ޚަބަރު / ލޯކަލް ކައުންސިލްތައް

28 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ: ސީއެސްސީން ވަނީ 28 ކައުންސިލަކަށް އެސްޖީން ހޯދަން އިއުލާނުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖުމުލަ 28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، އެސްޖީން ހޯދަމުން އަންނަނީ ދެ ލެވެލްއެއްގައި ކަމަށެވެ. އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100ރ. އަދި އަނެއް ލެވެލްއަށް 15،285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބެ އެވެ. މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

ސީއެސްސީން ބުނިގޮތުގައި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ އެވެ.

ސީއެސްސީން ބުނީ އެސްޖީންނަކީ ކައުންސިލުތައް ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ އެ މަގާމު އަދާކުރާ މީހުންނަށް އިތުރު ގަޑީގެ ފައިސާއެއް ނުލިބޭނެ ކަމަށެވެ.

އެސްޖީން ހޯދަމުން އަންނަ ރަށްތައް:

- ހއ. ތަކަންދޫ ކައުންސިލް

- ހދ. ހިރިމަރަދޫ ކައުންސިލް

- ހދ. ނޮޅިވަރަންފަރު ކައުންސިލް

- ށ. ފޭދޫ ކައުންސިލް

- ށ. ފީވަށް ކައުންސިލް

- ނ. ހެނބަދޫ ކައުންސިލް

- ނ. ވެލިދޫ ކައުންސިލް

- ރ. ވާދޫ ކައުންސިލް

- ރ. ރަސްމާދޫ ކައުންސިލް

- ރ. މަޑުއްވަރީ ކައުންސިލް

- ރ. އިންނަމާދޫ ކައުންސިލް

- ބ. ފެހެންދޫ ކައުންސިލް

- ބ. ހިތާދޫ ކައުންސިލް

- އއ. ފެރިދޫ ކައުންސިލް

- އއ. ތޮއްޑޫ ކައުންސިލް

- އދ. ހަންޏާމީދޫ ކައުންސިލް

- ވ. ކެޔޮދޫ ކައުންސިލް

- ވ. ތިނަދޫ ކައުންސިލް

- ވ. ރަކީދޫ ކައުންސިލް

- ފ. ދަރަނބޫދޫ ކައުންސިލް

- ދ. ރިނބުދޫ ކައުންސިލް

- ތ. ގާދިއްފުށި ކައުންސިލް

- ތ. ތިމަރަފުށި ކައުންސިލް

- ލ. ދަނބިދޫ ކައުންސިލް

- ލ. މުންޑޫ ކައުންސިލް

- ގއ. ކޮލަމާފުށި ކައުންސިލް

- ގއ. ދެއްވަދޫ ކައުންސިލް

ސީއެސްސީން ބުނީ އެސްޖީގެ މަގާމުގެ އަސާސީ ޝަރުތުގައި ހިމެނޭ މަގާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ބަލާނީ ލޯކަލް ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކޮށްފައިވާ މަގާމުތަކުގައި ކޮށްފައިވާ މަސައްކަތާއި މަސްއޫލިއްޔަތުގެ ތެރޭގައި "އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް"ގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ނަމަ ކަމަށެވެ.

އެޑްމިނިސްޓްރޭޝަނާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާނީ ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމަށް ބަޔާންކުރާ ނަމަ އެވެ. އޭގައި ރިޕޯޓު ހެދުމާއި ރެކޯޑު ބެލެހެއްޓުމާއި ސިޓީ ލިޔުންފަދަ ކަންތައްތައް ހިމެނެން ޖެހެ އެވެ.

އެ މަގާމަށް އެދި ހުށަހަަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ މި މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސީއެސްސީއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެވެ.

ސީއެސްސީން ބުނިގޮތުގައި އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގަ އެވެ. އިންޓަވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި އެ މަގާމަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާންމުކުރާނެ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

11 July 2025

ގައުމު ކުރި ނާރައިގެން މިއުޅެނީ ސަރުކާރުން ސަރުކާރު ކުންފުނިތަކުން ކުރާނެ މަސައްކަތެއް ނެތަސް މީހުންނަށް މަގާމްތައް ދޭތީ. ޕްރައިވެޓް ސެކްޓަރގައި ހުސް ބިދޭސީން. ސަރުކާރު މުވައްޒަފުން މިތިބެނީ ރަސްމީ ގަޑީގަ މަގުމަތީގަ ކެފޭ ތަކުގަ. މަސައްކަތެއް ނެތަސް ނުކުރިޔަސް ބަރާބަރަށް މުސާރަ ލިބޭ.

The name is already taken The name is available. Register?

ހަސަން

10 July 2025

ސިވިލް ސާރވިސް ކޮމިޝަނަކީ މުޅިން އިތުބާރު ގެއްލިފައިވާ ތަނެއް. މޮޅެތި ގަވާއިދުތަކާ އުސޫލުތައް ލިޔެފަ މަގާމުތަކަށް މީހުން ހޮވަނީ އަންނަ ފޯނުކޯލްތަކަށް.އިމްތިހާނުގަ 85% ލިބޭ މީހާ ކަޓުވާފަ ފަންސާސް ޕަސެންޓް ނުލިބޭ މީހުންވެސް އިންޓަވިއުގަބޮޑުތަނުން މާކްސް ދީގެން މަގާމްތަކަށް މީހުން ނަގާބައެއްތީ. އިންޓަވިއުއަކީނަމަކަށް ބާއްވާ އެއްޗެއް. އިންޓަވިއުގެމާރކްސް މަތިވުން ދަށްވުން ބިނާވާނީ ލޮބީކުރާ މިންވަރުގެމަށްޗަށް.މުޅިސަރުކާރުތެރޭގަވެސް މީހުން ހޮވަނީ މިހެނ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454