21 ޖޫން 2025 - 09:27
އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހެދި ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށައިފި އެވެ.
ޑޮލަރުގެ އަގު ކަނޑައަޅަނީ މައި ހަ ގައުމެއްގެ ފައިސާ އަށް ބަލައިގެން ކަމަށް ވާއިރު، އޭގެ ތެރޭގައި ސުވިސް ފްރެންކް، ޖަޕާނުގެ ޔެން އަދި އީޔޫ ގައުމުތަކުގައި ބޭނުންކުރާ ޔޫރޯ ހިމެނެ އެވެ.
މިގޮތުން، އިޒްރޭލާއި އީރާނުގެ ކުރިމަތިލުންތައް ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާގައި ޑޮލަރުގެ އަގު 0.6 ޕަސެންޓުން އުފުލޭނެ ކަމަށް މާހިރުން ވަނީ އަންދާޒާކޮށްފަ އެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާބަލާއިރު، ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބަޒަރުގައި 77 ޑޮލަރުގައި ހިފެހެއްޓިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލައިލާއިރު، ޔޫރޯ ވަނީ 0.3 ޕަސެންޓު ކުރިއަށް ޖެހިލައި، ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރުގަ އެވެ. ނަމަވެސް ޖަޕާނުގެ ޔެން ވަނީ 0.29 ޕަސެންޓު ދަށަށް ގޮސް، ޑޮލަރަކަށް 145.44 ޔެންއަށް ވެއްޓިފަ އެވެ.
ޔެންގެ އިތުރުން، ސުވިސް ފްރޭންކްގެ އަގު ވެއްޓެމުންދާ ކަމަށް މާލީ ތަޖުރިބާކާރުން ލަފާކުރާއިރު، މިހާރު ޑޮލަރަކަށް 0.817 ގައި ހުރި ސުވިސް ފްރެންކްގެ އިތުރަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޑޮލަރުގެ އަގާ އަޅައިބަލާއިރު، ޗައިނާގެ ޔުއާންގެ އަގު ވަނީ ޑޮލަރަކަށް 7.18 ގެ ރޭޓުގައި އަދި ހިފެހެއްޓިފައިވާއިރު، އިނގިރޭސި ވިލާތުގެ ޕައުންޑުގެ އަގު ވެސް ވަނީ 1.349 ޑޮލަރުގައި ގާތްގަނޑަކަށް ހިފެހެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1818
21 June 2025
ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވުނީމަ، މެދުއިރުމަތި ނުވަތަ ފަލަސްތީން ބޮލުގަ އަޅުވާލާ!
ބޭޗާރާ
21 June 2025
ތިބުނާ ހަގުރާމަފެށުމުގެ ކުރިންވެސް ޑޮލަރު އާންމުކޮށް ގަންނަންލިބެނީ 19.30ރ ހިސާބުގަ. ދެންވާއެއްޗެއް ވާންވީ. ސަރުކާރުން ހަރުއަޑުން އިއުލާން ކުރަނީ ޑޮލަރު ތިޔާގިއޭ އަގުހެޔޮކޮށް ލިބޭނެޔޭ، ލިބެޔޭ.
ކަނޑުކޮސް ނޫސް
21 June 2025
ސިޔާސީ ވެގެން ކަނޑުކޮސް ނުގޮވާ. ރައްޔިތިން މިހާރު އެއަށްވުރެ ހޭލުންތެރި. ތިމާގެ އަގު ވައްޓާ nulaa އެއްޗެއް ނުލިޔެތިބޭ. އެހެންބަޔަކު ދިފާއު ކުރުމަށް ވުރެ ރަގަޅުވާނެ
ރާވެރިބެ
21 June 2025
ބޭރުދުނިޔޭގަ ޑޮލަރުގެ އަގުމައްޗަށް ދިޔަސް ރާއްޖޭގަޑޮލަރުގެ އަގު މައްޗަށް ނުދާނެ. ޢެއީ މަނާކަމެއް.
ޗަރުމީ
21 June 2025
ތިއިން ސަބަބެއް އޮވެގެންތަ ކަނޑޫދޫ މިރުހާއި ކާށިދޫން ގެންނަ ތަކެއްޗާއި ތޮއްޑޫ ކަރާގެ އަގު އުފުލެމުން ދަނީ. އެމީހުންވެސް ކިޔަނީ ހަނގުރާމަޔާ ހުރެޔޭ ތަކެތީގެ އަގު އުފުލެނޫ.
އުންމު އަފީފް
21 June 2025
އެމްއެމްއޭ އަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއެކު މެދުއިރުމަތީގެ މަޝްރަޚް ހޫނުވެ ހަނގުރާމަ ފަށައިފި. އީރާނުން މިސައިލް އުފައްދާށާ އިޒްރޭލުގެ ދިފާޢީ ނިޒާމަށް އެމްއެމްއޭއިން ޑޮލަރު ހޭދަކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގަ ޑޮލަރު މައްޗަށް ދިޔައިރު ހަމައެކަނި ޑޮލަރުން ޢާމްދަނީ ލިބޭ ދިވެހިރާއްޖޭގައި ރޭޓް ވަނީ ދުރުރާސްތާ ބެލެސްޓިކް މިސައިލެއްގެ ބޮލަށް ލާ ޖައްވަށް ފޮނުވާލާފަ.
ކަވަޅި
21 June 2025
https://mihaaru.com/business/146600 މިހަބަރު ބުނާގޮތުން ދިވެހިފައިސާގެ އަގުމަތިވާނެތާ. ޑޮލަރު އަގުބޮޑީމަވެސް ތަފާތެއް ފެނިގެންނުވާނެ
ކަރަނފޫ
21 June 2025
ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވަން ނޫޅޭ ޑޮލަރު މާރުކުރާށޭކިޔައިގެން ރާއްޖޭގެ ވިޔަފާރިތަ ފުނޑާލީ އަމިއްލަ ފައިދާއަށް. ކޮބާ މިހާރު ޑޮލަރު ލިބެނީ 19.56 ކަށް.
ގަމާޜެ
21 June 2025
ވވވ ފޭކުރިޕޯޓެއްތީ އެއްވެސް ދިރާސާޔެއްނެތް ކޮއްފާ. މިހާރު ރާއްޖޭގާ ޑޮލަރު އުފުލޭތީ ރުފިޔާ ގެ އަގުވެއްޓޭތީ ރައްޔިތުން ލޮލުގާ އަޅުވާ އަދުނެއްތީ ވވވ ސިޔާސީ އާޓީކަލެއްތީ ....މެދުއިރުމަތީގާ އުފައްދަނީ ތެޔޮ ޑޮލަރެއްނޫން .....
ރަން30ވަރެއްނެތޭ
21 June 2025
2008 ގައި ތެޔޮފީފާއެއް 150ޑޮލަރަށްއަރައި 17ރ އަށް ލިޓަރެއް ލިބުނުއިރު އަހަރެމެންއުޅުނީ ޓޭންކްތައް ފުލްކޮށްގެން ސާފްޗެމްޕިއަންޝިޕްގެ ތަށިހިފައިގެން މަގުމަތީގަ ދުއްވޭތޯ. ބަނޑަށްޖެހިދާނެއޭ އެކަކުވެސް ނުކިޔާ.