ތުރުކީ ސިފައިންގެ ބަޔަކު މަގުމަތީގައި ފޯރިމަރަނީ: ހޮހޮޅައެއްގެ ތެރެއަށް ވަން ތުރުކީ ސިފައިންގެ ބަޔަކަށް މީތޭން ގޭހުގެ އަސަރުކޮށްގެން ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2025 - 19:33
އިރާގުގެ އުތުރުގެ ސަރަހައްދެއްގައި ހޮހޮޅަތަކެއް ބަލައި ފާސްކުރުމުގެ މަސައްކަތުގައި އުޅުނު ތުރުކީ ސިފައިންގެ ބަޔަކަށް މީތޭން ގޭހުގެ އަސަރުކޮށް މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް ތުރުކީން ބުނެފި އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ޕީކޭކޭ ހަނގުރާމަވެރިންނާއި ތުރުކީ ސިފައިންގެ ޒަމާންވީ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމުގެ މަޝްވަރާ ކުރިއަށްދާ ވަގުތެއްގަ އެވެ. މިއީ 1984 ވަަނަ އަހަރު ފެށުނު އަދި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ހަމަނުޖެހުމެކެވެ.
ތުރުކީން ބުނި ގޮތުގައި ސިފައިންގެ ބަޔަކު މަރުވީ މެއި 2022 ކުރުދީ ހަނގުރާމަވެރިން ހަމަލާދީ މަރާލި ސިފައިންގެ މީހެއްގެ ހަށިގަނޑު ހޯދުމުގެ އޮޕަރޭޝަނެއްގައި ތަންތަން ބަލައި ފާސްކުރަމުން ދަނިކޮށެވެ.
"މީތޭން ގޭހުގެ އަސަރުކުރި، ހިތްވަރުގަދަ ފަހުލަވާނުންގެ އިތުރު ހަތަރު މީހަކު ވަނީ މަރުވެފައި ... އެހެންވެ މި ހާދިސާގައި މިހާތަނަށް މަރުވި ސިފައިންގެ އަދަދު ވަނީ 12 އަށް އަރާފައި،" މަރުވި ކަމަށް ކުރިން ހާމަކުރި 8 މީހުންގެ އިތުރުން ވެސް ބަޔަކު މަރުވިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ހޮހޮޅައިގެ ތެރެއިން މީތޭން ގޭހުގެ އަސަރު ކުރަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މީތޭން ގޭސް ހުރި ހޮހޮޅަ އަކީ ކުރިން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަނެކެވެ. މިނިސްޓްރީން ބުނި ގޮތުގައި ސިފައިންގެ 19 މީހަކަށް ގޭހުގެ އަސަރުކޮށް ފަރުވާދޭން ޖެހުނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝަހީދު.
07 July 2025
ޔަހޫދީ އިޒްރޭލާ ހަގުރާމަ ކުރަންގޮސް ޝަހީދު ވުމަކީ އާޚިރުގައި ކިހާ ބޮޑު ކަމެއްތޯއެވެ. މުސްލިމުންގެ ނަމުގައި ތިބެ، އަނެއް މުސްލިމަކު ކާފަރުންގެ އަތްތަކުން ގަތުލުކޮށް ޝަހީދުވާ މަންޒަރު ބަލަން ތިބެނީ. މަރުވާނެ ކޮންމެމީހަކުވެސް. އެކަމަކު ޝަހީދު މަރަކީ ކޮންމެކޮންމެ މަރެއް ނޫން.
ހޮހޯ
07 July 2025
ތިއީ ހަގީގީ ބިރުވެރި ހޮހޮޅަ