ހަނި ގޯޅިއެއްގައި ހިންގާ ކުޑަ "ގޮޅިއެއް" ގައި ބިދޭސީއަކު ކަސްޓަމަރުންގެ އިންތިޒާރުގައި: މާލޭގެ ހުރިހާ ހަނި ގޯޅިއެއްގައި ވެސް އޮތީ މި "ގޮޅިތައް".---ފައިިލް ފޮޓޯ: މިހާރު
18 ޑިސެމްބަރ 2025 - 13:22
އެ ވާހަކަ ފައްޓަވަމުން ވެސް، ކަމުގެ ސީރިއަސްކަން ބޮޑުކަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހް ވިދާޅުވީ އެއީ އަޑުއަހަން އުނދަގޫ އެކަމަކު މިއަދު ރާއްޖޭގައި ކޮންމެ ދުވަހަކު ހިނގަމުންދާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ވަކި މަސައްކަތެއް ކުރަން ދިވެހިން އިސްވެ ތިބެ، ބިދޭސީން ގެނައުމަށް ފަހު، ދިވެހި މީހާ ބަދަލުވަނީ ފަސީހުގެ ބަހުން ނަމަ "މުސާރަވެރިއަކަށް" ނުވަތަ ބިދޭސީމީހާގެ "އެމްޕްލޯއީ" އަކަށެވެ. އެ ބިދޭސީން ކަމެއްގައި ބެދިއްޖެ ނަމަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން 6-10 ވަރަކަށް ވަކީލުން ވެސް ވަގުތުން ނުކުމެެ އެވެ.
ފަސީހު އެ ވިދާޅުވެދެއްވީ، ރާއްޖޭގައި ބިދޭސީންގެ ބާރާއި ނުފޫޒު އޮތް ވަރެވެ. ދިވެހިން އެ މީހުންނަށް އަޅުވެތިވެފައިވާ މިންވަރެވެ.
މާލޭގެ އެކިއެކި ކަންމަތިތަކުގައި ކުދިކުދި ކެފޭތަކާއި ފިހާރަތައް ގިނަވާ މައިގަނޑު ސަބަބަކީ އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި އެއީ އެވެ.
"ދިވެހި މީހާގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްދެނީ، ކަންމަތީ ފިހާރައިން ކެފޭތަކުން ފުރުޓްފިހާރައިން. އެ ވާހަކަތައް ރައްޔިތުން އެ ދައްކަނީ. ކިހިނެއްހޭ މިވަނީ؟ އެ މީހުންގެ [ބިދޭސީން] އެކައުންޓަށް ލާރި ވެސް ޖަމާވަނީ،" ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި މީޑިއާ ބްރީފިންގައި ފަސީހު ވިދާޅުވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު ފަސީހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެއީ މާލީ މަންފާއަކަށްޓަކައި ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިން ގަސްދުގައި ނުވަތަ އިހުމާލުން ކުރާ ކަމެކެވެ.
އެހެންވެ، އެ ޖަރީމާ ހިންގާ މީހުން ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހާއްސަ ތަހުގީގެއް ހިންގައި ދިވެހިންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ ކަންމަތީ ފިހާރަތަކާއި ފުރުޓް ފިހާރަތަށް ހިންގުމުގެ ފުރުސަތު ބިދޭސީންނަށް ނުދިނުމަށެވެ.
"ރާއްޖޭގައި އެބަހުރި ބޭރު މީހުންނާ އެކު ވިޔަފާރިި ކުރެވޭނެ ގޮތްތައް. އެ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރައްވާށޭ. އެހެން ނޫން ކަަމަށް ވަންޏާ މިނިސްޓަރު [އިހުސާން] ވިދާޅުވި ގޮތަށް ނުދައްކާ ލާރިއެއް ވެސް. މީރާއަކަށް ވެސް ނުދައްކާ ލާރިއެއް. ބައެއް ތަންތަން ހުރޭ ވިޔަފާރި ކުރަން ރަޖިސްޓަރީ ނުކޮށް ވެސް،" ފަސީހު ވިދާޅުވި އެވެ.
ދިވެހިންގެ ނިވަލުގައި ކަންމަތީ ފިހާރަތައް ހިންގާ ބިދޭސީން ރާއްޖޭގައި "ބާރުގަދަކަން" ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ، އެއިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި ނަމަ ހައެއްކަ ގާނޫނީ ވަކީލުން ހިލޭސާބަހަށް މަސައްކަތް ކޮށްދޭން ބޭނުންވެގެން ދާ ކަމަށެވެ.
"އެކަމަކު ފުލުހުން މީހަކު ހައްޔަރަށް ގެންގޮސްފިއްޔާ ވިއްސަކަށް ހާސް ރުފިޔާ އިނީޝިއަލީ ދީގެން ދާނީ ވެސް. ބިދޭސީމީހަކު ހައްޔަރަށް ގެންގޮސްފިއްޔާ އެބަ އާދޭ ހިލޭ ސާބަހަށް 10 ވަރަކަށް މީހުން [ގާނޫނީ ވަކީލުން] ހައެއްކަ މީހުން. އެ އިން މި ދައްކައިދެނީ މިކަމުގެ ރޫޓުލާފައި އޮތް ވަރު. މި މީހުން ވިޔަފާރިތެރެއަށް އޮތް ވަރު. މި މީހުންގެ މުއްްސަނދިކަން. މި މީހުންގެ އެކައުންޓުގައި ލާރި ހުރި ވަރު،" ބިދޭސީންގެ އާރާއިބާރު ރާއްޖޭގައި އޮތް ވަރު ހާމަކޮށްދެއްވުމުގެ ގޮތުން ފަސީހު ވިދާޅުވި އެވެ.
ބިދޭސީން އިސްވެ މާލޭގައި ހިންގާ "ގޮޅިއެއް"
މާލޭގެ އެކިއެކި ގޯޅިތަކުގައި ހާއްސަ ކުދިކުދި ގޯޅިތަކުގައި "ގޮޅިތައް" ހަދައިގެން ބިދޭސީން ވިޔަފާރިކުރާ މައްސަލަ އިންތިހާ އަށް ބޮޑުވެ، އެކަމުގެ ޝަކުވާ ދިވެހި ވިޔަފާރިވެރިން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން މިހާރު ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން މިޔަ ނޮވެމްބަރު 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކެކެކެކެކެކެކެ
18 December 2025
ދިވެހިން މިހާރު ތިބީ ސިޔާސީ މީހުންގެ އަޅުންނަށް ވެފަ! ޕަކާސް! ތިބޭޅާ އަށް އޮޅިގެން ތި އުޅުއްވަނީ!
މީވަކީލެއް1
18 December 2025
ބިދޭސީއެއް ބަންދުކުރާއިރަށް ކޮންމެފަހަރަކު ދިހަބާރަ ވަކީލުން ހިލޭސާބަހަކަށް ނުދާނެ. ކަށަވަރު ކަމެއް. މައްސަލަަތަކެއް އޮތްކަމުގައިވިޔަސް ޙަޤީޤަތާ ޚިލާފަށް ބޮޑުކޮށްލުމަކީ ރަނގަގުގޮތެއް ނޫން. ކިތަންމެ ބިދޭސީއެއް ބަންދުކޮށް ޑިޕޯޓުކޮށްފައި އެބަހުރި. ޑިޓެންޝަންގައިވެސް އެތައް ދުވަހަކު ބައިތިއްބާފައި އެބަތިބި. ނުދޭ ދިހަބާރަ ވަކީލުންނެއް.
ސަންޑޭ
18 December 2025
ހެންވޭރު ކޮޅުގައި ހުންނަ ފޮޓޯ ކޮޕީ ނަގާ ތަނެކެވެ. ދެތިން އަހަރު ދިވެހި ކުދިން ލައިގެން ކެއްކޮށްލެވޭތޯ ވެރިޔާ ވަރަށް މަސައްކަތްކުރި.. އެންމެފަހުން ގޮތް ހުސްވެގެން ތޯއްޗެވެ. މިދިޔަ ހަފްތާގައި މިފެނުނީ ނޭޕާލު ހިސާބުގެ ސޮރެއް ކައުންޓަރުގައި އިން ތަން.
ސިޑު
18 December 2025
އެއީ އެމީހުންގެ ކުށެއްނޫން އެއީ މި ގައުމާއި ހަވާލުވެގެން އެވަގުތަކު ތިބޭބައެއްގެ ދޯދިޔާކަން.
ބޮނދ
18 December 2025
މީ މިހާރު ދިވެހިންގެ ރާއްޖެ އެއްނޫން... މީ ބޮނދުންގެ ރާއްޖެ. ނޭޕާލީންގެ ރާއްޖެ.
އަބްޑޫޅް +
18 December 2025
އަހުރެމެންގެ ފަސީހު ފަދަ، ވަޒަން ދެކިވަޑައިގެން ލޯބިފުޅުވާ ބޭފުޅުން ތިއްބެވީމައޭ މިކަހަލަ ކަންތައް މި ފަޅާ އަރަނީ. އައްސަރިބަހާއި ސާބަސްފުޅު. މި މީހުންގެ މަތީ އިށީނދެވަޑައިގަނޭ. ކުރިއަށް ވަޑައިގަނޭ.
ބައޯކަލޯ
18 December 2025
ވިކްޓިމްކާޑު ނުކުޅެ ލެވުނުހާ ބާރެއްލާފާ މިކަން ނިންމާލަބަލަ. ފެންނަނީ ކޮންމެފަހަރަކުވެސް ޖަމަލުފޮޑިއަކުން ނިންމާލާތަން.
ޣަޓޭ
18 December 2025
ނެކްސްޓު ޖޯކު ޕުލީޒް.
ލަމްޖީނާ
18 December 2025
އ!ގެގޭގަ ގެންގުޅޭ މެއިޑުންވެސް މުސާރަ ކަނޑައަޅަނީ އަމިއްލަ އަށް. ނުވިތާކަށް ފަރިއްކޮޅާއި، އޭސީ ރޫމް އެއް އެކަނި ހުންނަން ޑިމާންޑް ކުރޭ. ބިދޭސިން ގެނަސްދޭ ދިވެހި އެޖެންޓެއް ގާތު މީހަކު ހޯދަން އެދުނީމަ ބުނީ ސިންގަލް އަކޮމެޑޭޝަން ދޭން ޖެހޭނޯ. އޭސީ ރުމް އެޓޭޗް ފާޚާނަ. 350 ޑޮލަރ މުސާރަ އަދި ޕްކެޓް މަނީ 500 ރުފިޔަ. އޭގެ އިތުރުން އޭނާގެ ކެއުމަށް ތަރުކާރީ އާއި ކުކުޅާއި، މުގުގެ ބާވަތް ތައް ލިބެންވާނޯ. މުސާރަ ދޭން ޖެހެނީ ޑޮލަރުން ނޮ.
ކުކުޅު މާ
18 December 2025
ސޭމް އެކްސްޕީރިައަސް
ޞިދޭސީ
18 December 2025
ކުރިކީލަ މަގު، މައްޗަންގޮޅި ނިކަން އައިސް ޗެކްކޮއްލަބަލަ…