11 ޖުލައި 2025 - 13:31
ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލާގައި ދައުވާ ކުރަން ނިންމީ ތިން މީހެއްގެ މައްޗަށް ކަމަށާއި އެ ކުންފުންޏާއި އިތުރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ކަސްޓަމްސް އިން ތަހުގީގުކޮށް ފޮނުވި މައްސަލާގައި ނެތް ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މައްސަލާގައި ޕީޖީ އޮފީހުން މިއަދު ބުނީ، ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާތީ، ހޯކްސް ކުންފުނީގެ މައްޗަށް އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ހޯކްސްގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެހެންވެ، އެ މައްސަލާގައި ހިމެނޭ އެ ދެ ފަރާތުގެ ބައި ކަސްޓަމްސް އަށް މިދިޔަ ޖޫން 10 ގައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، މިހާރު ދައުވާ ކޮށްފައި ވަނީ ކަސްޓަމްސް އިން ތަހުގީގުކޮށް ހުށަހެޅި މައްސަލައެއްގައި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"އެ މައްސަލަ މި އޮފީހަށް ހުށަހެޅުމުން، މި މައްސަލާގައި ތުހުމަތު ކުރެވުނު ކުންފުނީގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
• އޮކްޓޫބަރު 30، 2024- ޑިއުޓީ ޕްރޮސިކިއުޝަން ފެށި (ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ހަތަރު ފަހަރެއްގެ މަތިން ލިޔުމުން ކަސްޓަމްސް އަށް ދިން)
• އޭޕްރީލް 22، 2025- މައްސަލަ ޕީޖީ އޮފީހަށް ބަލައިގަންނަން ނިންމި
• މޭ 4، 2025- ތުހުމަތު ކުރެވޭ އިންޑިއާގެ 11 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކުށަށް އިއުތިރާފުވެފައިވާތީވެ، ނަސޭހަތުގެ އެއްބަސްވުމެއް ހެދި.
• މޭ 8، 2025- ތިން މީހެއްގެ މައްޗަށް ދައުވާކުރި
• ޖޫން 10، 2025- ހޯކްސް އާއި އިސްމާއިލް އާދަމްގެ މައްސަލަ އަނބުރާ ކަސްޓަމްސް އަށް ފޮނުވި.
ކަސްޓަމްސް އިން ކުރި ތަހުގީގަށް ރިއާޔަތްކޮށް، ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމީ އާދަމް ރަމީޒާއި މުހައްމަދު ނަސީރު އަދި މުހައްމަދު ދީދީ ކިޔާ މީހެއްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުން ބުނިގޮތުގައި މިދިޔަ މޭ މަހުގެ 8 ގަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް އެތެރެކުރަން އުޅުނު މައްސަލައިގައި ފިޔަވަޅު ނޭޅި ދިގުލައިގެންދާތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މި ހަފުތާގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ޕީޖީ އޮފީހުން ރޭ ބުނީ، ދައުވާ ކުރުމާ ގުޅޭ މަރުހަލާތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ކަމަށެވެ. އެގޮތުން އޮކްޓޫބަރ 30 ގައި ޑިއުޓީ ޕްރޮސިއުޝަނަށް މައްސަލަ ހުށަހަޅައި ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ހަތަރު ފަހަރެއްގެ މަތިން ލިޔުމުން ދިން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުގެ ޓައިމްލައިނުން ދައްކާ ގޮތުން ނަމަ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ކަސްޓަމްސް އިން ކުރި ތަހުގީގު ނިމި އެ އޮފީހަށް މައްސަލަ ބަލައިގަންނަން ނިންމީ މި އަހަރުގެ އޭޕްރީލް 22 ގަ އެވެ. ތަހުގީގުގައި ތުހުމަތުތައް ކޮށްފައި ވަނީ 17 މީހަކާއި ހޯކްސް ކުންފުނީގެ މައްޗަށެވެ.
"ތުހުމަތު ކުރެވޭ އިންޑިއާގެ 11 މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވަށް އެދިފައިވާތީ، އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް ނިންމުނު،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންނާ އެކު އެއްބަސްވުން ހެދީ އޭނާ ވިދާޅުވިގޮތުގައި މިދިޔަ މޭ ހަތަރުވަނަ ދުވަހު އެވެ.
މި މައްސަލަ އޭރު ފެންމަތިވުމުން ހޯކްސް އިން ވަނީ އެކަމުގައި އެ ކުންފުނީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައިވާ ކަމަށް ވެސް ހޯކްސް އިން ކުރިން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޖީ
11 July 2025
ސިގރިރޭޓް އެތެރެކުރީ ހޯކްސްގެ ބޯޓެއްގައި އެ ބޭލީ ހޯކްސްގެ ދޯންނެއްގައި ، ގެންދިޔައީ ހޯކްސް ގެ ވެހިކަލްކަގއި ގުދަންކުރީ ހޯކްސްގެ ގުދަނުގައި އެކަމަކު ހެއްކެއްނެތް .ހޯކްގެ ޒިންމާއެއް ނެތް
ޕީޖީ ލޯޔަރސް ޠީމް
12 July 2025
އިމާރާތެއްގެ އެއްފަންގިފިލާ ފުލީ ފާރނިޝްޑްކޮށް ކުއްޔަށް ދިނީމަ އެތާގަ ކުއްޔަށް އުޅުން ބަޔަކު ފުރިޖުގައި ބަނގުރާ ގެންނުޅުނީމަ އެކުށުގެ ދައުވާ ގޭގެ ވެރިފަރާތަ ނުކުރެވޭނެ އިނގޭތޯ. ޙޯކުސްގެ ބޯޓުގަ ގެނަޔަސް ކުންފުނިން އެކަމަށް އިންކާރުކުރަންޔާ، ދައުވާކުރަން އުޅޭ ބަޔަކު ޖެހޭނީ ހެއްކާއި ގަރީނާ ހޯދައިގެން ކުންފުންޔާ ދެކޮޅަށް މައްސަލަ ހުށަހަޅަން. މިކޭސަގަ އިތުރު ހެއްކެއްގެ ގޮތުގަ ގަނެވިއްކުމުގެ ރަސީދުތައް.. ހެކިނެތީސް މައްސަލަ ކުރިޔަކަށް ނުދާނެ އިނގޭތޯ.
ކުކުޅަށްވުރެ ބިސް ދޮށިވުން
12 July 2025
މިސާލަކަށަ އަވަސް ކާރެއް. ޓެކުސީ ކުރުމުގެ ތެރޭގަ ޕޯލިހުން ހުއްޓވާފަ ބެލިއިރު ފަހަތު ސީޓުން މަސްތުވާއެއްޗެސް ފެނުނީ. ޢެކަމަކު އޭގެ ޒިންމާ ކާރު ދުއްވަންއިން އޭގެ ވެރިފަރާތް ނަގަންޖެހޭނެބާ؟ އިތުރުހެކި ނުލިބެނީސަ މިކަހަލަ މައްސަލަ ނުބެލޭނީ މިހެންވެގެން.
ެއެންމެން ހެޕީ
11 July 2025
ގުރުބާން ކުރާނެ ދެތިން ކަންބަޅި ހޯދީ
ސޭޑް
12 July 2025
ޥަޓް ކައިންޑް އޮފް އަންއެމްޕްލޯއީޑް ބިހޭވިއަރ އިސްދިސް. ތިވަރަށް ގުރުބާންނުކޮށް ދެންވެސް ހެކި ހޯދަން ކަސްޓަމްސްއަށް އެހީވާން ދޭބަލަ.
ސަރީފުގެ ބޭންކު
11 July 2025
ޢޯކޭޔޭ މައްސަލަ ނިމުނީތާ ތި. ޑެން ބަލައިދީބަލަ ތިޔަ ބީއެމް އެލްގެ މައްސަލަ. ޓެމޫއިން ކާރޓްއަށް އެޅިއެއްޗެސް ޑިލީޓު ނުކުރެވިފަ މީނީ. މިމައްސަލަ ޕީޖީއަށް ފޮނުވޭނެ ގޮތެއްނެތްތަ؟
މުހައްމަދު..
11 July 2025
މަނީޓްރެއިލް ހެނދުމުން އެތަކެތި ގަންނަން ޚަރަދު ކުރި މީހަކު އެގުނުބާ؟
ސިކުޑީގެ ވިސްނުން
11 July 2025
އިނގުނީމަ ނު 3 ފަޅިވެރިންނަށް ދައުވާ އެކުރީ؟ ހަމަ އެވަރު ނުވިސްނުނީ؟ މަޖާ ކޮމެންޓެއް ކުރާހިތްވީ ދޯ. ބެޓަރ ލަކް ނެކްސްޓް ޓައިމް
ވާންޗޯ
11 July 2025
ތިގޮތައް ރަލާއާއި އޫރުމަސް ވެސް މަނާ ކޮށްބަލަ
ސައިބޯނި
11 July 2025
ރާއްޖޭގައި އެއްކަމެއްވެސް ކުރިޔަކަށް ނުދާނެ ފަނޑިޔާރުގެ ވިޔަފާރިވެރިންގެ ޖީބުގަ އޮއްވަކާ، ކަސްޓަމުން ހެކިތަކާ އެކު ފޮނުވިޔަސް ކޮންމެވެސް އެއްޗެއް ކިޔާފަ ފައިސާ ކޮޅަކަށް މައްސަލަ ނިއްމާލަނީ، ހަމަ ސަދޫމު
މެޖް
13 July 2025
ފަނޑިޔާރުގެ އަކީ ޕީޖީތަ؟ ޕީޖީއިން ދައުވާ ނުކުރަން ނިންމުމާ ފަނޑިޔާރުގެ އަކާ ކޮން ކަމެއް.
ސަމްސިއްޔާ
11 July 2025
ސިނގިރެޓްގަންނަން ލާރިދެއްކީ ކޮންބައެއްބާ؟؟ ތިޔަފަޅުވެރިންގެ އަތިގައި އެވަރަށް ލާރިހުންނަނީބާ؟؟
ޖިމީ ޗޫ
11 July 2025
ސަމްސިއްޔަ މަވެސް ހަމަ ތިހެން ހިތަށް އެރި ފުރަތަމަ ތިޔަ ހަބަރު ނިކުތީމަ. ދެން ކުޑަކޮށް މާރުކޭޓު ސަރަހައްދުގަ އޮޅުން ފިލުވާލީމަ މިއިނގުނީ ބޭރު ދަތުރުކުރާ އުޅަނދުފަހަރުގެ ކައްޕިއާއި ކުރޫއިންނަށް ލީބޭ މުސާރަ. އަންތަރީސްވީވަރުން ކިރިޔާ ވަޒީފާ ދޫކޮށްފަ އެކަހަލަ އުޅަނދެއްގެ ކުރޫގެ ވަޒީފާއަކަށް ކުރިމަތި ނުލެވުނީ.. ދެމީހުން އެކުގަ ކޫރޫ ވަޒީފާގަނޑެއް ލިބޭތޯ އުޅެމާ؟
ހޯކްސް ހަސަން
11 July 2025
ބުއްދި ސަލާމަތުން ހުރިމީހަކަށް އިގޭނެ 8500 ކާޓާން ސިގިރޭޓް ގެނެވޭނީ ނިކަން ލާރި ހުރެގެންކަން. ތި ބޯޓްގައި އުޅޭ އިންޑިޔާ/ބަންގްލަދޭސް ފަޅުވެރިންގެ އެވަރުގެ މުއްސަދިކަމެއް ހުރިނަމަ ތިޔަ ބޯޓްގައި ނޫޅޭނެކަން. ހޯކްސް އަކީ މުޅިންވެސް ތިކަހަލަ ކަންތައް ކުރުމާއި ވަރަށް ދޯޅަބައެއް. ތެޔޮ ވިއްކުމުގައިވެސް މަކަރާއި ހީލަތްހަދާކަމަށް މިކަމުގެ ތެރޭގައި އުޅޭމީހުން ކިޔާއަޑުއިވޭ. އެހެން ކަމަށްވާނަަމަ މިކަން ސީރިޔަސް މައްސަލައެއްގޮތުގައި ބަލަންޖެހޭ.
ހަސަން ވައިފް
11 July 2025
އެބޯޓުގަ އުޅޭމީހުން އެހާ މުއްސަނދިވަނީ ސިނގިރޭޓު ވިއްކައިގެނޯ. ހަމަ ކުރެޑިޓަށްވެސް މުދާނަގައިގެން ވިއްކަނީ ނު؟ ދެވަނަ ކަމަކަށް ތެޔޮވިއްކަން ތިހާމަކަރު ހަދާބަޔަކު އަތުން ރާއްޖޭގެ އެހާގިނަ ބަޔަކު ތެޔޮގަންނަނީ ކީއްވެގެންތޯ ހަމަސުވާލު ނޫފެދެނީ ކީއްވަގެންބާއޭ މަ ހާދަ ހިތަށްއަރަޔޭ.
ޢިބޫ
11 July 2025
ރުފިޔާ ގެންގުޅޭ މީހުންނަށް ދައުވާ ކުރެވޭވަރުގެ ހެއްކެއް ނުލިބޭނެ، އެއީ މިގައުމުގެ ހަގީގަތް.
ކިންގް
11 July 2025
ކިންގްސްޓަން ކިޔާ ކުންފުނީގެ މައްސަލަވެސް އޮބިއްޖެ. ފައިސާ ދެއްކި 200އަށް ވުރެއްގިނަ މީހުންގެ ހައްގުތައް ވަނީ ގެއްލިފައި.
އޮނަރަބްލް އަފީފު ދީދީ
11 July 2025
ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ރާއްޖެއަށް ސުމަޤުލްކުރި މައްސަލައިގައި އިތުރު މީހެއްގެމައްޗަށް ދައުވާކުރެވޭވަރަށް ތަހްޤީގަށް ހެކި ނުލިބުނުކަމަށް ބުނެ ބޯޓްގެ 3 ފަޅުވެރިއެއްގެމައްޗަށް ދައުވާކުރަން ކަސްޓަމްސް އިން ނިންމުމުން ކަސްޓަމްސް ފަދަ ޤައުމީސަލާމަތާއި ގުޅުން ހުރި ދިވެހި ދައުލަތުގެ މިނިވަން މުއައްސަސާތަކާއިމެދު ސުވާލު އުފެދޭދަރަޖައަށް މިހާރު ކަންކަން ހިގައްޖެ. މިއީ އިންސާނެއްގެ ބުއްދިއަށް ޤަބޫލު ކުރަންދަތި ވާހަކަ އެއް.
ސުހާނާ
11 July 2025
ދަޢުވާ ނުކުރަން ނިންމި ފަރާތްތަކުގެ މައްޗަށް ދަޢުވާ ނުކުރަން ނިންމީ ކަސްޓަމްސްއަކުން ނޫން. ޕީޖީ އޮފީހުން އެގޮތަށް ނިންމީ. ހުރިހާ ކަމެއް އެނގިގެން އުޅޭ ކަމަށް ހެދިގެން ކޮންމެ ކަމަކަށް ކޮމެންޓްކުރާއިރު، ވާނުވާވެސް ތިމާމީހާއަށް ނޭނގޭ.
ބަބްސް
11 July 2025
ސުހާނާ ތިދައްކަނީ ރަނގަޅު ވާހަކަ. ޕީޖީ އޮފީހުން ގޮތްނިންމާނީ. އެކަމަކު ގޮތް ނިންމާނީ ކަސްޓަމްސް އިން ހުށަހެޅި ހެއްކައް ބަލާފަ، އަފީފް އެދައްކަނީ އެވާހަކަ. ފުލުހުންވެސް ކަންކުރަނީ މިހެން. ލާރިއޮންނަ މީހުން "އެއްޗެއް" ދިއްކޮއްލީމަ ދެން ޕޖ އާއި ހަމައަށް ދާއިރު ހިކިއޮންނަ ކަރުދާސްކޮޅު އަކުރާއި ފިލި މަދުވެ ވާނުވާ ހިސާބަށް ދާނެ. ދެން އެމީހުން މިކަންކަމުގައި ޒިންމާ ނަގާކަށް ނުޖެހޭނެ. ދިވެހިރާއްޖޭގަި ކަން ކުރަނީ މިހެން.
ޕިސް
11 July 2025
އޮނަރޭ ވާއެއް ނުވާއެއް ނޭނގެޔޭ ދޯ އަސްލު ކޮމެންޓު ކޮށް ނަގާއިރު؟!! ކަސްޓަމްސް އިން ދައުވާ ނުކުރިއްޔޯ! ލަދުން މަރޭ!!
ހޭނެތިއްޖެ
11 July 2025
އަހަރެން 3 ފަހަރު ހޭނެތިފައި ޙޭ އަރައިފި އޮނަރޭގެ ކޮމެންޓުގައި މާލެ އޭ އައްޑޫ އޭ ނެތީމައި…އެވްރީ ތިންގް އޯކޭތަ؟؟