ރައީސް މުއިއްޒާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވާހަކަފުޅު ދައްކަވަނީ.
02 ޖުލައި 2025 - 20:36
އެ މަނިކުފާނު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ އެކު، އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވައިލައްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިދިޔަ މަހުގެ 29 އިން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ކުރެއްވި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ސިންގަޕޫރާ އެކު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް އެ މަނިކުފާނުގެ ދަތުރުފުޅުގައި ދެ ގައުމުގެ އިސް އޮފިޝަލުން ސޮއިކުރެއްވި އެމްއޯޔޫތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. ދެ ގައުމުން ސޮއިކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި 250 އެއްހާ މީހުންނާ އެކު ސިންގަޕޫރުގައި ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓު ފޯރަމާ އެކު ވެސް ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ.
ރައީސް ސިންގަޕޫރަށް މި ދަތުރުފުޅު ކުރެއްވީ ރާއްޖެ އާއި ސިންގަޕޫރުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރޭ އަހަރާ ދިމާކޮށް ކަމަށް ވާއިރު އެ ދަތުރުފުޅާ އެކު އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އާއި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އެ ގައުމުގައި ފާހަގަކުރެވޭ ތަފާތު ތަންތަނަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
03 July 2025
ނަމޫނާ އަކަށް ބަލަނީ ސިގަޕޫރާ ޑުބާއީ. އެކަމަކު ދިވެހިން މިހާރު އުޅެނީ އަފްގާނިސްތާންގަ މީހުން އުޅޭހެން. މީހުން އުޅޭ ރަށްރަށުގަ "ހަލާލު ޓުުއަރިޒަމް" ރަގަޅަށް ފައްކާ ވަމުން ދަނިކޮށް އެވެސް ފަނި ކޮށްލަން "ހަލާލު ރިސޯޓު" ހަދަނީޔޯ! މިހާރު ޓުއަރިސްޓުން ވެސް މިބެހެނީ ދެބަޔަކަށް. ހަލާލު ބަޔަކާ ހަރާމް ބަޔަކާ! އަދިވެސް ކިޔާތި ސިގަޕޫރޭ!
އަފްރާސިޔާބު
03 July 2025
އާހަރުފަތެއްނޫންތަ އެޅީކީ. ކުރީގެ ހަރުފަތްތައް ބާވެ ހަސްފަސްނެތިވެފައި ވަނިކޮށް މަނިކުފާނު ފައިންޕުޅު ބީއްސަވަން އައު ހަރުފަތްތަކެއްކަމަށް މަހީކުރީ އެޅީ.
ޑޫނި
03 July 2025
ދަތުރާއެކު ރާއްޖެ ސިންގަޕޫރަށްވެ ނިމިއްޖެ
ހަސަން ފޭދޫ
03 July 2025
ދަތުރު ތަކުން ދައުލަތުގެ ބަޖެޓަށް އެއްޗެއް އިތުރު ނުވަންޔާ އެއީ ބޭކާރު ދަތުރެއް. އަހަރުމެން މިއުޅެނީ އިންދާނެ މާގަހެއް ނުލިބި ގެނެއް ނޫން.
ޕނސ ބޓ
03 July 2025
ސާބަހޭ ޕއނސ، މީގެ ކުރިން ދުވަހަކުވެސް ކުރީ އެއްވެސް ސަރުކާރެއްގައި މިކަހަލަ ހަރުފަތަކަށް ރާއްޖެ-ސިންގަޕޫރުގެ ގުޅުން ގޮސްފައިނުވޭ. މިއީ ރައީސް މުއިއްޒުގެ މާތްކަން. ރައީސް މުއިއްޒުގެ ހެޔޮފުޅުކަން. ސާބަހޭ ރައީސް! ދިވެހިން ފަހުރުވެރިވާންޖެހޭ، ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރަންޖެހޭން. ހަމަ އެކަނި މިކަމަށްޓަކާވެސް ރައީސް މުއިއްޒުއަށް އިތިރު ދައުރެއް ހައްގު. ކުރިއަށް ދިވެހި ގަުއުމު. ކުރިއަށް ޕީއެންސީ.
ގުރާާ
03 July 2025
ސިންގަޕޫރު ގެ ދުވަސް ތިދިޔައީ!
ނިބޫބީބާ
03 July 2025
އަހަރުމެންގެ ރައީހާ ސިންގަޕޫރު ރައީހާ ބޭރުފުށުން ވައްތަރުގޮތެއް ހުރޭ ދޯ
މައްކޫ
03 July 2025
ސިންގަޕޫރުން ޢިބުރަތް ލިބޭ ބަޔަކު ބިންތައް ބަހާ ހުސްކޮށްނުލާނެ، ސިންގަޕޫރަކީ ބިމުގެ ގޮތުން ރާއްޖެއަށްވުރެ ބޮޑު ޤައުމެއް، އެކަމަކު ބިން ބަހާ ހުސްކޮށްލާ އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށް ހުރަސް އެޅޭގޮތަށް އެކިއެކި އާއިލާތަކަށް އެމްޑީޕީން ހެދިގެން ރޭސިސްޓް އުސޫލު ހަދާ ބިން ބަހާ ވަކި ބައެއްގެ އަމިއްލަ އެދުންތައް އިސްނުކުރާނެ، ރާއްޖޭގެ ހުރިހާ ބިމަކީ ވެސް އަގު ހުރި ބިންތައް، ދައުލަތުގެ ބިމަކީ އެންމެހާ ރައްޔިތުން ގެ ހަރުމުދާ. މި ޢަމަލްތައް ހުއްޓާލާ.
ދިއްދޫމީހާ
03 July 2025
ދެ ގައުމުން ސޮއިކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިން ކަމަށް ބުނާއިރު ކެޕޭސިޓީ އިތުރުކުރަނީ މިފްކޯގެ އައިސްޕްލާންޓައިތޯ؟
އަފްރާސިޔާބު
03 July 2025
އައިސް ޕްލާންޓްގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ ދެއްކީ. ގައުމުގެ ކެޕޭސިޓީގެ ވާހަކައެއް ދައްކަން ނޭގުނީ ކަމަށްތިވަނީ.
މައްކުބޭ
02 July 2025
ޔޫކޭގެ އޯލެވެލް އާއި އޭލެވެލް ދޫކޮށް ސިންގަޕޫރުގެ އެގްޒާމް ތައް ކުދިން ހަދަން ފަށައިފިއްޔާ މާ ރަގަޅު ވެދާނެ. އަގުވެސް ހެޔޮވެދާނެ. ސިންގަޕޫރުގެ އެޑިއުކޭޝަން މާބޮޑަށްވެސް ކޮލިޓީ ޔޫކޭ އަށްވުރެ. ދުނިޔޭގެ އެއްވަނަ އޭ ކިޔާފަ މި ހަދާ އެގްޒޭމް ހަދަނީ އަމިއްލައަށް އޯލެވެލް އާއި އޭލެވެލް ހެދުމަށް ނުކުޅެދޭ ޤައުމުތަކަށް ޑިޒައިންކޮށްފަ ހުންނަ އެގްޒޭމްތަކެއް. އެންމެ ކުޑަ މިނުން ޔޫކޭގަ ވެސް އެ މީހުން ވެސް އޯލެވެލް އޭލެވެލް ހަދަނީ އޭކިއުއޭ އެގްޒޭމް
އަބްޑޫޅް +
03 July 2025
ރާއްޖޭގަ ކިޔަވައިދޭ، ޔޫކޭގެ އޯލެވެލް އާއި އޭލެވެލް ޕުރޮގިރާމު ހިންގަނީ، ރާއްޖޭގަ ކިޔަވައިދޭން އުޅެފަ، ދިވެއްސަކާ އިނދެގެން އުޅޭ އިނގިރޭސިއެއް.
ކަކުނިބޯ
03 July 2025
ޢޯލަވެލް އަދި އޭލަވަލް އަމިއްލައެއްޗަކަށް ވާންޖެހޭ
މުބާރިކް ޖުނާބު
03 July 2025
ސިންގަޕޫރ އާއި ޔޫކޭ އަކާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ނޫޅެބަލަ! ކަލޭމެންނައް އެންމެ ކަމުދާނީ ޕާކިސްތާނުގެ މަދަރުސާގައި ކިޔަވާގޮތައް ކިޔެވީމަ! ނޫނީ ސައޫދީގަ އަފްގާނުގަ ގޮތް އަށަގަތުވީމަ! ހުޅަނގުގެ އުނގެނުމާއި އުޅުން އަދި ކަންކަން ރަގަޅު ނޫނީއްޔާމުން އެމީހުންގާތައް ނުދޭބަލަ!