އަޑިއަށް ދިޔަ ދޯނިން އޮޔާ ދިޔަ ފޮއްޓެއް.- ފޮޓޯ: އެމްއެންޑީއެފް
11 ޖުލައި 2025 - 00:10
ސ. މީދޫގައި ވެލިނަގަން ބޭނުންކުރާ ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިރުވެލި ނަމަކަށް ދޯންޏެއް، އައްޑޫ އިސްމެހެލާ ހެރައާ ދިމާލުން ބޭރަށް އަޑިއަށް ގޮސްގެން މެންދުރު 12:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ވަގުތު ދޯނީގައި ތިބީ ބަންގްލަދޭޝް މީހަކާއި ސްރީލަންކާ މީހެކެވެ. އެ މީހުން ކަނޑުވެފައި ތިއްބާ ފެނިގެން ސަލާމަތްކުރީ އާރުޓީއެލް ލޯންޗަކުންނެވެ.
"ދޯނި ނެގުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ދަނީ ކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.
މޫސުން ގޯސްވެ، ކަނޑުމަތީގެ އިތުރު ހާދިސާތަކެއް މިއަދު ހިނގާފައިވެ އެވެ. އޭގެ ތެރެއިން، ގދ. ގައްދޫއިން ފުރައިގެން އެ ރަށާ ޖެހިގެން އޮންނަ ފަޅުރަށަކަށް ދަތުރުކުރި އުމުރުން ދުވަސްވީ މީހަކު ގެއްލި އަދި ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ދިޔަ 35 އަހަރުގެ މީހަކު ގެއްލިގެން ވެސް ހޯދި އެވެ.
އޭގެ ތެރެއިން 35 އަހަރުގެ ފިރިހެން މީހާ ވަނީ ފެނިފަ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހާ އަދިވެސް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
11 July 2025
ވެލިނަގަން އުޅުނު ދޯންޏެއް އައްޑޫ އިސްމެހެލާ ހެރައާ ދިމާލުން ބޭރަށް އަޑިއަށް ދާންޖެހޭ ސަބަބެއް ނޯންނާނެ. އެއީ މާކަނޑު. މަހާޖައްރާފުތަ އެއީ މާކަނޑުން ވެލިނަގަން.
ހަސަންކަލޯ
11 July 2025
ٱلْحَمْدُ لِلَّٰهِ މީހުން ކޮޅު ސަލާމަތް ވުމުން ވަރަށް އުފާވެއްޖެ. އަޅޭ ތިޔަހިސާބުގެ މޫސުމް ކިހިނެއްބާ. ވިއްސާރަ ކަޑުގަދަ ދުވަސްތަކެއް މިދަނީ. މޫސުމް ގޯސްނަމަ ހިކިފަސް ތަނެއްގައި ތިބުން ބުއްދިވެރި. ވެލިގަލަށް ފަހުން ރަގަޅުވީމަ ދާނީ.
ކައްޕިކަންވެސް ކުރެވޭ ދެއްތޮ މިހާރު ؟ ގައުމިއްޔަތު 2.0
11 July 2025
އެ ވަގުތު ދޯނީގައި ތިބީ ބަންގްލަދޭޝް މީހަކާއި ސްރީލަންކާ މީހެކެވެ. އެ މީހުން ކަނޑުވެފައި ތިއްބާ ފެނިގެން ސަލާމަތްކުރީ އާރުޓީއެލް ލޯންޗަކުންނެވެ.