ރާއްޖެއިން އެކްސްޕޯޓުކުރާ މަސް ޗައިނާއިން ދަޅުގައި ބަންދުކޮށް، މަސްދަޅުތަކުގެ ސާމްޕަލް ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް ހަދިޔާކުރަނީ.
05 ޖުލައި 2025 - 17:57
ރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާ ކުންފުންނަކުން ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ.
އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެ، ޝިޔާމް ވަނީ މިއީ ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.
ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް އެ ކުންފުނިން ވަނީ އެ މަސްދަޅުތަކުގެ ސާމްޕަލް ދައްކާލައިފަ އެވެ.
Thrilled to congratulate Weihai QZ Blusea Foods Co. Ltd. and the Jingweidao brand team for successfully producing the first sample batch of canned tuna made from Maldives-caught fish. These samples were presented to the Maldives Ambassador to China, HE Fazeel Najeeb, @MDVinChina.… pic.twitter.com/TrqFhYSE3d
— Ahmed Shiyam (@Shiyamaldives) July 5, 2025
"މިއީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުމުގެ ބައެއް،" ޝިޔާމް ލިޔުއްވާފައިވެ އެވެ.
ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.
ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި ކުރިން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 July 2025
ކޮންހާ ބޭކާރުވާހަކައެއް، ކަންނެލި ދޯނިތަކުގެ ވެރިންނަށް ވަންޏާ އައިނު ފެނުނީމަ ބޭނުމުގެކުރިން ކިރުވާލީސް. އީޒީމަނީ!!.
އަބްޑޫޅް +
07 July 2025
އިންޑިޔާ ނޫންކަން ރަގަޅު. ދިވެހި މަހާ އެކު ގެރިގުއި މަސްހުނި ވުމުގެ ނުރައްކަލެއް ޗައިނާ އަކު ނޯންނާނެ.
އަސްލަމް ވަހީދު
06 July 2025
ރަނގަޅު ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ފައިދާ މިއީ. މީގެ ސަބަބުން ކިހާ ބޮޑެތި ފައިދާ ތަކެއް މިގައުމަށް ވާނެ. ޗައިނާއިން ދެން ނުލާހިކު ގިނަ މަސްބޭނުންވާނެ މިގައުމުން
އަހްނަފް ރަށީދު
06 July 2025
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އާ މާކެޓްތައް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރި ސިނާއަތް ކުރިއަރާނެ ގޮތެއް މިއީ. ހަގީގަތަކީ މިއީ.
ބަޑިތަކުރު
06 July 2025
ރޯމަސް އެކްސްޕޯޓްކޮށްގެން ބޮޑުބައެއް ރިޖެކްޓްކޮށްގެން އޭގެން ނާޖާއިޒް ފައިދާހޯދަން ލިބުނު ވަރަށް ބޮޑުކާމިޔާބީއަކަށް ވެދާނެއެވެ. ހަމަޔަގީނުންވެސް ރާއްޖޭން ބާނާ މަސް ދަޅުގައި ބަންދުކޮށްފައި ވިއްކާނަމަ ލިބޭނެ މަންފާ ދެން ޗައިނާއަކުން ނުލިބޭނެއެވެ. އަދި ޗައިނާއިން ދެން ރާއްޖޭން ދަޅުމަސް ވިއްކާ ގައުމުތަކަށްވެސް އަގުހެޔޮކޮށް ވިއްކުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ އެމާކެޓްތަކުން ރާއްޖެއަށް ލިބޭފައިދާ ވެސް ކުޑަވާނެއެވެ.
ސޮއްޕި
06 July 2025
މަރުހަބާ ޗައިނާ އަދި ރ.މުއީޒް. ވެރިކަމަށް ވަޑައިގެން ފުރުތަމަ ފުރަމާނަ ދަތުރުފުޅުގަ ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ރައްޔިތުން އެކަން ބަލައިގެންފިކަން މި އެނގުނީ،
ކުރިއެރުމެއްތަ
06 July 2025
އެވެސް ކުރިއެރުމެކޯލަ. ދިވެހިން އަބަދުވެސް ތިބެންވީ މަސްވެރިންގެ ގޮތުގައި. އެމަސްކޮޅު އަގުހެޔޮކޮށް ގަނެގެން އެއިން ތަފާތު އުފެއްދުންތައް އުފައްދައިގެން ރާއްޖެ ގެނެސް ފުރިހަމަ އަގުގައި ވިއްކަންވީ. ދިވެހިން އެއްވެސް އެއްޗެއް އުފެއްދުމުގެ ބޭނުމެއް ނެތް
ގެދޮރޭ
06 July 2025
މި ސިޔާސީ މީހުންގެ ވާހަކަ ހުންނަގޮތުން ހަމަ ހިނިއާދޭ. އެމީހުންނަށް ނޭވާ ލެވެނީވެސް ރައީސް މުއިއްޒުގެ ތިމާވެށްޓާރައްޓެހި ވިސްނުން ފުޅުގެ ސަބަބުން. މާދަމާވެސް ވެރިކަން ބަދަލު ވެއްޖީޔާ އެ މުއިއްޒު ގުއި ވީ. ހަމަ ޔާމީނަށް ހެދިހެން ހަދާނީ
ދޯރި،
06 July 2025
ދެން ތި މަސްދަޅު މިތަނަށް ގެނެސް ދިވެހިންނަށް ވިއްކާށެވެ. ޑިއުޓީ ފްރީކޮށް ގެނެވުނީމަ އަގު ހެޔޮކޮށް ވިއްކޭނެ. މިފްކޯއިން ރޯމަސް ބޭރުކޮށްލަކޮށްލާ ތިބެށޭވެ. .. ރާކަނިމަސް ކެވިފަ ހުންނާނީ
މުޑަހަންޖާ
06 July 2025
ތިއަކު ކޮބާ މާ އާދައާ ހިލާފުކަމެއް؟ އިންޑޮނޭސިއާއިން ލަކުޑި ގެނެސްގެން ދިވެހިން ފަރުނީޗަރު ޖަހާފަ އެބަ ވިއްކާ. އިންޑިއާއިން ފުށްގެނެސްގެން ހެދިކާ ހަދާފަ އެބަވިއްކާ. މިޒަމާނުގަ މަތިންދާބޯޓެއް ހެދެނީވެސް ވިހިތިރީސް ގައުމުން އޭތިމީތި އެއްކޮށްގެން. ދުނިޔޭގެ އާޖުފާޖުކިޔާ މާއްދާއެއް މަދުރަސާތަކުގަ ކިޔަވަދިނުން މުހިންމު.