ހުޅުމާލެ2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް މިއަދު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
03 ޖުލައި 2025 - 17:44
ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ އާ ސްކޫލްގެ ނަން ޝަހީދު އަލިރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް، "ޝަހީދު އަލީ ސްކޫލް" ގެ ނަން ދޭން ނިންމައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ބިން އަޅައި، އިމާރާތްކުރަމުންދާ އެ ސްކޫލުގެ މަސައްކަތް ބެއްލެވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު އެ ތަނަށް ކުރެއްވި ޒިޔާރަތަށް ފަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްކޫލަށް "ޝަހީދު އަލީ ސްކޫލް" ގެ ނަން ދިނުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
"ރައީސް ނަން ދެއްވާފައިވަނީ ޝަހީދު އަލިރަސްގެފާނަށް ނިސްބަތްކޮށް، އެ މަނިކުފާނުގެ ޒިކުރާ އާކޮށް ކުދިންގެ ހިތުގައި އެ ރަސްގެފާނުގެ އަގުވަޒަން ކުރުމުގެ ނިޔަތުގައި. މި ސްކޫލަށް ޝަހީދު އަލީ ސްކޫލުގެ ނަން ދިނުމަށް ރައީސް ނިންމެވީ،" އިސްމާއިލް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށަން ނިންމާފައިވާ އެ ސްކޫލްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި އަލަށް އިމާރާތްކުރަމުން އަންނަ އާ ސްކޫލް .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާ އެ ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔެވޭނެ ޖާގަ ގޮތް ސްކޫލެކެވެ. އަދި އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށް، ހުރިހާ ކްލާސްރޫމެއް ހުންނާނީ އޭސީ ކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިންނެވެ.
އޭގެ އިތުރުން އެ ސްކޫލު ނިމޭއިރު މާލެ ސަރަހައްދުގައި ހުންނާނެ އެންމެ ބޮޑު ސްކޫލް ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމް އާއި ހޯލަކާއި ސްޓާފް ކެންޓީން ވެސް ހުންނާނެ ކަމަށް މިނިސްޓަރު އިސްމާއިލް ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި އަލަށް އިމާރާތް ކުރަމުން އަންނަ ސްކޫލުގެ މަސައްކަތްތައް މިނިސްޓަރު އިސްމާއިލް މިއަދު ބައްލަވާލައްވަނީ --- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިިދިޔަ މަހު މިނިސްޓްރީން ވަނީ އެ ސްކޫލުން ޖާގަ ބޭނުންވާ ދަރިވަރުންނަށް ޖާގައަށް ހުޅުވާލައިފަ އެވެ.
މިނިސްޓްރީން ނިންމާފައިވަނީ އެ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަނަމަ ދެ ދަންފަޅި އަށް ބަދަލު ކުރުމަށެވެ. އެއީ ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބވއސއމ
04 July 2025
އަޑު އެހޭން ނެތީ ކީއްވެ ބާ
ހަމްދާ
04 July 2025
މީދެން ވަރުގަދަ ނަމެއް.
ޝައުކަތު
04 July 2025
ކަމަކު ނުދޭ. ތިޔަށްވުރެ ރަގަޅުވާނެ އިގިރޭސިނަމެއް. ނުވަތަ މާލޭ ސްކޫލް ކީނަމަ
އަބްޑޫޅް +
04 July 2025
"އަބްޑޫޅް ސުކޫލު" ވެސް އެއީ ސުކޫލަކަށް ކިޔަން ރަގަޅު ނަމެއް.
އަބްޑޫޅް +
04 July 2025
"އަލިރަސްގެފާނު ސުކޫލު"، މިހެން ކީ ނަމަ، ދިވެހިވަންތަ ވީސް.
ޢަލްޓިކޯ
03 July 2025
ޢަހަރެމެން ހީކުރީ ތައުލީމު ދިޔާނާ ކަމަށް ކިޔާނީ އެފޮތުންވިއްޔާ ދިވެހިން ރޯފިލީ
އަޒީޒު އާދަމް
03 July 2025
ތަޢުލީމީ ވުޒާރާ ހިންގެވި ބޭފުޅުންނާއި ، ދިގުމުއްދަތަކަށް ތަޢުލީމީ ދާއިރާ ގައި ޚިދުމަތް ކުރެއްވި ބޭފުޅުން ނާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ހުރިހާ ބޭފުޅުން ނަކީ ތައުލީމަށް ގިނަގުނަ ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ. އިންގްލިޝް މީޑިއަމަށް ތަޢުލީމް ބަދަލު ކުރެއްވި ކުރެއްވުމަކީ ވެސް ޚިދުމަތެކެވެ...
އަޒީޒު އާދަމް
03 July 2025
ސްކޫލް ތަކަށް ނަންދޭން ވާނީ ތަޢުލީމް އަށް ޚިދުމަތް ކުރެއްވި މީހުންގެ ނަމުން ނެވެ... މިރާއްޖޭގައި ރަސްކަން ކުރެއްވި އެއްވެސް ރަސްކަލަކީ ތަޢުލީމް އަށް އެއްވެސް ޚިދުމަތެއް ކުރެއްވި ބޭފުޅުންނެެއް ނޫނެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ހުޅުމާލޭ ގައި ހެއްދެވި ސްކޫލް ތަކަށް ނަން ދެއްވާފައި ވަނީ ތަޢުލީމަށް ޚިދުމަތް ކުރެއްވި މީހުންގެ ނަމުން ނެވެ.....އެއީ ، އެމަނިކުފާނު ކުރެއްވި ރަނގަޅު ކަމެކެވެ.
ކައުންސެލަރު....
03 July 2025
ކޮންތާކު؟ އޭނާކުރި ނެތް އެއްވެސް ރަނގަޅުކަމެއް. ކިޔަންވެއްޖިއްޔާ ކޮޅުންނުލާނެތީ ކުރުކޮށްލީ. އެންމެ މިސާލެއް ކާމިލުދީދީ ސުކޫލަކީ ޓިނު ގުދަނެއްކަހަލަތަނެއް. ހެދީ މިލިޔަނުން ކަޓުވާފަ. ދެންކޮން ރަނގަޅެއް؟؟
ބޯބުރާންތި
03 July 2025
ތައުލީމަށް ޚިދުމަތް ކުރެއްވި މީހުންގެ ނަމުން ސްކޫލްތަކަށް ނަން ދިނީމަ ކޮބާޔޯ އެއިން ވާ ފައިދާއަކީ؟ ނުވަތަ ތައުލީމަށް ޚިދުމަތް ނުކުރާ މީހުންގެ ނަމުން ނަން ދިނީމަ ކޮބާޔޯ އެއިންވާ ގެއްލުމަކީ؟ ދެން އެހެންނޫނަސް ތިގޮވެނީ ހުސް މޮޔަ. މިރާއްޖޭގެ ތައުލީމަށް ޚިދުމްތްކުރި އެތައް ރަސްކަލުންނެއް އުޅެފަ އެބަހުރި. ރަނގަޅަށް ތާރީޚް ދިރާސާކޮށް ލޯހުޅުވިގެން ހުރެ ކޮމެންޓް ކުރޭ..
ކިޒް
03 July 2025
މާފަންނުކޮޅުގަ ސުކޫލަކަށް ކީ ނަމަ ގުޑް. ރައީސް ޔާމީން ސުކޫލް ކިހިނެއްވާނެ؟ ފޭސް2 އާއި ގުޅޭ.
ހަހަ
04 July 2025
އޭރުން އެތަނުން ދަރިވަރުވާ ކުދިންގެ ކިބައިގައި އޭނަގެ އަޚުލާޤު ހަރުލަފާނެ..
އަލީ ޝަހީދު
03 July 2025
މަސްޖިދުއް ޝަހީދު އަލީ، ޝަހީދު އަލީ ހިނގުން، ޝަހީދު އަލިރަސްގެފާނު ޒިތާރަތް، ޝަހީދު އަލީ ސްކޫލް..
ޒީމްނީ
03 July 2025
މިބޭފުޅާ އެކަނިތޯ ޝަހީދުވީ؟ ނަމުގެ ކުރިއަށް ޝަހީދުލާފަ އިންނާތީ ހަމަ އަހާލީ..ހުރިހާ ސްކޫލު ތަކަން ފިރިހެނުންގެ ނަންދެނީ ކީއްވެ؟ ޢެއްމެ އަންހެން ސްކޫލެއް ހުރީ “ރެހެންދި“ސްކޫލު އެކަނި..ކަނބާ އައިސާގެ ނަން ދިނިއްޔާ ކީއްތަވާނީ
އުފް
03 July 2025
ޒީމްނީ. ރެހެންދި އެއީ ކާކުތަ؟ ބާރަށު ބޯށިވަލު ބުޅާފާތުމަގެ ރެހެންދި ގޮއްޔެތަ؟ ނޫނީ ރެހެންދި ޚަދީޖާތަ؟