ނ. މާފަރު: ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް މިއަދު ވަނީ ކަނޑައަޅުއްވާފައި.
06 ޖުލައި 2025 - 18:54
ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފަރުމުލި މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ކަނޑައެޅުއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެެވެ.
އެ ނިންމެވުމާ އެކު ފަރުމުލި ބޭނުންކުރާނީ ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގަ އެވެ. މި ރަށުގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މާފަރުގެ ރައްޔިތުން ވެސް ބޭނުން ވަނީ ޓޫރިޒަމަށް ހުޅުވާލައި އެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށެވެ.
މާފަރުގެ އިހްތިސޯސުން އެ ފަޅުރަށް މި ވަކިކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ނެރުއްވި ގަރާރަކުން ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ފަހު އެވެ.
ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަަމަށް އަނެއްކާ ވެސް ކަނޑައެޅިއިރު ފަރުމުލި އާއި ކަނޑިންމާހުރާ ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކި ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ތެރޭގައި ނިންމި އެވެ.
އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މާފަރު ކައުންސިލުން ވަނީ އެ ގަރާރު އިސްލާހު ކޮށްދެއްވައި ދެ ފަޅު ރަށް ވެސް މާފަރަށް އަނބުރާ ލިބޭ ގޮތް ހަދައި ދިނުމަށް އޭރުގެ ސަރުކާރަށް ދަންނަވައިފަ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި، މި ސަރުކާރުން ފަރުމުލި މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
07 July 2025
އެހެންވިޔަސް ތިޔަ މުއްޔަށް ލިބޭ ޑޮލަރުކޮޅުވެސް ދައުރުވާނީ ގައުމުން ބޭރުގެ ބޭންކެއްގައި. ފަޅެއްގައި އަދި ރިސޯޓެއް ތަރައްގީކުރުމަކުން އާންމު ދިވެހިންނަށް ވާފައިދާއެއް މޮޅުކަމެއްނެތް.
ދީފަ އަތުލާކަޗޯރު
07 July 2025
ހޯ...ދީފަ އަތުލާނެ ދީފާމެ ހޯބޯ ލަވާނެ އޭނަ.
އާސިފާ މުހައްމަދު
07 July 2025
މާފަރަށް އަދި މުޅި އަތޮޅަށް ލިބޭނެ ކުރިއެރުމެއް މިއީ.
ޒިހުނަތް މުހައްމަދު
07 July 2025
މާފަރު ރައްޔިތެއްގެ ހައިސިއްޔަތުން މިކަމަށް ވަރަށް ތާއިދު ކުރަން. މިކަންކަން ކޮށްގެން ނޫން ގޮތަކަށް އަހަރުމެން ރަށުގެ މީހުންގެ ދިިރިއުޅުން ކުރި ނާރާނެ
ޙައިރާ
07 July 2025
ފަޅެއް އޮތިއްޔާ ހިއްކާލާތި. ގައިމު ރިސޯޓު ނެތިގެންނެން ނޫން ރާއްޖޭގެ ގިނަ އާއިލާތައް އަތާ އަނގަޔާ ދިމާނުވެގެން އުޅެނީ. ކޮން އިގުތިސާދީ ތަރައްގީއެކޭ ކިޔާކަށް.
މުހައްމަދު ހަނީފް
07 July 2025
މިކަން ނުޖެހޭ އަތޮޅު މީހުންނާ ވާހަކަ ދައްކާކަށް. ނުވިނިޔަސް އިނގޭ މިގޮތަކަން އަތޮޅަށްވެސް ފައިދާވާނީ.
މުހައްމަދު ހަނީފް
07 July 2025
ރަނގަޅު ނިންމުމެއް ކަމަށް ދެކެނީ. ކައުންސިލަށް ދީގެން ތީގެން ލިބޭނެ މަންފާއެއް ނެތް. މާ ބޮޑަށްވެސް ރަނގަޅުވާނެ ރިސޯޓެއް ތަރައްގީކޮށް ރަށަށްވެސް އަދި އަތޮޅަށްވެސް ފައިދާ ހޯދިއްޔާ
ތައްހާނު..
07 July 2025
އެއް އިރެއްގައި އެމްޑީޕީއިން މިގޮތަށް ރަށެއް ހަދަން އުޅޭކަމުގެ އަޑު އިވިގެން މިއުޅޭ މީހުން ވަރަށް އަޑުގަދަ ކޮށްލި. ލާދީނީއޭ މިއެކޭ ކިޔާފަ ނުގޮވާ އެއްޗެއް ނެތް. މިހާރު މިސަރުކާރުން މިހެން ހަދަން އެބާގަޑޫ އޯކޭ.
28ޔަގީން
07 July 2025
ދެން އަޅާނީ މާފަރުން ބުރިޖެއް ފަރުމުއްޔަށް. ރަަސު ރައްޔިތުން ނަށް އެ ލިބުނީ ވަޒީފާ. އެވެސް ނުލިބިގެން އުޅޭ ޑޮލަރުން. އިސާހިތަކު މުއްސަނދި ވެދާނެ. ދެން ކޮންމެ މީހަކު ގެ 10 ބުރިއަށް ހިއްލާލާނީ. ކާރު (ފެރާރީ) އެއްޗެހި ބާކީ ލާރިން ގަނެލެވޭނެ. ސުކުރިއްޔާ ރައީސް. ފޫދަަވަރަށް އަތް އެބަ ޖަހަން.
އައިފާން
07 July 2025
މިކަން ސަރުކާރުން މޝްވަރާ ކުރީ ކޮންތާކު ހުރި ކާކާ ތޯ މާފަރު އަދި ނޫނު އަތޮޅު ރައްޔިތުން ނައް ބުނެދީ ބަލަ