ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: މި ތަން ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
07 ޖުލައި 2025 - 21:46
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން ހަވާލުކޮށްފައިވަނީ އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ދޮގުކޮށްފި އެވެ.
އެ ތުހުމަތުކޮށް ފަތުރަމުންދާ ޚަބަރަކާ ގުޅިގެން، އެމްއޭސީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލާ ގުޅުން ހުރި އެއްވެސް ކުންފުންޏަކާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ވަކިން ހާއްސަކޮށް، ރާއްޖެ ޓީވީން އެމްއޭސީއެލް ބަދުނާމުވާ މޭރުމަކުން ދައުރުކުރަމުން ގެންދާ ވީޑިއޯގައި ތުހުމަތުކުރާ އެއްވެސް ކަމެއް މި ކުންފުނިން ކުރަމުން ނުގެންދާ ކަމުގެ ފުރިހަމަ ޔަގީންކަށް ތިޔަ އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
މިފަދަ ސާބިތު ނުހިފޭ، ހަގީގަތާ ހިލާފު އަދި ކުންފުންޏާ މެދު އިތުބާރު ގެއްލޭ ފަދަ ވާހަކަތައް ފަތުރަމުން ގެންދާތީ، އެކަމުގައި އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް ބަލަމުން ގެންދާ ވާހަކަ އެމްއޭސީއެލް އިން ބުންޏެވެ.
"އެގޮތުން ދިވެހިރާއްޖޭގެ ބޮރޯޑްކާސްޓަރުންގެ ކަންކަން ރެގިއުލޭޓުކުރުން ގާނޫނުން ކަނޑައަޅާފައިވާ ފަރާތްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މި މައްސަލަ ހުށައެޅުމަށްޓަކައި މި ކުންފުނިން މަސައްކަތް ފަށާފައިވާ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.
ވީއައިއޭ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މި މަހުގެ 26 ގައި ފާހަގަކުރާ މިނިވަން ދުވަހު، އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން އެމްއޭސީއެލް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޮސް
08 July 2025
ކޮންމެ ކަމެއް ދިފާއުކުރަން ޖެހެނީ ކަން ކުރެވޭގޮތުން. އޯޕަން ބިޑިންގ ޕްރޮސެސް އަކުން ހާމަކަން ބޮޑު ގޮތަކަށް ބަޔަކާ ހަވާލުކުރި ނަމަ މިއަދު ނުޖެހޭނެ ތިޔަ ބަދުނާމުވާކަށް.
އުދުހޭ
08 July 2025
އާ ޓާމިނަލުގެ ބޭރުން ކާރެއް ފުންމާލިދުވަހު ޓާމިލް ރަސްމީކޮށް ހުޅުވުނީކަމަށް ނިބަލަނީ.
ފަންވަތް
08 July 2025
އިޒްރޭލާ ގުޅުން ނެތް ބޮޑު ކުންފުންޏެއް ދައްކަބަލަ. މައިކްރޮސޮފްޓް، ގޫގްލް އެކަނި ބަލާބަލަ. މައިކްރޮސޮފްޓް ވިންޑޯސް އިން މައިކްރޮސޮފްޓް ވޯރޑް ހުޅުވައިގެން ގޫގްލް ސާރޗް އިން ސާރޗް ކޮށްގެން މައުލޫމާތު ހޯދާ ލިޔެގެން ކޮންހާ ބޭކާރު ވާހަކައެއް. މީގެ މާނައަކީ އިޒްރޭލާ ގުޅުން ބޭއްވުމެއްނޫން. ދުނިޔޭގެ ހާލަތު އޮތްގޮތުގެ ހަގީގަތް.
އަބްޑޫޅް +
08 July 2025
އިޒުރޭލު މީހުންގެ ހިއްސާ ނޯންނަ ކުންފުންޏެއް ތަހުޒީބު ދުނިޔޭގަ މަދުވާނެ. ދެން ކަލޭމްނެ ކޮންތާކަށް ވަންނާނީ؟ ޕޮސް!
ރާއްޖެ
08 July 2025
އިޒްރޭލު ވެރިންނާއި ރަސްމީކޮށް ސަލާން ކޮށް ބައްދާ ހެދި މީހަކީ އެމްޑީޕީގެ ކެރަފާ ނަސީމު އޭނާ ފޮރިން މިނިސްޓަރު ކަމުގަ ހުރެ. ރޓީވީ ހަނދާން ނެތުނީތަ؟
ގުރޭސާ
08 July 2025
ތިޔަކަން ނުކުރާނެކަން އެންމެނައް އެނގޭނެ . ޢަދިކިއެއްތަ އެވެރިންގެ ޕާސްޕޯޓައްވެސް އެތެރެ ނުވެވޭ..
ޖޫ ސް
08 July 2025
އިޒްރޭލާއި ގުޅުން ނެތް އެމީހުންނަށް ބައި ނާޅާ ކުންފުޏެއް ވަރަށް މަދު. ގޫގުލް އެޕަލް ފޭސްބުކް، ކޮކާ ކޯލާ އެޑިޑަސް މިއީ ވެސް އެމީހުންނަށް ވާގިދޭ ކުންފުނި.
ތެފައާސާ.
08 July 2025
ހަވާ އަރުވައި ރަންވޭމަތީގައި ކުލަބޮކި ދަމައިގެން މި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް އެއާރޕޯޓު ހަފްތާއަކަށް ބަންދުކުރުމާމެދު ވިސްނާވަޑައިގަތުމަށް ކަމާއިބެހޭ ބޭކަލުންނަށް ދަންނަވަން.
ދޮގުދޮލަގު ބޭޅާ
08 July 2025
އިޒްރޭލް މީހުން މިތަނައްގެނައި މީހުންތީ ދެންކޮން އަގައެއް އަރުވާކަށް ދޮގުހެދުމުން ހައްދުއްނައްޓާފަ
އަދާލަތު
08 July 2025
ތިޔަހުންނަނީ މުޅިޤައުމު ފިތުނަފަސާދަކުރުމާއި، ރައްޔިތުންގެމެދުގައި ހަމަނުޖެހުންއުފެއްދުމަށް ފަތުރާ ދޮގުޚަބަރުތަށް. އެކަހަލަ މައްސަލަތައްނުބެލޭތީ ދެވަނަފުރުޞަތު ލިބެނީ. ތިޔައީ ކުޑަމައްސަލައެއްނޫން.