މާލެ މަގުމަތި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ޖުލައި 2025 - 15:56
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް މިދިޔަ އޭޕްރީލް މަހު ބަދަލު ކޮށްފައިވާތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ނަގަން ޖެހޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަނދާކޮށްދީފި އެވެ.
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން އެ މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ އުސޫލެއް ކުރިން ވެސް އޮތެވެ. އެ ހުއްދަ ހޯދުމަށްޓަކައި އުޅަނދުގެ މައުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއް ނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ އަސްލު ހުށަހަޅަންޖެހެ އެވެ.
ނަމަވެސް އެ ގޮތަށް ހަމަޖެއްސުމުން އަމިއްލަ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމަކާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮތް އޮތުން މާޗް 16، 2023 ގައި އުވައިލި އެވެ.
ނަމަވެސް އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހު ގަވާއިދު އިސްލާހުކޮށްފަ އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނައި ހަ ވަނަ އިސްލާހުގައި ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވާ ރާއްޖެ އެތެރެކުރާ އެހެން ހުރިހާ އުޅަނދެއް މި މަހު 13 އިން ފެށިގެން އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށެވެ.
ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv އަށެވެ. މިނިސްޓްރީން ބުނިގޮތުގައި، ހުއްދައަށް އެދޭ ފޯމު ޓްރާންސްޕޯޓު މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށް ބުންޏެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދެއް ރަޖިސްޓަރީ ކުރަން ވެސް ހުއްދަ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އ އަހްމަދު
08 July 2025
މިކަހަލަ ބޮޑާމީހުން ސަރުކާރުގަ ގިނަވިވަރަކަށް 2028 ހޯދަން ފަސޭހަވާނެ ޝުކުރިއްޔާ މުއިއްޒު
ސަނީސައިޑްބޮންޑް
08 July 2025
މީގެފަހުން ހުއްދަ ބޯކޮށް ލިބޭނެ މޭޒުދަށުން.
ކެޕްޓަނު
08 July 2025
މިމިނިސްޓަރަކަތް ހުރި ސޮރަށް ވާނުވާ އިގޭނީ ކޮންދުވަހަކުންބާ ؟ ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭންގެ. ރައީސް މުއިޒް ހެޔޮނުވާނެ ކަމެށް ކޮއްދެންޏާ މިސޮރު ބޭރުކޮއްލަދީ . މިނިސްޓަރުކަން ކުރުމުގެ ގާބިލްކަމެއް މީނަގަޔަކުނެއް.
އިސްމާލި
08 July 2025
ކޮންމެ ކަމަކަށް ކުޑަ ސިޓީއާއި ބޮޑު ސިޓީ ހޯދައި މިނިސްޓަރުގެ އެހީއަށް އެތި މިނިސްޓްރީ ގެ މުވައްޒަފުންނަށް ސުޕާރީ ދޭން ޖެހޭގޮތް ނުހަދަން ވީ ނޫންތޯ. ތިޔަ ބުނާ ހުއްދަ ވާނީ ހަމަ ސުޕާރީ ޕެކެޓަކުން ނިންމާލެވޭ ހުއްދައަކަށް. މިހާރުވެސް، ބައެއް ގޭގޭ ގެ ގަރާޖު ގެ ހާލަތު ބަލާލާ އިރު ގޭގެ ވެރިމީހުނަށް ނޭނގި އެތައް ކާރެއް އެބަ އޮވޭ ރަޖިސްޓަރީ ކޮއްލާފައި.
އަހުމަދުބިންސުލައިމާން
08 July 2025
ރަގަޅު. ހަމައެއް ލަމައެއް ނެތި ވެހިކަލް އެތެތެކޮށް މުޅި މަގުތައް ފުރާލައިފި. ޗައިނާގަ ވެސް 2 އަހަރު ކުރިން ވެއިޓްލިސްޓް ކޮށްގެން ނޫނީ 4 ފުރޮޅުލީ ވެހިކަލެއް ރެޖިސްޓްރީ ނުކުރެވޭ.
މޯޑު10
08 July 2025
އެއްޗެހި އެތެރެ ކުރުން ހުއްޓާލަންވީ. އެނޫން ގޮތަކަށް ނުވާނެ. މާލޭގައި ނޭވާނުލެވޭ
ޓާޚޫ
08 July 2025
އެއީ ބިން އޮތްތަންތަން ތަރައްޤީ ނުކޮށް މާލެ ސަރުކާރު ތަކުގެ އަމިއްލަ އެދުން ބޮޑުވެގެން އުފެދުނު ސައިޑް އެފެކްޓް. ތަހަންމަލް ކޮއްލާ
ޖަހަންގީރު
08 July 2025
މަގޭ ހިތަށް އަރާ ކޮން ދުވަހަކުން ބާވައޭ ސައިކަލު އިންސްޓޯލުމަންޓަށް ވިއްކުން ހުއްޓުވާނީ. ތި ހުރިހާ ކަމަކަށް ވުރެ ބޮޑު ކަމެއް އެއީ. މިއަދު 18 އަހަރު ފުރޭ ސޮރު ވެސް މާދަމާ މީހެއްގެ އަތުން 1000 ރުފިޔާ ހޯދައިގެން ގޮސް އެ ނަގަނީ 200 ޕަސެންޓް ޑިއުޓީ ނަގާ 100000 ރުފިޔާ ދައްކަން ޖެހޭ ސައިކަލު. މުޅި މާލެ މި ފުރުނީ އެގޮތަށް ނުފޯރާ ފޮތިން ފޫގަޅައިގެން އުޅޭ ސޮރުންނަށް އިންސްޓޯލްމަންޓަށް ސައިކަލު ދޭން ސައިކަލު ވިއްކާ ކުންފުނިތަކުން ފެށުމުން.
ވެންގަބޯ
07 July 2025
ސަރުކާރުން ވެސް ދެންޖެހޭނީ ހަތަރު ފުރޮޅު ލީ ވެހިކަލް އެތެރެ ކުރަންޏާ ހުއްދަ ހޯދުމަށް އެދެންތާދޯ ސަރުކާރުގެ ބޭނުމަށް 4 ފުރޮޅު ލީ ވެހިކަލްތައް އެތެރެ ނުކުރެވޭނެ ގޮތެއް ހަދަންޖެހޭ އެބަ ރައްޔިތުންނަށް މިހާ އުނދަގޫ ގޮތްތަކެއް ޖައްސާފައި ސަރުކާރަށް ވަކި ފަސޭހައިން އެތެރެ ކުރެވިގެން ނުވާނޭ ގާނޫނު އަސާސީ ހަމަހަމަ އެންމެގެ މައްޗަށް މޮޅުމީހެއް ދެރަމީހެއް ނޯންނާނެއެވެ
މަތިއުތުރު
07 July 2025
ހަނދާންވަނީ ގޭގޭގައި ޓީވީ ބަހައްޓަން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ޒަމާން، ރާއްޖެ ދަނީ ދުވަހަކަށް ފަހު ދަުވަހެއް ފަހަތަށް.
އަލްޖިބްރރާ
07 July 2025
ކީއްކުރާ ގަރާޖު ސިޓީ ( އާމްދަނީ ސިޓީ ) އެއްތަ ބޭނުންވަނީ. 200 އަކަފޫޓު ގަރާޖުތަކުގައި އެބަހުރި 50 އިން 100 އުޅަނދު ރަޖިސްޓްރީވެފަ.