މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް މިއަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖުލައި 2025 - 14:49
ރަށްރަށުގައި ހުންނަ ހެލްތު ސެންޓަރުތަކުގެ ބަދަލުގައި، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލަކުން މާލެ އަށް ބަލި މީހުން ރެފާ ކުރެވޭ ގޮތް ހަދައި، އެ މީހުންނަށް ފަސޭހަ އިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ފަރުވާއަށް ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލުތަކުން މާލެއަށް ރެފާކުރާ ގޮތް ހަދައި އަދި އެ ހޮސްޕިޓަލުތަކުން އެގޮތަށް އެދުމުން އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.
"އޭރުން ޑޮކްޓަރު އިންނާނީ އެ ތަނުން އޯލްރެޑީ ބަލާފައި. އޭރުން ވަކި ސްޕެޝަލިސްޓެއް، ކޮން ސްޕެޝަލިޓީއެއްކަން ކުރިއާލާ އެނގިފައިތާ އިންނާނީ. އެހެންވީމަ، ކޮންމެ ވެސް ވަރަކަށް ފިލްޓާ ވެގެން އަންނަ ބޭފުޅުންނަށް ފަސޭހަކޮށް އަޅުގަނޑުމެންނަށް އެރޭންޖުމަންޓުތައް ހެދޭނެ ގޮތެއް އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން، އެކި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އޮޕަރޭޝަންތައް ވެސް ކުރެ އެވެ. އެ މަސައްކަތުގެ ތެރެއިން ވެސް ހިދުމަތް ހޯދަން މާލެ އަންނަން ޖެހޭ ވަރު މަދުވާނެކަން ހަލީމް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ފަރުވާއަށް ރަށްރަށުން މާލެ އައި ނަމަވެސް އަވަސް މުއްދަތެއްގައި ޓެސްޓުތައް ހަދައި ޑޮކްޓަރަށް ނުދެއްކޭ ނަމަ، ޓެލެ މެޑިސިންގެ ސާވިސް ފެށުމުން އެ އުނދަގޫތައް ކުޑަވާނެ ކަމަށެވެ.
މި ހިދުމަތަށް ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
"މި ސިސްޓަމްތަކަކީ ހައި-އެންޑު ސޮފިސްޓިކޭޓެޑް ސިސްޓަމްތަކެއް. މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން މި ހިންގަނީ. އެ ސިސްޓަމްގައި، ބަލި މީހާގެ ފުއްޕާމޭގައި އަޅުގަނޑުމެން ސްތެތެސްކޮޕް ޖައްސާ އަޑު ވެސް އިވޭ، ހިތުގެ ވިންދުގެ އަޑު ވެސް އިވޭ. ވަރަށް ހައި-އެންޑު ސިސްޓަމެއް،" އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ ޕޭޝަންޓެއް، މިސާލަކަށް މި ކޮޅުން ކާޑިއޮލޮޖީއަށް ދައްކާލާފައި ރިވިއުކުރަން ފަހުން އަންނާށޭ ބުނީމަ، ރިވިއުކުރެވޭނެ އެ ހޮސްޕިޓަލަކުން. އޭރުން އަޅުގަނޑުމެން ތާވަލެއް ހަދާލާނީ ކޮންމެ ވީކެއްގައި ޓެލެމެޑިސިންނަށް އެކި ދުވަސް ދުވަހު އެކި ސްޕެޝަލިޓީތަކުގެ. ޓެލެމެޑިސިން ހަމަ އޯޕީޑީއެއް ކަހަލަ ގޮތަކަށް ދެން ހިންގާނީ."
އާއްމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، މާލެއަށް ބަލި މީހުން އާއްމުކޮށް ރެފާ ކުރަނީ އަތޮޅު ހޮސްޕިޓަލުންނެވެ. ނަމަވެސް، ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ބަލި މީހުން ސީދާ މާލެއަށް ރެފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުރޭތަ1
03 July 2025
ޓެލެމެޑިޝިން ފަށަން މިދިޔަ 25 އަކަށް އަހަރު ޚަރަދު ކުރެވުނު ވަރެއްވެސް ނޭންގެ. ދެން މިހާރު ހުރިހާ ރަށެއްގަ ފައިބަރ ކަނެކްޝަން އެބަހުރި. ކޮޅެއްގަ ޖެހޭނެ ކަމަށް އުއްމީދު ކުރަން
ފޯނުނަށް ޖަވާބު ނުދެއްވާ!
03 July 2025
އޮޅުން ފިލުވާލުމަށް ގުޅިޔަސް ލެބޯރެޓަރީ އަކުން ފޯނެއްް ނުނަގަ އެވެ. އެތެރެހަށީގެ ޑިޕާރޓްމަންޓް ފަދަ ވަކިވަކި ޑިޕާރޓްމަންޓު ތަކުން ވެސް ފޯނެއް ނުނަގަ އެވެ. ފޮލޯ އަޕް އަށް ރިޕޯރޓްތައް ދެއްކުމަށް ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހެއްދުމަށް ބަލިމީހާ ނުގޮސް ވާނެގޮތެއް ނެތެވެ.
މުހައްމަދު ކަރަމް
03 July 2025
ރައްޔިތުންނާ ދޭތެރޭ ވިސްނާ މީހުން ކަންކުރާނީ މިހެން. ރައްޔިތުންނަށް ދަތިވާ ކޮންމެ ކަމެއްގައި ހައްލު އަވަސް ހައްލު ގެނެސްދޭނެ.
ލީނާ މުހައްމަދު
03 July 2025
މީ ވަރަށް ދުވަސްވީ މައްސަލައެއް. މިމައްސަލަ ހައްލު ކުރަން މިފަށަނީ ކަމަށް ބެލެވެނީ. މިކަމުން ބަލިމީހުންނަށް ފަރުވާ ލިބޭނެ މިހާރަށްވުރެ ބޮޑުތަނުން
އަފާފް ސައީދު
03 July 2025
މިދިޔަ ސަރުކާރުތަކުން މިކަހަލަ ކަންކަމެއް ނުކުރޭ. ކީއްވެ؟ މިއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންތޯ؟ މިއަދު މިކަމަށް ހައްލު ލިބޭތީ އުފާކުރަން
ކޮންޕެކްޓް
03 July 2025
ފެކްޓް!ބުނަންތަ ވާހަކައެއް? މާލެ ނުގެނެސް ނުވާނެ ޙާލަތުގެ ވާހަކަ އެ ދައްކަނީ. ރޫރަލް އަދި އާބާދީ އިންތިހާއަށް މަދު ރަށް ރަށާއި އަތޮޅުތަކުގަ ކިހިނެއް ގައުމުގެ ވެރިކަން ކުރާ ރަށާއެއްވަރުގެ ޚިދުމަތްދޭ ވަރަށް ތަރައްގީ ކުރާނީ? ޚިޔާލުފާޅުކޮށްފަ އޮތް ގޮތަށް ކުޑަ އަގެއްގަ, އެހީތެރިންނަށް ތިބެވޭނެ ގޮތަކާއި ސަހަލު އަގެއްގައި ކާ އެތިކޮޅެއް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން އެއީ ކޮށްލުން މުހިއްމު ކަމެއް.
މިސްބާހް މުހައްމަދު
03 July 2025
އަލްހަމްދުﷲ. އުފާވެރި ހަބަރެއް. މީގެ ސަބަބުން މިހާރު ދިމާވާ ދަތިތައް ހައްލުވާނެކަމާމެދު އެއްވެސް ޝައްކެއްނެތް.
ޔަމަން
03 July 2025
ބ އަތޮޅު ހޮސްޕިޓަލްގައި ޑެންޓިސްޓެއް އެބަހުރި. އެކަމަކު ދަތުގަ ފުޓުނިކޮޅެއް އަޅާލެވެންވެސްނެތް. މިހާރު އަހަރުވަނީ އެގޮތުގަ.
ޢަރުތަ
02 July 2025
މެގަ ޕްރޮޖެކްޓެއް އިފްތިތާޙް ކޮއްލީ އުތަ!
ޙަދިިިީޖާ
02 July 2025
ތީވާ ކަމެއް ..ޕޮރޮސީޖާ ވ ލަސް އަޖީއެމްއެޗް ގަ ....ހުސް މެދިކަލް އޮފިސަރުން އެޓެންޑު ކުރަނީ ..އެކުދިންނަށް ވާނުވާ ނޭގޭއެއްޗެކޭ ބުނެލާއިރަށް އިންޖެކްށަން ޖަހާ ދައްކާލާނެ....ސްޕެށިއަލިސްޓެއް އަތުގަ ނުޖެހޭ ފަސޭހަ މަގަކުން
މީކާކު
03 July 2025
މިރާއްޖޭގައި މީހުން ސްޕެޝަލިސްޓުންނަށް ދައްކަނީ އެމީހަކު ހިތަށް އެރީމާ. އެއީ އިންތިޒާމުގެން ހިނގަމުންދާ ގައުމުތަކުގައި އިންޝުއަރެންސް ނިޒާމުގެ ތެރެއިން ކުރެވޭ ކަމެއް ނޫން. ފުރަތަމަ ދާންޖެހޭނީ މެޑިކަލް ޑޮކްޓަރެއްގެ ކައިރިއަށް. އޭގެ ފަހުން ރިފަރ ކުރީމާ ސްޕެޝަލިސްޓަކަށް އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން ދެއްކޭނީ.