ހުޅުމާލެ 2 ގައި އަލަށް އަޅާ ޝަހީދު އަލީ ސްކޫލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވަޑައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
03 ޖުލައި 2025 - 19:21
ހުޅުމާލެ 2 ގައި އިމާރާތް ކުރަމުންދާ އާ ސްކޫލް ކަމަށްވާ ޝަހީދު އަލީ ސްކޫލުން 500 އަށް ވުރެ ގިނަ ކުދިންގެ ޖާގައަށް މިހާތަނަށް އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދުގެ އެކި ސްކޫލްތަކުގައި ކިޔަވަމުންދާ ކުދިންނަށް އެ ސްކޫލުން ޖާގައަށް ހުޅުވާލީ މިދިޔަ މަހު އެވެ. އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން 800 އަށްވުރެ ގިނަ ކުދިން ހުޅުމާލެ ފޭސް 1 އަދި މާލޭގެ ސްކޫލުތަކުގައި ކިޔަވަމުންދާ ކަމަށެވެ.
އެ ދަރިވަރުންގެ ތެރެއިން އާ ސްކޫލަށް 525 ކުދިން ބަދަލުކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި އަލަށް އަޅާ ސްކޫލު: އެ ސްކޫލަށް ދީފައިވާ ނަމަކީ ޝަހީދު އަލީ ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި މިހާރު އިމާރާތް ކުރަމުން އަންނަ އާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިމި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭނެ އެ ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔަވައިދޭ ސްކޫލެކެވެ. ނަމަވެސް މިނިސްޓްރީން ނިންމާފައިވަނީ އާ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލު ކުރުމަށެވެ. އެއީ ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، އެ ކުއްޖެއްގެ ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
ހުޅުމާލެ 2 ގައި އަލަށް އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމާއި އޮޑިޓޯރިއަމް އަދި ލައިބްރަރީ އާއި 20 ކުދިންގެ ޖާގައިގެން ތިން ލިފްޓު ވެސް ހުންނާނެ އެވެ.
މިހާރު ހުޅުމާލެ 2 ގައި ހުރިހާ ގްރޭޑެއްގައި ކިޔަވައިދެނީ ހަމައެކަނި ސަލާހުއްދީން ސްކޫލުގަ އެވެ.
ހުޅުމާލެ އަށް މިހާރު ވެސް އިތުރު ހަތް ސްކޫލް ބޭނުންވާ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެލި
04 July 2025
3000 ކުދިންގެ ޖާގައޮތް ސްކޫލަކަށް 500 ކުދިން ވަންނަން އެދުމުން ދޭހަވާ ކަންކަން އެނަލައިޒް ކުރަންޖެހެއެވެ.
ދެރަ
04 July 2025
މި ސަރުކާރުން އިއްޒުއްދީން ސްކޫލް ނަމާއި އެކު އުވާލި ގޮތަށް ދެން އަންނަ ބަޔަކު، ތިޔަ ސްކޫލްގެ ނަން އުވާނުލައިފިއްޔާ ރަނގަޅު، އިއްޒުއްދީނު ސްކޫލުގައި ކިޔަވާ ވަޒީފާ އަދާކުރި މީހުން ލިޔުން ނަގާނީ ކިހިނެއް؟ ޢީޕީއެސް އެމްއީއެސްއަށް ވީ މިހެން، ދެރަ.... ޢިއްޒުއްދީނަކީ ދުވަސް ގަޑަކު ހިންގި ކުދިންނާ ބެލެނިވެރިން ލޯބިވީ ސްކޫލެއް. ޒާތީ ތައައްސުބުން އެއްކިބާވެ، އެތަނުގެ ނަމާއި ކުލަ ލޯގޯއާއި މޮޓޯ އާއި ފޭސް 2 ސްކޫލް ހުޅުވާނެނަމައޭ ހިތަށް އަރާ.
ޢަލްޓިކޯ
03 July 2025
ހަނދު ބެލިޔަސް ދީނީބަހެއް ބުންޔަސް އިލްމީ ބަހުސްއެއްކުރިޔަސް މިރާއްޖޭގަ އެއްމެ ފަރިތަ ނަމަކީ މައުމޫން އަދި ކޮބާ އެއްމެގިނަ އަހަރު ސުކޫލްކުދިން މަރުހަބާ ކިޔންނެރެ މަރުހަބާ ކިޔުވީ ވެސްމައުމޫން ހުޅުމާލެ ހިއްކީވެސް މައުމޫން
ސައިކް23
04 July 2025
ހުޅުމާލެ 2 ހިއްކީ ޔާމީނު.. އެ ބިންތައް ހިލޭ ބަހާ ހުސްކުރީ އެމްޑީޕީން… މައުމޫނު ހިއްކި ފޭސް 1. އިންވެސް ވެށި ފައްސޭ ކިޔާފަ އަންނި އެ ސަކަރާތް ޖެހި..
އޮނަރަބްލް އަފީފު ދީދީ
03 July 2025
ތިޔަ ސުކޫލުން ކިޔަވާ ކުދިން ސުކޫލްގެ ނަން ނިސްބަތްވަނީ ކާކަށްތޯ ބަލަން މާލޭގެ ވެރިކަމުގައި އެކިޒަމާން ތަކުގައި އުޅުނު ވެރިން ލިޔެފައިވާ ތާރީޙް ބަލާއިރު ތިޔަ މީހަކާއި ބެހޭގޮތުން ފޮތް ތަކުގައި ހުރި ވާހަކަ ޤަބޫލު ކުރާނެ އެއްވެސް ކުއްޖަކު ވާނެ ހެނެއް ހީއެއް ނުވޭ. އަލީ ރަސްގެފާނާއި، ދަންޑެހެލަކާއި އަދި ކޮންމެވެސް ރަންނަމާރިއެކޭ ކިޔާފައި ފޮތް ތަކުގައި ލިޔެފައި ހުރި ލިއުންތައް އިސްލާހު ނުކުރާނަމަ އެ ފޮތްތަކުގައި ހުރި ރަނގަޅު ވާހަކަ ވެސް ޤަބޫލު ނުކުރާނެ.
ރަހާރަތު
03 July 2025
ވަރަށް ގިނަ ސްކޫލުތަކާ ބިލްޑިންގު ތަކަށް ރާއްޖޭގައި ނަންދީފައިވަނީ ގައުމު ލޫޓުވި މީހުން ނުވަަތަ ގައުމަށް ޣައްދާރުވި މީހުންގެ ނަމުގައި. އަލިރަސްގެފާނަކީ އެފަދަބޭފުޅެއްނޫން
ބަލައިލަން
03 July 2025
އިސްމާއިލް ޝަފީއުގެ ޕީއެޗްޑީ ތީސިސް ލިބިދާނެތޯ ކިޔާލަން