އެންސިސް ކުންފުނީގެ ގުދަނުގައި ރޯވި އަލިފާންގަނޑުގެ ދުންތައް.---ފޮޓޯ: ނިޝާން އަލީ| މިހާރު
10 ޖުލައި 2025 - 21:04
އެންސިސްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފް ފަޔާމަނުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެމްއެންޑީއެފުން ބުނީ، ރޯވީ އަލިފާނުގެ ހާދިސާ ހިނގި ފްލޯގައި އެއްވެސް ވަރަކަށް ކެމިކަލް ނެތް ކަމަށް. ރޯވީ "ގުދަންބަރީގައި" ހުރި ޕެލެޓާއި ލަކުޑި ފަދަ ތަކެތީގައި ކަމަށް އެމްއެންޑީއެފުން ބުނީ.
އެމްއެންޑީއެފް ފަޔާ އިން ދެންމެ ބުނީ އަލިފާން 95 ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އިތުރަށް ފެތުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް. މިހާ ހިސާބަށް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނި.
އަލިފާން ރޯވެފައިވާ އެންސިސް ކުންފުނީގެ ގުދަން ސަރަހައްދަށް ނުދިއުމާއި އެތަނާ ކައިރީގައި ދިރިއުޅޭ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުލުހުން މިރޭ އެދިއްޖެ އެވެ.
ހުޅުމާލެ 1 ގައި ހުންނަ އެ ގުދަނުގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓުކުރީ 6:50 ހާއިރެވެ. އެ ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ދުން ބޯވެފައިވާތީ ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިފަ އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެހެންވެ، ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ތަނާ ކައިރިއަށް ނުދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް pic.twitter.com/b2n5qolA3t
— Health Protection Agency (@HPA_MV) July 10, 2025
ފުލުހުން ވަނީ އެތަނާ ހިސާބުތަކުގައި ދިރިއުޅޭ މީހުން ގޭގެ ދޮރުތައް ލައްޕައި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބޭރަށް ނުކުތުމަށް އެދިފަ އެވެ. އެޗްޕީއޭއިން ވެސް ވަނީ އަލިފާނުގެ ހާދިސާއާ ޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފަ އެވެ. - ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިއުން
- ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގަ އަދި ނޭފަތް ނިވާކުރުން
- ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން
- ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސީފު
11 July 2025
މި ހާދިސާގައި ނޫސްވެރިންގެ މަސްއިއްޔަތު ވަރަށް ދައް. ހުޅުމާލެ އެ ސަރަހައްދު ވަރަށް ދުންބޯ އަދި ގޭގެއަށްވެސް ދުމުމުގެ އަސަރު ވަރަށް ބޮޑައް ކުރި. މިކަން ހިނގަ ތަފްސީލު ލިބެނީވެސް އެ ރޯވި ހިސާބަޢް ދިޔާމަ
1206
11 July 2025
ހާދިސާ ހިނގި ސަރަހައްދުގައި ދުން ބޯވެފައި އޮތް އިރު ފުލުސް މީހާ އެހުރީ ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން ނުކޮށް.