އިމިގްރޭޝަނުން ހޯދަން އިއުލާންކުރި ލައުރާ:
01 ޖުލައި 2025 - 10:48
މޯލްޑިވްސް އިމިގްރޭޝަނުން ބަލަމުން އަންނަ މައްސަލައެއްގައި ކޮލަމްބިއާގެ އަންހެނަކު، އެ އިދާރާއަށް ހާޒިރުވާން އަންގައި ފޮޓޯ އާންމުކޮށްފި އެވެ.
އިމިގްރޭޝަނުން ހޯދަނީ އުމުރުން 35 އަހަރުގެ ލައުރާ މާސޭޑީސް ގުއެރާ އެސްކުއެދުރޯ އެވެ.
އިމިގްރޭޝަނުން ވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހެނދުނު 8:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާއަށް ހާޒިރުވާން އަންގައިފަ އެވެ.
އެހެންނަމަވެސް އެއީ ކޮން މައްސަލައެއްގައި ހޯދާ މީހެއް ކަމެއް ސާފެއް ނޫނެވެ.
⚠️ Notice to Appear pic.twitter.com/fS1B0hA8rv
— Maldives Immigration (@ImmigrationMV) July 1, 2025
އިމިގްރޭޝަނުން ވަނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެ އިދާރާއަށް ގުޅައިގެން އަންގައިދޭން ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
01 July 2025
މިމަންޖެހުރީ ރާއްޖޭގަތަ މޮޔަވެގެން ހާޒިރުވާންމިއަންގަނީ؟ ރާއްޖޭގައިހުރިނަމަ ހުރިތަނެއް އަދި ނެތްނަމަ ރާއްޖޭންބޭރުވިއިރެއްވެސް އިމިގުރޭޝަނަށްއެނގެންވާނެދޯ، ރާޢްޖޭގައިނެތްނަމަ ހާޒިރެއްނުވެސްކުރެވޭނެ ވާކަށްނުވެސްޖެހޭ
ޖައުފަރީއްޔާ
01 July 2025
ބަލަގަ ކޮލަމްބިޔާ މީހެއް މާލޭ އިމިގުރޭޝަން އޮފީހަށް އަންނަން އޭނަގެ ކޮލަމްބިޔާ-ރާއްޖެ ދެކޮޅު ޓިކެޓާ ހުރުމާ ކެއުންބުއިން ބަލަހައްޓަނީ ކޮންބަޔެއް... ރައްޔިތުންގެ ބައިތުލްމާލު އިސްރާފު ނުކުރޭ..
ތެނަދޫ ބައްޑާ
01 July 2025
ހަމަ އަސްލުކޮހެއް ހެހެހެ