ފޭސް2ގައި އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް އެޑިތުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަޑައިގެން: އަންނަ އަހަރުއެ ސްކޫޅޫޣާޢީ ކިޔަވައިދޭން ފަށާނެ--- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
24 މާޗް 2025 - 22:33
ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތް މި އަހަރު ނިންމައި، އަންނަ އަހަރުގެ ދިރާސީ އަހަރާއެކު އެ ތަނުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލު ކޮށްގެން އެ ސްކޫލްގެ ބިންގާ އަޅާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މާލެ ސަރަހައްދުގެ ޖާގަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ސްކޫލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރު މިއަދު ވަނީ ސައިޓަށް ޒިޔާރަތް ކުރައްވައިފަ އެވެ.
އެ ސްކޫލާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ސްކޫލުގެ އިމާރާތުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރުގައި ނިންމާލެވޭނެ ކަމަށެވެ.
ފޭސް2ގައި އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް އެޑިތުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަޑައިގެން--- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އަންނަ އަހަރުގެ ޖަނަވަރީ މަހު ފެށޭ ދިރާސީ އަހަރާއެކު އެ ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭނެ އެވެ. އެ ސްކޫލު ފަރުމާ ކޮށްފައި ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށެވެ. އެއްހާސް ހަތްސަތޭކަ އަށްވުރެ ގިނަ ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެެވޭ ގޮތަށް އަޅާ އެ ސްކޫލުގައި 57 ކްލާސްރޫމު ހުންނާނެ އެވެ.
މުޅިން އާ ދެ ސްކޫލެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައި އެވެ. އެކަމަކު އެ ސްކޫލު އިމާރާތް ކުރާނެ ވަކި ތަނެއް އަދި ނުނިންމާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް 1 ގައި ޕޮލްކޯ އާއި ސިފްކޯ އަދި ރެއިންބޯގެ ފްލެޓްތައް ވެސް އިމާރާތް ކޮށްފައި ހުރުމުން އެތަަނަށް ވެސް ސްކޫލެއް އެބަ ބޭނުންވެ އެވެ. އެހެންވެ، މިހާރު ހިޔާލު ހުރީ ހުޅުމާލެ 1 ގައި ސްކޫލަކާއި ހުޅުމާލެ 2 ގައި ސްކޫލެއް އިމާރާތް ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
25 March 2025
މި އަހަރަށް 2025 ސުކޫލުތައް ހުޅުވާއިރު ޙާއްސަކޮން މާލޭ އޭރިއާގެ ސުކޫލުތައް އޭ.ސީ ކުރާނެ ވާހަކަވެސް ކުރިން ކީ. މިހާރު ނޫހުން ބަލާލަ ދީބަލަ އެކަން އޮތް ހިސާބެއް.
އިހްސާސް
25 March 2025
ކޮބާ 11 އަދި 12
ފެކްޓަރ
25 March 2025
ކުރީ ސަރުކާރު ދޯ. ދެން ބިންގާ 2023 ޑިސެންބަރުގައި އެޅިޔަސް. ސައިޓު ރެޑީކޮށް ފެންސްކުރީވެސް މާކުރިންނެއްނު
ބެލެނިވެރިޔާާ
25 March 2025
މިނިސްޓަރު ވިދާޅުވެ ދެއްވަފާނޫތޯ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ މަސައްކަތް ލަސްވާ ސަބަބު. ވަޅުގަނޑެއް ކޮނުނު ގޮތަށް އަދި ހަމަ އެ އޮތީ.
އަރަބިއްޔާ
26 March 2025
އަރަބިއްޔާ އަކީ މާ މަތީފެންވަރުގެ ބެލެނެވެރިން ހިންގާ ސްކޫލެއްނު. މުޒާހަރާކޮއް އަޑުގަދަކުރުމުގެ ނަމޫނާ އެއްނު އެއީ
ޢަލިބެގެ އާދަނު
24 March 2025
ކުރިން އެޅި ސުކޫލުގެ ކޮންޓެރެކްޓަރަށް ފުރަތަމަ ފައިސާ ދީބަލަ ކަރާ ނުފަޅާ. ދީނުގައި މަސައްކަތް ކުރުވާފަ އުޖޫރަދޭން އޮންނަނީ ކޮންވަގުތެއްގަތަ؟ މަސައްކަތް ތެރިންގެ ދާ ނުހިކެނީސް..
ޢަރަބިއްޔާ ޕޭރަންޓް
24 March 2025
ކޮބައިތޯ އަޅަންބުނި ޢަރަބިއްޔާ ސްކޫލް؟ ކޮންދުވަހަކުންތޯ ޢަރަބިއްޔާ ސްކޫލް އަޅަނީ؟
ގުލްގުލްގުް
24 March 2025
އެކްޓިވްކޮށް ވިޔަފާރި ކުރެވޭ މަޖުލިސް މެންބަރުން ތިބުމަކީ މުޅި ނިޒާމް ފުނޑި ހަލާކުވާ ކަމެއް. އެކަމުވެސް ކީއްކުރާނީދޯ
ފާނު
24 March 2025
އަދި ބިންގާ ނޭޅޭ... މިހާރު ކަރާ ފަޅަންފެށީ....
މަސްދަޅު
24 March 2025
ކަލޯ "ފާނު" ރަނގަޅަށް ހަބަރު ކިޔާލަަބަލަ ބޭކާރު ކޮމެންޓް ނުކޮށް. 2023 ގަ ބިންގާ އެޅި ވާހަކަ މަސްދަޅަށް އެބަފެނޭ. ދެން ބުނާނީކީ ނޫން މަސްދަޅު ކަރާފަޅަނީ އޭ.