ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ޝިމަން އާއި މަހުޒޫމް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބައިވެރިވަނީ: އެ ދެ މީހުންނަށް މިހާރު ވަނީ ދައުވާކޮށްފައި
03 ޖުލައި 2025 - 17:16
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މާލޭގައި ކުރި އެ މުޒާހަރާ ރޫޅަލުމަށްފަހު މަހްޒޫމާއި ޝިމަން އޭރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން، ޔުމްނުގެ މައްސަލާގައި ކަން ހިނގި ގޮތް ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުން ނިންމާފައިވަނީ ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށެވެ.
އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި އޭނާ ވެސް ހައްޔަރުކުރި ނަމަވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނާ
04 July 2025
މިކަން މިދަނީ ވަރައް ގޯސްކޮއް، ފުލުހުން ނާއި ސިފައިން ސިޔާސީވެ ހަމަ އެކަނި އެމީހުންގެ ޒިންމާ އީ ސިއާސީ ކަންކަމައް ހުރަހެއް އެޅޭކަމެއްވިއްޔާ ބަޔަކު ހިފާ ހައްޔަރު ކޮއް އަދި ދައުވާކުރުން ގޯސް، ގޭންގު ތަކުގެ މީހުން ނާ ޑްރަގު ވިޔަފަަރި ކުރާ މީހުން ދޫވެ މަގުތައް ބިރުވެރިވެދާއިރު މިބޭކަލުން ޑިއުޓީ ކޮބައިތޯ. ހަޑި ވަރައް ގޯސް. ބަޔަކު ގޯސް ކަމެއް ކޮއްފިއްޔާ އެޔައް އަދަބު ލިބެން ވާނެ. ސިޔާސީ މީހުން ނައް ވަކި ހަމައެއް އާންމުން ނައް ވަކި ހަމައެއް
ވާންޗޯ
04 July 2025
ދެން މަސްތުވީ މީހުން ކީވެ ތައް ހަޔަރު ނުކުރީ
ވާންޗޯ
04 July 2025
އަސްލު ކުއްވެރިން ހަޔައްރެއް ނުކުރޭދޯ
ބަބުރު ކަލޯ
03 July 2025
މަގުތަކުގައި ދޮންކެޔޮ ކައި ރާޒުވާކުޅެ ކެރަމްކުޅެން ޖާގަނެތް ރަނގަޅޔ ފުލުހުން އަމާންކަން މާ މުހިންމޭ
ޢަހުމަދު777
03 July 2025
ޢާދައިގެ ރައްޔިތުން ފަހަތުން ދުވަން އެނގެނީ.. ކޮބާ ކުރީގެ އެޗްޑީސީ ގެ ވެރިޔާގެ ގއިން ނެރުނު ލާރިތައް. ޢޭނާގެ ކޭސް ބަހަބަރު
އަފްރާސިޔާބު
04 July 2025
އޭނާގެ މައްސަލައެއް އޮތްނަމަ މިސަރުކާރުން ދޫކޮށް ނުލާނެ.
މިއައު
03 July 2025
'ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދަޢުވާ' ހަމަ ސުވާލެއް. މިތާ މިހިނގާ ހުރިހާ ކަމަކާ އެއާ ގުޅިގެން ފުލުހުން ތަންފީޒު ކުރަން ޖެހޭ ގާނޫނު ތަންފީޒު ނުކޮށް ތި ހުންނަނީ އަޅެ ކާކު ހުރަސް އަޅާތީތަ؟ އެބަޔަކާ ވެސް ދައުވާ ކުރަން ވެއްޖެއެނުން. ގޭންގު ތަކުން މިތާ ވެރިކަން ކުރަނީ
ބަބްސް
03 July 2025
ކިހާ ސަޅި ... މަޑުމަޑުން މުޅިއެތި އަނބުރާލާފަ ، ދައުވަ މިކުރީ އަޑު އުފުލިމީހުން. ދޮގު ހަދާ އޮޅުވާލަން މަސަތްކަތްކުރި ފުލުހުންނަށް ޕްރޮމޯޝަން.
އެންމެން ހެޕީ
03 July 2025
ކުއްވެރި މިވީ އަޑު އުފުލި މީހުން.
ބަޖިޔާލެއް
03 July 2025
ރަނގަޅަށް ކިޔާބަލަ. އަޑު އެކަނިތަ އުފުލީ. ބަޖިޔަލެއް
ސަމްސިއްޔާ
03 July 2025
އަޑުއުފުލި ކަންތަކަށް ވީބޮތް އިނގޭތަ؟؟
އެއްމެން ސޮޑޭ
03 July 2025
އަޑު އުފުލައިގެން ނޫން ކުށްވެރިވީ. އިއެންޓީ ޑޮކްޓަރަކަށް ދައްކަން ފެނޭ