ރިޕޯޓް

ޓޫރިޒަމްގެ ހުރިހާ ޑޮލަރެއް ބޭންކަށް މާރުނުކޮށް މިކަން ވާނެތަ؟

ފައިސާ މާރު ކުރަން ހާއްސަ ތަނެއް. އެތަންތަނުން ވެސް ލިބެނީ ކަޅު ބާޒާރުގެ ރޭޓުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުން ގޮސް އެންމެ ފަހުން ވަނީ 20ރ. އިން މައްޗަށް އުފުލިފަ އެވެ. މިއީ ކޮވިޑަށް ފަހު ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލުނު އެއް ދުވަސްވަރެވެ. ދޭތެރެއަކުން ކުޑަ ވެއްޓުމެއް އަޔަސް، މިދިޔަ ދެ އަހަރެއްހާ ދުވަހު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ އެވްރެޖްކޮށް 18-19ރ. އާ ދެމެދުގަ އެވެ. އެއީ ދިވެހި ރުފިޔާގެ ރަސްމީ މާރުކުރާ ރޭޓު 15.42ރ. އަށް ވުރެ 3-4ރ. ބޮޑު އަދަދެކެވެ.

ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގައުމީ ބޭންކު، ބީއެމްއެލް އިން ވެސް ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުގެ ޑޮލަރުގެ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްފަ އެވެ. އާންމުކޮށް ދިވެހިން ވިޔަފާރި ކުރާ ވެބްސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ވެސް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން އާންމުންނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނަސް އެއީ ކަޅުބާޒާރުގައި މިހާރު އޮތް ޕްރެޝަރު އެއްކޮށް ނައްތާލެވޭނެ ފިޔަވަޅުތަކެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެކަމަކު، މި ހާލަތު ބަދަލު ނުވަނީ ކީއްވެ ހެއްޔެވެ؟ އެމްއެމްއޭ އިން މި އަހަރު ކުރީކޮޅު ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހަދައިގެން ވެސް ޑޮލަރަށް ޖެހިފައި އޮތް އޮތުމަށް ލުޔެއް ނާންނަނީ ހެއްޔެވެ؟ ޑޮލަރުގެ އަގު އުފުލެމުން މިދަނީ އިގުތިސާދީ ކޮން މައްސަލައަކާ ހެދި ހެއްޔެވެ؟

ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބިނާވެފައިވާއިރު، އެ ދާއިރާގައި ޑޮލަރުގެ މުއާމަލާތްތައް މުޅިން ހެން ހިންގަނީ ޑޮލަރުންނެވެ. އެކަމަކު، އިމްޕޯޓަށް އެހާ ބޮޑަށް ބަރޯސާވެ، ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް އެއާ ނުއްބަދަލެވެ. އެހެންވެ، ޑޮލަރުގެ ޑިމާންޑަށް ދުވަހަކު ވެސް އަދި ލުޔެއް ނުފެނެ އެވެ.

އެމްއެމްއޭގެ ފިޔަވަޅުތަކުން ޑޮލަރުގެ ކަޅުބާޒާރަށް އައީ ކޮން ލުޔެއް؟

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތިން ކެޓަގަރީއެއްގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކުގައި ވަކި އަދަދެއް މާރުކުރަން ކަނޑައެޅި އެވެ. އޭގައި ވަނީ ޓޫރިސްޓުންގެ ބޮލަކަށް ވަކި ވަރެއް ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެކެވެ.

ޗާންދަނީ މަގުގައި ފައިސާ މާރުކުރާ ތަނެއް. އެމްއެމްއޭގެ ގަވައިދަށް އަމަލު ކުރި ނަމަވެސް، ޑޮލަރުގެ ޕްރެޝާ ކުޑައެއް ނުކުރެވުނު -- ފޮޓޯ:ނިޝާން އަލީ / މިހާރު

މާލީ ދާއިރާގެ ތަޖުރިބާކާރު ދެކެވަޑައިގަންނަވާ ގޮތުގައި، މަރުކަޒީ ބޭންކުން އެ ފިޔަވަޅުތައް އެޅީ އެންމެ ފުރިހަމައަށް ރާއްޖޭގެ ޑޮލަރުގެ ހާލަތު ދިރާސާ ނުކޮށެވެ. އޭނާ ވިދާޅުވީ، އެފަދަ ކަމެއް ކުރާ އިރު އޮފް ސީޒަނުގައި ޓޫރިޒަމް ދާއިރާ އަށް ވަންނަ ޑޮލަރުގެ ހިސާބުތައް ހޯދައި އެ ކަންކަން ބެލުން ނަމަ އޭރު އެޅި ކުއްލި ފިޔަވަޅުތައް އިތުރަށް ރަނގަޅު ކުރެވުނީސް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފިޔަވަޅުތަކުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނީ ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް ކަމަށާއި ޑޮލަރުގެ މުޅި މައްސަލަ ރަނގަޅު ކުރުމަށް އެމްއެމްއޭ އަށް ވެސް މިވަގުތު އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ.

"ގެނައި ސޮލިއުޝަނަކީ [ބޭރު ފައިސާއާ ބެހޭ ގާނޫނު] ރޭޓު ރަނގަޅު ކުރަން ގެންނަ ބަދަލަކަށް ވުރެ ބޮޑަށް ސަރުކާރުގެ ދަރަނިތަކާއި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް. މިސާލަކަށް ފައިނޭންސިން ނުލިބޭތީ އެޅި ފިޔަވަޅެއް އެއީ. އެކަން ކުރެވުނަސް ރޭޓަށް ހަމަ ނޭދެވޭ އަސަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭއިން އެފަދަ ފިޔަވަޅެއް އަޅާއިރު އެވްރެޖުކޮށް ރެޔަކަށް ޑޮލަރު ވަންނަ ވަރު ދިރާސާކުރެވެން ވާނެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވީ، ގާނޫނު ހެދި އިރު ޓޫރިޒަމް ދާއިރާގެ ހިދުމަތްދޭ ތަންތަނަށް ވަންނަ "އެވްރެޖް ޑެއިލީ ޑޮލަރުގެ އާމްދަނީ" ގެ ތަފްސީލުތައް އެމްއެމްއޭގައި ނެތް ކަމަށެވެ.

ޗާންދަނީ މަގުގައި ފައިސާ މާރުކުރާ ތަނެއް. މިވަގުތު ޑޮލަރުގެ އަގު އުޅެނީ 20ރ. އިން މަތީގައި -- ފޮޓޯ:ނިޝާން އަލީ / މިހާރު

"އިތުރު އެއް ކަމެއް ވެސް ފާހަގަކުރެވޭ އެއީ މިހާރު އެބަ ދެއްކެވޭ ސަރުކާރުން އަނެއްކާ ވެސް ރުފިޔާގެ ޗަންކެއް ހޯދަފާނެއޭ. ދެއްކެވުނުތާ އެމްއެމްއޭ މެދުވެރިކޮށް ހުޅުމާލެ އިން ބިމެއް ގަންނަ ވާހަކަ ވެސް. އެކަހަލަ ކަމެއް ވެސް ކޮށްފާނެތީ ކަންނޭނެ ޕްރެޝާ އެހާ ބޮޑުވެފައި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އިގްތިސާދުގައި ރުފިޔާ ގިނަ ވާ ވަރަކަށް ޑޮލަރަށް އަންނަ ޑިމާންޑު އިތުރުވާނެ އެވެ. އެހެންވެ، އެފަދަ މަންޒަރުތައް ފެންނަ ވަރަކަށް ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އިތުރަށް އުފުލޭނެ ކަމަށް ބެލެވެ އެވެ.

ރިސޯޓުތަކުން އަދިވެސް ކަޅު ބާޒާރުން ހޯދަނީ ފައިދާ

ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓު ހައުސް ފަދަ ތަންތަނުން ބޭނުންކުތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭ އަށް ނަގަން ނިންމީ މިދިޔަ މެއި މަހުގަ އެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ ވެސް، ދައުލަތުން ޑޮލަރުން ކުރަން ޖެހޭ މުއާމަލާތްތައް ގިނަވެ، އެކަމަށް ކޭޓާ ކުރުމަށެވެ. ދައުލަތުން މި އަހަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު، އެއް ބިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެކަމުގެ އިތުރަށް ތެލުގެ ހަރަދުތަކަށް ވެސް ކޮންމެ މަހަކު ޑޮލަރު ބޭނުންވެ އެވެ.

އެބައެގޭ ޑޮލަރުންކަން އެއްކޮށް އާމްދަނީ މި ލިބެނީ. އެކަމަކު ހަމައެކަނި މި ނެގީ އޭގެ އެއްބައި. އެންމެ ބައެއް ނެގީމަ އަނެއްބައި ލިބޭ ޕްރޮފިޓް އިތުރު ކުރަން ދޯ ވިސްނާނީ. ކުރިން މިސާލަކަށް އެއް މިލިއަން ޑޮލަރު ކަޅު ބާޒާރަށް ވައްދާ ބަޔަކު، މިހާރު 20 ޕަސެންޓް ބޭންކްތަކަށް މާރުކުރީމަ ދެ ލައްކަ ޑޮލަރު އެ ގެއްލުނީތާ. އެހެންވީމަ ބާކީ އޮތް އަށް ލައްކަ ޑޮލަރު ވިއްކަން ބޭނުންވާނީ އެއްކަލަ އެއް މިލިއަން ޑޮލަރުން ލިބުނު ފައިދާއަށްތާ،"

މައްސަލައިގެ ހައްސާސް ކަމުން ނަން ހާމަ ކުރަން ބޭނުން ނުވާ މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ޑޮލަރު މާރުކުރަން ފެށި ފަހުން، ބޭންކުތަކާ އެކު ބައެއް ރިސޯޓުތަކުން ޑީލްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ރިސޯޓަކުން ޖަމާކުރާ ފައިސާ އަނބުރާ ލިބޭނެ ފަދަ ގޮތްތަކެއް އޮތީ ޕްލޭން ކޮށްފަ އެވެ. އެކަމަކު އެމްއެމްއޭއިން މާރުކުރާ އަދަދުގެ 90 ޕަސެންޓު ނަގަން ފެށުމުން އެކަން ވެސް އޮތީ ހުއްޓިފަ އެވެ.

ޑޮލަރުގެ ކަޅުބާޒާރުގެ އެންމެ ބޮޑު ނަފާވެރިންނަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނެވެ. އެ ވިޔަފާރިތަކުގެ 20 ޕަސެންޓު މާރުކުރަން ފެށުމުން ބާކީ 80 ޕަސެންޓު އާމްދަނީ ކަޅުބާޒާރުން މާރުކޮށް އެ އިން ފައިދާ ހޯދޭނެ ފުރުސަތު އެ ވިޔަފާރިތަކަށް އެބަ އޮތެވެ.

ޑޮލަރު މާރު ކުރުމުގެ ވިޔަފާރި ކުރާތަނެއް. ރާއްޖޭގައި ޑޮލަރު މާރުކުރާ މީހުންގެ ތެރެއިން އަގު ކޮންޓްރޯލު ކުރަނީ، މަދު ވިޔަފާރިތަކަކުން- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެބަ އެނގޭ ޑޮލަރުންކަން އެއްކޮށް އާމްދަނީ މިލިބެނީ. އެކަމަކު ހަމައެކަނި މި ނެގީ އޭގެ އެއްބައި. އެންމެ ބައެއް ނެގީމާ އަނެއް ބައި ލިބޭ ޕްރޮފިޓް އިތުރު ކުރަން ދޯ ވިސްނާނީ. ކުރިން މިސާލަކަށް އެއް މިލިއަން ޑޮލަރު ކަޅުބާޒާރަށް ވައްދާ ބަޔަކު، މިހާރު 20 ޕަސެންޓް ބޭންކްތަކަށް މާރުކުރީމަ ދެ ލައްކަ ޑޮލަރު އެ ގެއްލުނީތާ. އެހެންވީމަ ބާކީ އޮތް އަށް ލައްކަ ޑޮލަރު ވިއްކަން ބޭނުންވާނީ އެއްކަލަ އެއް މިލިއަން ޑޮލަރުން ލިބުނު ފައިދާއަށްތާ،" ތަފުސީލާ އެކު އޭނާ ވިދާޅުވި އެވެ.

މިއީ ވެސް ޑޮލަރުގެ ކަޅުބާޒާރު އޮޕަރޭޓު ކުރާ މައި ވިޔަފާރިތަކުން ގެންގުޅޭ އުކުޅެކެވެ. އެހެންވެ، ކަޅުބާޒާރުގެ ރޭޓުތައް ބޮޑުކޮށް ބަހައްޓައިގެން ޕްރޮފިޓް މެއިންޓެއިން ކުރަން ވިޔަފާރިތަކުން މަސައްކަތް ކުރާ ކަމަށް އެ ދާއިރާ ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. އެކަން ހައްލުވާނީ ރިސޯޓުތަކަށް ލިބޭ ހުރިހާ ޑޮލަރެއް ބޭންކުތަކަށް މާރުކުރަން ފެށުމުންނެވެ.

"ޓޫރިޒަމަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަންވީ. އެކަމަކު އޭރުން ވަރަށް ބޮޑެތި ޕޮލިޓިކަލް ޕްރެޝާ އަންނާނެ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން. މަޓީގެ ފަރާތުން. މިހާރު ވެސް މަޓީން ވަރަށް ހިތްހަމަނުޖެހިފަތާ ތިބެނީ. އެކަމަކު މިހާރު މިއޮތީ ވަރަށް ހާފް ފޭޒް ސޮލިއުޝަނެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޮލަރުގެ ރިސޯޓުތަކަށް ވަންނަ ހުރިހާ ޑޮލަރެއް މާރުކުރުމުން، ކަޅުބާޒާރަށް އެ ތަންތަނުން އިންޖެކްޓް ކުރާ ވަރު ހުއްޓޭނެ ކަމަށެވެ. އެއިރުން ރާއްޖޭގެ ކަޅުބާޒާރުގައި އެއްކޮށް ނެތިގެންދާނެ އެވެ. ޑޮލަރުގެ ހުރިހާ މުއާމަލާތްތަކެއް ރަސްމީ ޗެނަލްތަކުން ނުވަތަ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވެ، އާންމުންގެ ބޭނުންތަކަށް ޑޮލަރު އެ ނިޒާމުގެ ތެރެއިން ލިބެން ފަށާނެ އެވެ.

ޕީކް ސީޒަނުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ފެނިދާނެ

ޑޮލަރުގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ވިދާޅުވީ، އެހާ ބޮޑަށް ޑޮލަރުގެ އަގު އުފުލުނީ، ޓޫރިޒަމް ހީނަރުވެފައިވާތީ ކަމަށެވެ. މިއީ، އޮޕް ފީކް ދުވަސްވަރު ކަމަށާއި އެއާ އެކު ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ސްޓައިލަށް ވެސް ބޮޑު ބަދަލެއް ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ

"އަންނަ ޓޫރިސްޓުންވެސް މާބޮޑު އެއްޗެއް ހަރަދެއް ނުކުރޭ. ހަނގުރާމަ އާއި ދުނިޔޭގެ އިގްތިސާދީ ހީނަރުކަމާ އެކު ވާ ކަމެއްގެ ގޮތަށް ފެންނަނީ. އަނެއްކޮޅުން މިހާރު ރާއްޖޭގެ އެތެރޭގެ ވިޔަފާރިތައް ވެސް ވަރަށް ބޮޑަށް ހީނަރުވެފައިވަނީ. އެހެންވެ، ޑޮލަރުގެ މައްސަލަ އިތުރަށް ބޮޑުވާތަން ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކަށް ވެސް ޓޫރިސްޓުން އަންނަ ވަރު ވަނީ މި ދުވަސްކޮޅު ދަށްވެފަ އެވެ. އެހެންވެ، އާންމުކޮށް ރަށްރަށުގައި ވެސް ދައުރުވާ ޑޮލަރުގެ އަދަދުތައް މިހާރު ދަށްކަން ފާހަގަކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑޮލަރުގެ އަގު އަނެއްކާ ވެސް އޮކްޓޫބަރު ހިސާބުން ފެށިގެން 18ރ. އަށް ތިރިވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެ އަށް ވުރެ އަގު ދަށްވާނެ މަންޒަރު ނުފެންނަ ކަމަށެވެ.

އެމްއެމްއޭއިން އިންޖެކްޓް ކުރާ ޑޮލަރުގެ ތަފްސީލު

އަސްލު ހައްލު ފެންނާނީ ކަރެންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓު ޑެފިސިޓް ކުޑަކޮށްގެން

މިއީ މައްސަލަ ފެށުނު ހިސާބެވެ. ޑޮލަރުގެ ޕްރެޝަރު އެހާ ބޮޑަށް އިތުރުވާ އެންމެ ބޮޑު ސަބަބަކީ، ދިވެހި ރުފިޔާ އިގްތިސާދުގައި އިތުރުވެ، އިގްތިސާދަށް ނުކަތާވަރަށް ޑޮލަރު ބޭނުންވެ، ޑޮލަރު ފަހާ ދުވަން ޖެހުމެވެ.

މާލީ ތަޖުރިބާކާރަކު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމުން މިހާރު އޮތް ޕްރެޝަރަށް ލުއިތަކެއް ލިބުނަސް އަސްލު މައްސަލައަށް ހައްލެއް ނުހޯދޭހާ ހިދަކު އަނެއްކާ ވެސް މީގެ ދެތިން އަހަރު ފަހުން، އެ ޕްރެޝަރު އިގްތިސާދުން ފެންނާނެ ކަމަށެވެ.

"އަލްޓިމޭޓް ސޮލިއުޝަނަކީ ޑެފިސިޓްތައް ކުޑަކުރުން. އަދި މަޑުމަޑުން ދިވެހި ރުފިޔާ އިގްތިސާދުގައި އުޅޭ ވަރު މަދުކުރުން،" އޭނާ ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވެ ބޮޑުވަމުން ދާ މަންޒަރު އެންމެ ފަސޭހައިން ފެންނާނީ އެމްއެމްއޭއިން ބޭންކުތަކާއި އިގްތިސާދަށް އިންޖެކްޓް ކުރާ ޑޮލަރުގެ އަދަދުންނެވެ. މިދިޔަ އަހަރު ވެސް އެ ބޭންކުން އެއް ބިލިއަން ޑޮލަރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކްތަކަށް ޖަމާކޮށްފައިވެ އެވެ. އެކަންކަމަށް ކޭޓާ ކުރުމަށް ޑޮލަރު އިތުރަށް ބޭނުންވެ އެވެ. އެކަމަަށް ހައްލެއް ހޯދޭނީ، ޑޮލަރުގެ ޑިމާންޑް ކުޑަވާނެ ގޮތަކަށް ސިޔާސަތުތައް އެކުލަވައިލައިގެންނެވެ.

ސަރުކާރުން މިހާރު ކުރާ އެއް ކަމަކީ، މަޝްރޫއުތައް ވެސް މަޑުޖައްސާލުމެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 70 ޕަސެންޓު ދަށް ހަރަދެކެވެ. އެހާ ބޮޑަށް ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ދަށްކޮށްގެން ވެސް، ޑޮލަރުގެ ޕްރެޝަރު ކުޑަ ނުކުރެވުން އެއީ ބޮޑު މައްސަލައެއް ކަމަށް މާލީ ދާއިރާގެ ތަޖުރިިބާކާރުން ފާހަގަކުރެ އެވެ.

އެހެންވެ، އެކަމަށް ހައްލެއް ހޯދުމަށް ޑޮލަރަށް އޮތް ޑިމާންޑު އެއްކޮށް ނައްތާލަން ޖެހޭ ކަމަށް އެ ދާއިރާގެ ބޭފުޅުން ގަބޫލު ކުރެ އެވެ. އިގްތިސާދުގައި ހަރުލެއްވެން އޮތީ ޓޫރިޒަމް ދާއިރާއަށް ވަންނަ ހުރިހާ ފައިސާއެއް ބޭންކްތައް މެދުވެރިކޮށް މާރުކޮށްގެންނެވެ. އެއީ އެކަމަށް އޮތް އެއް ހައްލެވެ. އަނެއް ކަމަކީ، ސަރުކާރުން ބޭކާރު ހަރަދުތައް ކުޑަކޮށް، ޒިންމާދާރު ފިސްކަލް ނިޒާމެއް ގެންގުޅުމެވެ.

61 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

02 July 2025

ޑޮލަރު ވިއްކައިގެން އެންމެ ބޮޑު ފައިދާ އެއް ވަނީ ބަންގްލަދޭޝް މީހުންނަށެވެ. އެންމެ ގިނަ ކޭޝް ކާޑް ވެސް ގެން ގުޅެނީ އެމީހުންނެވެ. އެންމެ ގިނައިން ޓީޓީ ހަދަނީ ވެސް އެމީހުންނެވެ.

The name is already taken The name is available. Register?

އަސްދޫނި.

02 July 2025

ބަންގާޅު މީހުން ވިއްކަނީ ބޮސް އެމީހުންނާއި ޙަވާލު ކުރާ ޑޮލަރު. ބޮސް އަށް ޑޮލަރު ދެނީ ރިސޯޓް އޯނަރުން. ބޮސް އަށް 15 ލާރި ލާފައި ބޮސް ތިތަންތަނުން ޑޮލަރު ވިއްކަނީ.

The name is already taken The name is available. Register?

ދައިގަންނަގުރާ

02 July 2025

ޕެރަލަލް އެކްސްޗޭންޖަކީ އާ މައްސަލައެއް ނޫން. ގިނަ ރުފިޔާ މަދު ޑޮލަރަށް އެންބުރޭކަން އެނގެންޏާ މަރުކަޒީ ބޭންކުން އެކަމަށް ފިޔަވަޅު އަޅާ އެކްސްޗޭންޖް ރޭޓު މަތިކޮށްބަލަ. އަމިއްލަ މީހުން އަތުގަ އެނބުރޭ ޑޮލަރުތައް އަތުލާބަލަ. އެޔަކީ އެނބުރެން ޖެހޭ އެއްޗެއް ނޫން.

The name is already taken The name is available. Register?

އަސަރަފަ

02 July 2025

ރައީސް ޔާމިން ވެރިކަމަށްލާފަ އެސޮރަށްދީ 2 އަހަރު. ޔަގީން މިމައްސަލަ ހައްލު ކުރާނެކަން

The name is already taken The name is available. Register?

ބާކީން

02 July 2025

އިންޑިޔާއަށް ގެންދާ ބޭރު ފައިސާ ބޭންކުން މާރުކުރަން ޖެހުނު ދުވަސްވަރެއް އައެވެ. ބެންކުން މާރު ކުރިކަމުގެ ރަސީދު ހުންނަން ޖެހެއެވެ. ކަސްޓަމުން މިތަކެތި ބަލައެވެ. އަނބުރައި ދާއިރު ހުންނަ އިންޑިޔާ ފައިސާ ، ޑޮލަރަށް ހަދައިދެނީ މި ރަސީދުތައް ދެއްކީމައެވެ.

The name is already taken The name is available. Register?

ހުސިންތަ

01 July 2025

ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާ މީހުންނަށް ރުޕީސް އަދި ބަންގްލަދޭޝަން މީހުންނަށް ޓާކާ ކަރަންސީ ދިވެހި ރުފިޔާއާއި ސްވޮޕްކުރެވޭނެ ގޮތެއް ވިޔަސް އެއީ ޑޮލަރުގެ ޑިމާންޑު ދަށްކޮއްލާނެ ކަމެއް. މިސާލަކަށް ރާއްޖޭގައި އުޅޭ ދެލައްކަ ބިދޭސީ މަހަކު 200 ޑޮލަރުގެ ރޭޓުން އެމީހުން ގައުމަށް ފައިސާ ފޮނުވިޔަސް އެއީ މަހަކު 60 މިލިއަން ޑޮލަރު

The name is already taken The name is available. Register?

ޕޭޕަލޭ

01 July 2025

ޕޭޕަލް ރާއްޖެ ގެންނަނިކޮށް އާންމު ދިވެހިންނަށް ޑޮލަރު ލިބެން ފަށާނެ. އޭރަށްވެސް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނެ. މިހާރު ޑޮލަރު ލިބެނީ ރިސޯޓް އޯނަރުންނަށް. ނޫނީ ރިސޯޓްތަކުގައި މަސައްކަތްކުރާ ބަޔަކަށް އެކަނި

The name is already taken The name is available. Register?

އައިފާން

01 July 2025

ރައީސް ޔާމީން ޑޮލަރުގެ މައްސަލަ ހައްލު ކުރި ގޮތް އިނގޭ މީހަކު ހުރިއްޔާ ކިޔާދީބަލަ

The name is already taken The name is available. Register?

ވަލުދުނިޔެ

01 July 2025

ދައިލަތުގެ ފައިސާއަކީ ދިވެހި ރުފިޔާއޭކިޔޭގެން ހެދި ގަވައިދު ރަނގަޅަށް ތަންފީޒުނުކުރާތާ އަހަރުތަކެއްވެއްޖެ. އެވެސް އޮތީ ބޮޑުބާގަނޑެއްލާފައި. އެކަން ރަނގަޅު ކުރެވޭނެ ސަރުކާރެއް ހިޔެއްނުވެ އުމުރުގަ ފެންނާނެހެން.

The name is already taken The name is available. Register?

ތެފައާސާ.

01 July 2025

"....އަނެއް ކަމަކީ، ސަރުކާރުން ބޭކާރު ހަރަދުތައް ކުޑަކޮށް، ޒިންމާދާރު ފިސްކަލް ނިޒާމެއް ގެންގުޅުމެވެ...." ހަހަހަހަހަ. މިކަން ކުރަން ބުނުމަށްވުރެ ރަނގަޅުވާނެ ހަނދު ބާލައިދޭން ބުންޏަސް.

The name is already taken The name is available. Register?

ނޯބަލް

01 July 2025

ރާއްޖެއަށް 200 ޑޮލަރުގެ މުސާރައަށް މަސައްކަތް ކުރަންއަންނަ ބިދޭސީ މީހާ މަހެއްގެ މައްޗަށް 3000 ޑޮލަރު ހޯދުނު ގޮތަކުން ހޯދައި ފޮނުވަމުންދާހާ ދުވަހަކު ތިޔަކަށް ހައްލެއް ނާންނާނެ، ބިދޭސީން އެމީހުންނަށް ކުރެވުނު ގޮތަކަށް ވިޔަފާރިކޮށް ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ލިމިޓެއްނެތި ގައުމަށް ފޮނުވޭހާ ދުވަހަކު ތިޔަ ޑޮލަރުގެ ކަޅުބާޒާރު ހުދެއް ނުވާނެ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454