ކުރީގެ ފިނޭންސް މިނިސްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިނ -- ފޮޓޯ: ނިޝާން އަލީ / މިހާރު
07 ޖުލައި 2025 - 14:54
އެމްއެމްއޭގެ މިނިވަންކަން ގެއްލި ފުރިހަމަ އަށް ޒިންމާ އަދާނުކުރެވޭ ކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މަރުކަޒީ ބޭންކު އެމްއެމްއޭގެ އެންމެ ބޮޑު ޒިންމާއަކީ، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމާއި ތަކެތީގެ އަގުތައް ހިފަހައްޓައި އެކްސްޗޭންޖު ރޭޓު ޕޮސިލީގެ ތެރެއިން އަގު ހިފެހެއްޓުމަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. އެކަމަކު އެމްއެމްއޭގެ އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރާއްޖޭގެ އާ ގާނޫނުއަސާސީގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި އެމްއެމްއޭގެ ސެންޓްރަލް ބޭންކާ ވަކިވި ފަހުން އެމްއެމްއޭ ސަރުކާރުގެ ނުފޫޒަށް ނުދާވަރަކަށް މިހާރު އޮތް ސެންޓްރަލް ބޭންކް ސަރުކާރުގެ ނުފޫޒަށް ގޮސްފައި އޮތްކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ބޭނުން ކުރަން އުޅޭ ކަމުގެ ތުހުމަތުތައް ކުރައްވައިފަ އެވެ. އެ ވާހަކަތައް އިއްޔެ ތިލަވި ނަމަވެސް ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
އަމީރު ވިދާޅުވިގޮތުގައި، ޔޫޒަބަލް ރިޒާވް އެހާ ބޮޑަށް ހީނަރުވެފައި އޮތް އިރު އެކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޕްރޮޖެކްޓަކަށް އެ ފައިސާ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
"ސަރުކާރުގެ ޕްރޮޖެކްޓެއް ހިންގަން ރާއްޖޭގެ ރަސްމީ ރިޒާވް ބޭނުން ކުރުމަކީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން. މިހާރު ވެސް ރާއްޖެއިން އެބަ ފެނޭ އެސްޓީއޯ އިން ރަނގަޅަށް ބޭހެއް ނުގަނެވޭ، މިކަހަލަ ކަންކަން ހުރި އިރު ރާއްޖޭގެ ރިޒާވް މިގޮތަށް ބޭނުން ކުރުމަކީ ވަރަށް ނުރައްކާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަމީރު ތުހުމަތު ކުރެއްވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަށް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް މެދުވެރިކޮށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.
އެ ޕްރޮޖެކްޓަށް ބޭނުންވާ ބާކީ ލޯނު ހަމަޖައްސަނީ ރަސްމާލެ ކުންފުނި މެދުވެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިޒާވުން ދެވޭ މި ފައިސާ ޔަގީނުން ވެސް މިދެވެނީ ރަސްމާލެ ކުންފުންޏަށް. އެމްއެމްއޭގެ ގަަވަރުނަރަށް ވެސް މުވައްޒަފުންނަށްވެސް އެނގޭނެ، އެ ފައިސާ އެ ކުންފުންޏަށް ދީގެން ފަހުން އެ އަދައެއް ނުކުރެވޭނެކަން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްއެމްއޭގެ ޕޮލިސީތައް ދަނީ ސަރުކާރުގެ ނުފޫޒުން ސަރުކާރު ބޭނުންވާ ގޮތަށެވެ. އެހެންވެ، މިނިވަންކަމާ އެކު، ގަވަރުނަރުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމްސިއްޔާ
08 July 2025
މިކަލޭގެވެސް ލަދެއްނުގަނޭތަ ވާހަކަ ދައްކާކަށް. މުޅިގައުމު ދަރުވާލާފައި ފައިބައި އެހުރީ. ދުނިޔޭގެ ފައިނޭންސިއަލް ބެންކުތަކުންނާ އިންސްޓިޓިއުޓް ތަކުގެ ރޭޓިންއަށް ބެލިއަސް އެކަން އޮތީ ފެންނަން. ދެން މާމޮޅުމީހަކަށްވެގެން ވާހަކަ ދައްކާނެކަމެއްނެތް
ލަޠީ
08 July 2025
ވާހަކަތައް މޮޅު. ދަންނަ ބޭކަލެއް.. އެހެނަސް ކަން ކުރަން ލިބުނީމާ އެ މޮޅުކަމެއް ނުފެނުނު. އިޤްތިޞާދީ މާހިރެއްކަމަށް ހީކުރީ.. އެހެނަސް ޤައުމު ދަރާ ވިކުނީ.. ޕާޓީގެ ސަރުކާރަކުން މުޅި ޤައުމު ހަލާކުކޮށް ލި އަދި ދަރަނިން ދަރަނި ކޮށްލި ކޮށްލުމުން އެނގުނީ މީހާގެ ހުރި ފެންވަރު. ދެން މި ފެންނަނީ އަނެއްކާވެސް ހުސް އަނގަތަޅާތަން. ތިހާ މޮޅަށް އެނގިހުރެ ތިހާ ބޮޑަށް ޤައުމު ދަރުވާލީމާ އެބަ އެނގޭތާ މީ އަދި ކަމެއް ކުރަން އެނގިގެން އުޅޭ ބޭކަލެއް ނޫންކަން.
އަބުދުލް ޤާދިރު
08 July 2025
އަމީރު ތީ ތި ވާހަކަ ދައްކަން މާ ރީތި މީހެއްނޫން. އަމީރުގެ ފިނޭސް މިނިސްޓަރ ކަމުގައި ޤައުމުގެ އިޤްޠިޞާދު ފުނޑާލީ. މި ވެރިކަމުގައި ވެސް ކުރަނީ ހަމަ އެކަންތައް. ތަފާތެއް ނުފެނޭ. ހަމައެއް ބައެއް އޮތީ ޤައުމު ލޫޓުވުން.
ދިވެހިރާއްޖެ 2.0
08 July 2025
އަމައްޔާއި
ރުހުން
08 July 2025
މަގޭ ނުރުހުން އަމީރަށް. ދެ ނުރުހުމުގަ ވެސް އެއްވެސް ބުރަދަނެއް ނެތް.
ދޮންކަރާ
08 July 2025
މިހާރު ހުންނެވި ގަވަރުނަރަކީ ސީދާ"ސަރ ޔެސް ސަރ" ވިދާޅުވާބޭފުޅެއް. އޭނާ އަމަލުކުރަނީ ފިނޭންސް މިނިސްޓަރެއްހެން. ގަވަރުނަރެއްހެނެއްނޫން. ސަރުކާރުންބުނި ކޮންމެކަމަކަށް އޯކޭ. އެމްއެމްއޭގެ ތިބި ތަޖުރިބާކާރު މުވައްޒަފުން މިކަމާނުރުހޭތީ މުޅިތަނުގެނިޒާމު މިހާރު ބަދަލުކޮށްފި. އެކްސްޕީރިއެންސްޑް މުވައްޒަފުން އެއްކައިރިކޮށް "އެމްޑީ" މަގާމުދީފައި ތަޖުރިބާނެތް ހުރިހާއެއްޗަކަށް އާނ ބުނާ ބަޔަކުތިބީ ތަނުގެ ބޮޑުންނަށްލާފައި. ލީކުކޮށްފިއްޔާ ޖަލައްލާނަމޭ ބުނި
ފެހި ކަރާ
08 July 2025
ކޮންތަނެއްގައި ކޮންކަމެއްގައި ސަރުކާރު ބުނާހާ ގޮތަކަށް ހަދާފައިހުރީ. އެމްޑީޕީ އާއި ޔާމީނުއާއި ވިޔަފާރިވެރިން ވެގެން ޑޮލަރު މާރުކުރަންޖެހޭތީ އެކަމުގެ ހަސްކާ ގަވަރުނަރަށް ބާލަނީ.
މުލޭ
08 July 2025
އަމީރުމެން ރުހޭ އެއްތަނެއް ވެސް ނޯންނާނެ. ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ނެގުންކަހަލަ ކަންކަމަށް އެމީހުން ރުހޭނީ.
އަމީރުލް މޫމިން
08 July 2025
އަމީރު އާއި ފިނޭންސް މިނިސްޓަރކަން ހަވާލުކުރިއިރު ދައުލަތުގެ ދަރަނި ހުރީ 56 ބިލިއަނުގައި ރައްޔިތުން އަމީރު ބޭރުކިރިއިރު ދަރަނި 113 ބިލިޔަން ޗާރޕްކޮއްގެންނާއި އެތެރޭގެ ނުދައްކާހުރި ދަރަނި (ކަންމަތީ ފިހާރަ ހިމަނައިން) 8 ބިލިޔަނަށްވުރެ މަތި އަމީރު ހިމެނޭ ކޮމެޓީން ބަދަލަށް ބަހާލި 3 ބިލިޔަންވަރު އަމީރު ނުރުހިގެން އެއުޅެނީ އޭނަޔަށް ބައިނޭޅޭތީ މާލީ ކަންކަން އެހާ ދަންނަ މީހެއްގެ ބިނާކުރަނިވި ފާޑަކަށް ތިޔަ ނުވޭ
އަލި
07 July 2025
ކުރީގެ މިނިސްޓަރެއްވީމައި ވަރަށް އިހްތިރާމައި އެކު ބުނަން ތިބޭފުޅާތީ މިގައުމު ދަރުވާލުމުގެ މޭސްތިރިއަކީ. މީން ޒަމާނަކު ނެތް ސަލާމަތްވާކަށް. ޕާޓީ އަވައިގައި ޖެހިގެން ބަޔަކު އުޅުނަސް ހަގީގަތް އެންމެންނަށްވެސް އެނގޭ.
ފަރަންޖީ
08 July 2025
ގައުމު ދަރުވާލި މިނިސްޓަރަކު އެހެން ބުނީމައި އެބަޖެހޭ ވިސްނާލަން. އޭނައަށް ގޯށްކަމަކަށް ފެންނާނި ވަރަށް ގޯސްވީމަތާ!
ޙަޖަމް
07 July 2025
ކަލެއަށް ކެވުނުވަރު މަދުކަމުންތަ ތިއަގަ ތަޅަނީ އަދިވެސް ވައްކަށް ކުރާން ވެގެން އަންނަހިތުން ދެފާހަނަ ހިރުވަނީދޯ، ކަލޭ ލާންވީ ކުރިވަންކަށް އެހަރަފަޅާ އަރަނީ.
އަހަންމާ.
08 July 2025
ކަލެޔަށް ކުރެވުނު ކަމަކީ ކަނޑު ވިއްކާލުން ކޮއްކޯ.