ރައީސް ޑރ. މުއިއްޒު އަދި ސައުދީން ރާއްޖެ ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
06 ޖުލައި 2025 - 12:17
ސައުދީ އަރަބިއްޔާ އިން ރާއްޖެ ކަނޑައެޅި އާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތަނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އޭގެ ތެރެއިން ސައުދީން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުމާއި ބަހައްޓާ އަހުވަންތަ ގުޅުމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އެ މަނިކުފާނު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދީ، އޭގެ ހިދުމަތް ދިނުމުން ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ސައުދީއަށް އެއްބާރުލުންދޭނެކަން ތަކުރާރުކުރައްވައިފަ އެވެ.
ސައުދީން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި މަޓްރެކް ބިން އަބްދުالله އަލްއަޖަލީން އަލް ދޯސަރީގެ ދައުރު މިދިޔަ އޭޕްރީލް މަހު ހަމަވުމުންނެވެ.
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން އުފެދުނީ މާޗު 17، 1981 ގަ އެވެ. އެ ގުޅުމަށް މި އަހަރު ވަނީ 44 އަހަރު ފުރިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްޝާދު އަޒީޒް
07 July 2025
މިދިޔަ އެއްވެސް ވެރިކަމެއްގައި އަރަބި ގައުމުތަކާ މިހާ ގުޅުން ބަދަހި ކޮށްފައެއް ނެތް. މިކަންކަން ކުރިޔަށް މިހެން ގެންދާކަމުގައި ވާނަމަ މިގައުމަށް ގިނަ ގުނަ ފައިދާވާނެ.
ހަސަން މަހްފޫޒް
07 July 2025
ސައުދީއާއި ރާއްޖެ ގުޅުން ބަދަހި ކުރުމަށް ރައީސް ތިކުރަނީ ރަނގަޅު މަސައްކަތެއް. އިންޝާﷲ ކާމިޔާބްވާނެ