ކުރި ބޭފުޅެއް މިޝޭޙު މީ. ޒަކާތު ފަންޱުން އަދިވެސް އެއުޅެނީ ފާއިސާ ގިނަވެގެން އިންވެސް ކުރާނެ ގޮތެއްނޭގިގެން. މިއޮތީ އިންސާނީ އެހީ ދޭންޖެހޭ ވަގުތުޖެހިފަ އަވަސްކުރޭ!
ދޮން ތުއްތުބޭ
15 December 2025
މިހާރު ޑޮލަރު ހޯދަން ވަރަށް ގިނަ ރުފިޔާ ބޭނުންވާނެ؟ބުލަކު މާރކެޓުން ޑޮލަރެއް ލިބެނީ ބޮޑު އަގުގައި؟ 20000 ޑޮަލަރު ގަތުމަށް ބޭނުން ކުރި އަދަދެއް ވެސް ނޭގޭ
ބަރުނ
15 December 2025
ކޮބާ ޒަކާތުފަންޑު. ވަގުފު އިމާރާތުން ލިބޭ ކުލި؟
މަޑުލި
15 December 2025
ކޮބާ އާސަންދަ އާއި އެންސްޕާ.؟
ސޭސަރ
15 December 2025
ފުރަތަމަ ޓެސްޓަށް 20000 ޑޮލަރ.. ހަމަ ޙައިރާން ވެއްޖައިން
އައްބެ
15 December 2025
ލޮލުގެ ފަރުވާއަކީ އަގުބޮޑު ފަރުވާއެއް.
ބާބޫ
15 December 2025
ކަލޭ ރަގަނޅަށް 3 ފަހަރަށް ލިޔުން ލިޔާލާ.. .ދޭހަ ވުމުގަ މައްސަލައެއް އުޅޭ!!!
ކޮރަލް
15 December 2025
ކުރީން ދިޔައީ އިންޑިޔާ އަށެވެ. މިއުޅެނީ އިންޑިޔާ އަށް ދާކަށް ނޫނެވެ. ވީމާ ހަރަދު ބޮޑު ވާނެ އެވެ.