އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވާހަކަ ދައްކަވަނީ--
26 ޖޫން 2025 - 11:53
ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ގޮތުގައި އިންޝުއަރެންސް ތައާރަފްކުރަން ނިންމާފައި ވަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލަ އަށް ހޭދަކުރުމަށާއި ބައެއް ފަހަރު ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާ އަށެވެ. އަދި ބޭރުން ގެންނަން ޖެހޭ ބޭސް ގެނައުން ވެސް އޭގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ފަގީރުން އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރަން ނިންމާފައި ވަނީ އެލައިޑާ ގުޅިގެން ކަމަށެވެ.
"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމްކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރެވެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޒަކާތު ފަންޑުން ފަގީރުންނަށް ބޮޑު ހޭދައެއް ކުރާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭގެތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަގީރުން ބޭސް ފަރުވާއަށް ހޭދަކުރުމާއި އެ ނޫން ވެސް ގިނަ އެހީތަކެއް ވެދެމުން އަންނަ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުދަލަތު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާއިނާ
26 June 2025
އިންކަމް ޓެކްސް ނަގަންޏާ އެމީހުންނަށް ވެސް ތި އިންސޫރެންސް ސޭންޖެހޭނެ. ބަޔަކު ހޭބަލިވާންދެން މަސައްކަތް ކުރީމަ އެ ފައިސާ ފޭރިފަ ކޮންކަމެއް އެމީހުންނަށް ކޮށްދެނީ . އެންމެ ދެރަވެގެން ޑޮލަރެއް ވަންނަން ވެސް ނުލިބޭ. މީހުން އަތުން ސަލާންޖަހައިގެން ބުލެކުން ބޮޑު އަގުގަ ގަންނަންޖެހުނީ. ޑޮލަރު ނުލިބިގެން ޝިޕްމެންޓް ނުހެދިފަ ހުރެ ވާ ގެއްލުން ބަލާ ބަޔަކު ނޫޅޭ. އެކަމް ފައިދާއެއް ވެއްޖިއްޔާ އެލާރި ދަމައިގަނޭ. މީ ހަގީގަތް.
ވަންޗު
26 June 2025
ފަގީރުންނޭ ކިޔައިފަ މަކަރުން ތިލިސްޓުގަ ޖައްސައިގެން ވަގުލާރި ކާމީހުންވެސް މަދެއްނޫން! ތިލިސްޓުގައި މީހުންޖެއްސުމުގައި ހަރުދަނާ ނިޒާމެއް އުސޫލެއް ގަވާއިދެއް ހަދައިބަލަ! އޭރުންތާ އިންސާފުވެރި ގޮތަކަށް ތިފައިސާ ލިބެންޖެހޭ މީހުންނަށް ލިބޭނި! މިހާރުދެން ތަކުރޭމެންވެސް ހާޖީމެންވެސް ފަރީދާމެންވެސް ވަޒީފާގަ އުޅެމުން ފަގީރުންގެ ލިސްޓުގަ ޖައްސައިގެން މުޅިއުމުރަށް ތިލާރި ނަގަނި.
ދަރަނި
26 June 2025
މަށަށް މުޅިން ޔަގީނެއްނޫން މިހާރު އާސަންދަޔަކީ ކީއްކުރަންދޭ ކޮން އެއްޗެއް ކަމެއް... އަނެއްކޮޅުން ހަލާލު ނޫން ވިޔަފާރިޔަކަށް ޒަކާތު ފައިސާއިން ޚަރަދުކުރެވިދާނެ ކަމެއް... އުންމީދަކީ ތަކާފުލް އަކަށްކަމަށް ވުން. ވެދާނެ އެލައިޑުގެ އިސްލާމިލު ވިންޑޯ މެދުވެރިކޮށްކަމަށްވެސް... އައިޖީއެމްއެޗުން ހުރިހާ ޚިދުމަތެއް އެ ދެނީ އާސަންދަ މެދުވެރިކޮށް މުޅިން ހިލޭ.
ރިޕަބްލިކް އޮފް ކެއާރލެސްނަސް
26 June 2025
މިނިސްޓްރިން މާބޮޑު އޮއްޓަރު ހުރި ކަމެއް ކުރާތަނެއް ނުފެނެ: ބަނގި އާއި ގަމަތް ތުގެ ދޭތެރެ ދުރުކުރުން ވޯކްކުރާ އާސަންދައެއްގެ މައްޗަ އެހެން ސަނަދައެއް އިތުރުކުރުން މިކަހަލަ ކަމެއްގައި އުޅެނީ. ގައިމު އުޅެންވީނުން ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭން، ބަންގި ގޮވާއިރު އަޑު ފިސްނުވާގޮތައް މައިކުތެރެއަށް އަނގަ ނުވައްދަން، ދުބާއީ ފަދަ ތަންތަނުގައި ގޮވާގޮތައް ބަންގީގެ އަޑު ވަކި ޑެޒިބަލްއެއްގައި ހިފެހެއްޓޭ ގޮތައް އަޑުއަހަން ފަސޭހާ ގޮތައް ބަންގި ގޮވަން
ވަތަންގެ ދަރި
26 June 2025
ބަލަގަ އާސަންދައިންވެސް އެހީ ދީފަ އޮއްވަނޫންތަ އަހަރެމެން ރައްޔިތު މީހާ އެހީހޯދަން ޒަކާތު ފަނޑަށާ ، ސޯސަލްމީޑިޔާގަޔާ، އެވަރުންވެސް ނުވެގެން މަގުމައްޗަށް ސަލާން ޖަހަން ނުކުންނަނީވެސް. އަދި އަމިއްމީހުން ކައިރިއަށްވެސް ހިނގަނީ. ފަހުގެ ތާރީހު ތިކިޔާ ޔުމުނު ކަންތަޢް ހަނދާންކޮއްލާ.
މަރިއްކޮ.
26 June 2025
ރައްޔިތުންގެ ފައިސާއިން އާސަންދަ ނަމަކަށް ކިޔާ އިންޝްއަރެންސް ނިޒާމެއް އެބައޮވޭ. ނުވިތާކަށް އެންސްޕާ އެބްއޮވޭ. މި ނިޒާމްތައް ފެއިލްކޮށްލާފައި ޒަކާތު ފަންޑް ވެސް ހުސް އަރުވާލަން. ލާރިއެއް އޮތިއްޔާ މި ސިޔާސީންނަށް ލޮލުފިޔައެއް ޖަހާލެވޭނީ ވެސް އޭތި ހުސްއަރުވާލާފައި. މި އޮތީ ސަރުކާރެއް. ހަމަ އަންތަރީސްވެއްޖެ.
1828
26 June 2025
ޒަކާތު ފަންޑުން ނުޖެހޭނެ ތިކަންކަމަށް ޚަރަދުކުރާކަށް. ޒަކާތު ފަންޑުން ޚަރަދުކުރަން ޖެހޭނީ އެނަގާ ބޭނުމަށް ހަމައެކަނި. ޒަކާތު ފަންޑަކީ ސަރުކާރުގެ މޫނުމަތި ރީތިކުރަން ބޭނުންކުރާ ފަންޑަކަށް ވެގެންނުވާނެ.
ސާސަ
26 June 2025
ވޯޓް ހޯދަން ކުރާކަމެއްތަ؟ ވެރިން ބޭނުން ގޮތަކަށް މިޤައުމުގެ ފައިސާ ބެހޭތަ؟ ‘ބޮޑެތި ބަލިތަކުގެ ފަޤީރުން’ ޑިފައިން ކުރަނީ ކިހިނެއް؟ އާސަންދަ އަދި އެންސްޕާ އިން ކުރަނީ ތިކަން ނޫންތަ؟
ނަގިއްޔާ
26 June 2025
ސަރުކާރުގައި ފައިސާކޮޅެއް ހިމޭނުން އޮވެއްޖެއްޔާ ކޮންމެވެސް ގޮތަކުން އޭތި ޚަރަދު ނުކޮއްލައި ނުތިބެވޭދޯ. ބަލަ މުސްކުޅިންނަކީ އުމުރެގެ ވަކިހިސާބަށް ދިޔާމައި ހޮސްޕިޓަލުން ޑީއެންއާރުވެސް ނަގާބައެއް. ތިއަށްވުރެ މާރަގަޅުވާނެ އުމުރުން ދޮށީމީހުންނަށް ހޮސްޕިޓަލުން ފަސޭހައިން ޑޮކްޓަރަށް ދެއްކޭ ނިޒާމެއް ގާއިމުކުރިއްޔާ، މިހާރު ވާގޮތަކީ ޚައްސަޑޮކްޓަރަކަށް ދައްކަން މަސްދުވަސް އެބަނަގާ، ހަލުބޮޑުވެގެން އައިސީޔޫއަށް ގެންދިޔާމަ އެތަނުން ޑޮކްޓަރާ ދިމާވަނީ
ހީހީ ސުލީހް
26 June 2025
ތިހެންކިޔާފަދެން ތިވެސް ހުސްކޮށްލާ. އާސަންދަވެސް ދެނީ ނަމެއްގަ. މިހާރަކު އެލިބޭމީހަކު ނޫޅޭ