އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް އޭނާ ރުހުން ދީފައިވާ ކަމަށް މީޑިއާތަކުން ބުނޭ --- ފޮޓޯ: އޭއެފްޕީ
19 ޖޫން 2025 - 18:16
އިޒްރޭލުން އިރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާ ވެސް ބައިވެރިވެ އިރާނަށް ހަމަލާ ދިނުމުގެ ޕްލޭނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ރުހުން ދެއްވައިފި އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާގޮތުގައި އިރާނަށް އެމެރިކާ އިން ވެސް ހަމަލާ ދިނުމަށް އެކުލަވައިލި ޕްލޭނަށް ޓްރަމްޕް ރުހުން ދެއްވިޔަސް، އެ ޕްލޭން ތަންފީޒު ކުރުމުގެ ހުއްދައެއް އޭނާ އަދި ނުދެއްވަ އެވެ.
އެ ޕްލޭނަށް އެމެރިކާއިން އަމަލު ކުރަން ފަށަން، ޓްރަމްޕް ހުއްދަ ދެއްވާނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް މީޑިއާތަކުން ހާމައެއް ނުކުރެ އެވެ. އެމެރިކާގެ މީޑިއާތަކުން އެ ޚަބަރުތައް އާންމު ކުރަމުން ދިޔަ ނަމަވެސް އެ ގައުމުގެ ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާގެ އަސްކަރީ ބޭސްތައް މެދުއިރުމަތީގެ އެ ސަރަހައްދުގައި މިހާރު ވެސް އެބަހުއްޓެވެ. އެ ސަރައްހައްދުގެ އެކި ގައުމުތަކުގައި ގާއިމު ކޮށްފައިވާ އެ ބޭސްތަކާ އެކު އެމެރިކާގެ 200،000 ސިފައިން އެ ސަރަހައްދުގައި ތިބޭނެކަމަށް ބައެއް މީޑިއާތަކުން އަންދާޒާ ކުރެ އެވެ.
އިޒްރޭލުން އިސްވެ އިރާނަށް ދެން ފެށި ހަމަލާތަކުގައި އެމެރިކާ އަމަލީ ގޮތުން ބައިވެރިވެ ދާނެތޯ އިއްޔެ ޓްރަމްޕާ، ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ފަހަރެއްގައި އެކަން ކުރަން ވެސް ޖެހިދާނެ" ކަމަށެވެ.
"ނޫނީ އެކަން ނުކޮށްވެސް ހިނގައިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އޭނާ ވިދާޅުވީ އިރާނުގެ ވައިގެ ސަރަހައްދުގެ ހުރިހާ ކޮންޓްރޯލެއް އެމެރިކާ އަށް ލިބިއްޖެ ކަމަށެވެ. އަދި ޝަރުތަކާ ނުލައި އިރާނުން އަމާން ދިނުމަށް ވެސް ޓްރަމްޕް ގޮވާލެއްވި އެވެ.
ޓްރަމްޕްގެ ވާހަކަ އަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ރައްދު ދެއްވައި ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.
އިރާނުގެ ލީޑަރު ވިދާޅުވި ގޮތުގައި އެމެރިކާއިން އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު އެމެރިކާ އަށް ވެސް އިރާނުން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުންކުރު
20 June 2025
އެމެރިކާއަށް ހީވަނީ ހުރިހާ މުސްލިމް ޤައުމުތައް ހަންމަތަ ކުރެވޭނީ ހަތިޔާރުންނޭ. ދެން ތި ހަތިޔާރެއްގައި ހުރިވަރުވެސް އެނގިދާނެތާ. އަމިއްލަ ޤައުމު އިނދަޖެހުން އެންމެ ގާތީ. އަމިއްލަ އަށް ހަލާކުގެ ތެރެއަށް ވެއްޓި ހަލާކުވާ ޤައުމަކަށް ތާރީހުގައި އެމެރިކާގެ ނަން ލިޔެވުން ވަރަށް ގާތް. އެއް ހާލަތަކުން އަނެއް ހާލަތަކަށް ހާލަތު ބަދަލުވާނެކަމީ އޮޅިފައިއޮތް ކަމެއް ނޫން
ކޮއްކޮބެ
20 June 2025
ތި ބުނާ ދަރަޖައިގަ އޮތީ ތިބޭފުޅާވެސް ނިސްބަތްވާ ދިވެހި ރާޢްޖެ. މިހާރުވެސް ރާއްޖެ އުޅެނީ ޑޮލަރައް ޖެހިގެން.
ސަމްސިއްޔާ
20 June 2025
މީހުންނަށް އަނިއާކުރުމާ، ގައުމުތައް ސުންނާފަތިކުރަން އެމެރިކާއިން އަބަދުވެސް ރުހުން ލިބޭނެ. މުޅި އެމެރިކާގެ ހިސްޓްރީވެސް އޮތީ އެހެން
ސަލީމު އިދުރީސް
20 June 2025
ޗައިނާއާލ ރޫސީން ވިސްނާބާ މިކަމާ!އެމެރިކާއިގުތިސޯދު ދަށައްގޮސް އިދަޖެހޭތި ހަކަތައާ އެނިހެން މައުދަންކައް ފެންބޮވެގަނެ ޓުރައްޕު ދަތްޖާލު ވަނީ މޮޔަވެފަ!ފުރަތަމައުޅުނީ ކެނެޑާއާ ގުރިންލެއްޑއެމިހުންގެ ބާރުގެ ދަގެއްނައް އެމަކު އެކީފަސޭހަކަމައް ނުވާތި އެކަނިމައި އެކަނި އޮތް އިރާނު ހިފަން ޓުރަންފު ދަތްޖާލު މިދިމާކުރީ! އަރަބިން ލަދެއް ނުގަނޭބާ އިރާނު އެކަންޏައް ދޫކޮއްލައް! މަމީ ރައްޔިތުންގައިގަ ހައްމުށި އަޅައޮގެން ކުރާ ވެރިކަން ތަކައް ދާއިދު ކުރާމީހެނޫން
ނަރީން
19 June 2025
ނިމުނީ އަތް ލިޔަސް! ހީވަނީތަ! މިފަހަރު ކުޅި ދައްކައިލޭނަން!
ދޮގުނުހަދާ
19 June 2025
މިއީ ކަނޑައެޅިގެން ދޮގެއް.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
19 June 2025
މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމަ ވާނެ ގޮތް ފެންނަން އުޅޭހެން މިހާރު އެބަ ވަރަށް ހީވޭ. އިރާންއަކީ އިރާގު ނުވަތަ ސީރިއާ ނޫންކަން މިފަހަރު އެމެރިކާ ހަނގުރާމައަށް ވަދެއްޖެނަމަ އެނގޭނެ
ހފހފހފގ
19 June 2025
ދުނިޔޭގެ ސުޕަރޕަވައޭ ކިޔައިގެން އުޅޭ އެމެރިކާގެ ވެރިއަކަށް ހުރީ ކިޔޭ ނުކިޔޭނޭނގޭ ބޮލުރޮއްޖެއް. އިޒްރޭލަށްޓަކައި އެމެރިކާގެ ދެލައްކަ ސިފައިން ނުރައްކަލަކަށްވައްޓާލަންވެސް ތައްޔާރަށް މިކަލޭގެ މިހުރީ.
ގަމްގި ކަސަމް
19 June 2025
އިންޑިޔާއިން މިކަމާ ބުނަނީ ކީކޭބާ؟ އިންޑިޔާއަށް ހަމަ މި ވާގޮތް ނޭނގެނީބާ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
19 June 2025
އިންޑިއާއަކީ އެމެރިކާގެ ރަހުމަތްތެރިއެއް. އެމެރިކާ ބުނީމަ އެއްވެސް ކަމަކަށް ނޫނެކޭ ބުނާނެހާ ހިތްވަރެއް އިންޑިއާއަކުން ނުފެންނާނެ
ނަތީޖާ ހަމާރީ
20 June 2025
ރައްޓެެއްސެއްވެއްޖެއްޔާ ކޮށްދޭނޭ ދޯ؟