ސިނަމާލެ ބްރިޖު މަތިން ވެހިކަލް ދުއްވަނީ: ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވި މައްސަލަތަކެއް ވަނީ ރިޕޯޓްކޮށްފައި.-- ފޮޓޯ: މިހާރު
20 ޖުލައި 2025 - 19:34
ސިނަމާލެ ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވެފައިވާ ކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން "މިހާރު" އަށް ބުނީ ސިނަމާލެ ބްރިޖުން މާލެއިން ހުޅުމާލެއަށް ދާ ފަޅިން ސައިކަލުގައި ދަތުރުކުރި މީހެއްގެ ކަރުގައި ކަންވާރު ފަށެއް އެޅި އަނިޔާވެފައިވާކަމުގެ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އިތުރު މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގުޅުން ހުރި އިދާރާތަކާއެކު އަންނަނީ މަޝްވަރާކުރަމުން،" ފުލުހުން ބުންޏެވެ.
ބްރިޖުން ދަތުރުކުރި ބައެއްގެ ކަރުގައި ކަންވާރު އެޅި އަނިޔާވި އިރު، ބްރިޖުގެ އިތުރުން ހައިވޭގެ އެކި ހިސާބުތަކުގައި މޫދާ ކައިރީގައި ދޮއްޓާއި ކަންވާރު އޮޅާފައި އޮންނަ ފުޅި ހިފައިގެން މަސްބާނަން މީހުން ތިބުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޓަކުރު
21 July 2025
ދުށިން ތިޔަ ހަލިމަގުގެ އިރަށް އޮތް މޫދު ސަރަހައްދު ރޭސްޖަހާތަނަކަށް ހަދަން އުޅޭ ވާހަކައެއްވެސް. އޭރުން ހުންނާނީ ހަތަރެސްކަން ހަމަވެފަ.
ސިޔަން
21 July 2025
މިފެންނަނީ ތަންފީޒީ އިދާރާތަކުގެ ދޯހަޅި ސިޔާސަތު، ހަމަ އެއްކަމަކަށްވެސް އަޅާލުންނެތީ.
ޖީނާ އިބްރާހިމް
21 July 2025
ހުޅުމާލެ މާލެ އަންނަ ފަޅި އާއި މާލެ އާއި ހުޅުމާލެ ގުޅުވާދޭ މަގުގަ އެސަރަހައްދަށް ފައިމަގުގަ ވަނުން މާނާ ބޯޑު ތަންކަޅެން ބޮޑުކޮށް ނިޝާނާ އެކު 3 ބަހުން ލިޔެފަ އަދި މިސަރަހައްދަށް ވަދެއްޖެނަމަ، ޖޫރިމަނާ 2000 ރުފިޔާއިން ވާނެކަމަށް ބޮޑުައަކުރުން ލިޔުން މުހިންމު. ވަންނަމީހުން ފުލުހުން ވަގުތުން ހުއްޓުވާ ފުލުހުންގެ ވެހިކަލް އަށް އަރުވަންޖެހޭ.
ހޮޓްކިންގ
21 July 2025
ބްރިޖްމަތީގަ ބަޔަކު މަސްބާނަން ތިބީތޯ؟ ނުތިބޭނަމަ ތިވެދާނެ ވައިބާރުވެގެން އައި ކުނީގެ ތެރޭ އައި ކަންވާރުފަށަކަށްވެސް. އެނެހެކޭ ކިޔާފައި މާދުރުގައި މީހުން މަސްބާނަން ތިބުން މަނާކުރުމުގެ ބޭނިމެއްކޮބާ؟
އަފްރާސިޔާބު
21 July 2025
ނޫން. އެއީ 26 އަށް ޑްރޯން އަރުވަންވެގެން އޭގައިޖަހާފައިވާ ކަންވާރު. ކަންވާރުގައި ޖެހުނުއިރު ޑްރޯން އަރުވާފައިތަ ހުރީ. ނޫނީ އެވެސް ވަގަށް ނެގީދޯ؟ އެހެންވީމާނޫން ހުސްކަންވާރު އޮންނާނީ. 26 އަށް ފުޅަނގި އަރުވާނަމަ ގައިމުން މޫދުގައި އޮންނާނީ. އެއިރުން ކަނޑުން ދަތުރުކުރާ ބައެއްގެ ކަރުގައި އެޅުނަސް މަތިން ދަތުރުކުރާ ބައެއްގެ ކަރުނައި ނޭޅޭނެތާ!
ތަކުރު...
20 July 2025
"މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގުޅުން ހުރި އިދާރާތަކާއެކު އަންނަނީ މަޝްވަރާކުރަމުން،" ..... މިފަހަކަށް އައިސް ދައުލަތުގެ އިދާރާތަކުން އެންމެ ގިނައިން ބޭނުންކުރާ އިބާރާތް.
ފަރަންޖީ
21 July 2025
ބަލަ ފިޔަވަޅު އަޅަމުން ނޫންތޯ އަނެއް އިދާރާއާހަމައަށް ހިނގާފަ ދޭވޭނީވެސް. އެހެންވީމަ ފިޔަވަޅު ނޭޅިފައެއް ނެތެއްނު؟
އދ.
21 July 2025
އަހަރެމެންވެސް ވަރަށް ގިނައިން ކަންކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ތިއީ އެކަހަލަ އިބާރާތެއް.
ދުވާ މިހާ
20 July 2025
ކޮބާ ތިކަމުގަ ދުވާ މީހަކު ނެއްތަ ކުށްވެރި ކޮށްލެވޭކަށް؟
މަޅި
21 July 2025
ވެދާނެ ހަމަ އޭގެ މީހަކު މަސްބާނަން އުޅުނީ ކަމަށްވެސް، ދުވަންގޮސް ކަސްރަތަށް ފައި ނަގައިގެން ރެއިލިން މަތީ އަޅުވައިގެން އެބަތިބޭ ދުއްވާމީހުން މޫނަށް ވަގޮތަށް
ކްރިންޖް
21 July 2025
މިދެން ކޮންވާހަކައެއް. މާ މަޖާވާންވެގެން
ޕޮޕްކޯރން
22 July 2025
ބޭކާރު ކޮމެންޓެއް. ހިތުން ވަރަށް މަޖާވެލީ ދޯ؟
ރަދީފްއޮފިޝަލް / އިބްނި ބަތޫތާ
20 July 2025
އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދެން. ދިވެހިން އެއީ ނާތަހުޒީބް ބައެއް.އެއްވެސް ކަހަލަ އަޙްލާގެއް ނެތް ޖީލެއް ބޮޑުވާން ދޫކުރި ސަރުކާރުތަކުން މިހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ.އިބްނި ބަތޫތާ އަދި ޕިރާޑްމެން އެބުނާ އަޙްލާގްގެ ވެރި ބަޔަކު މިއަދު މިފަސްގަނޑުގަ ނެތް.އެ ޖީލު ނެތި ހިނގައްޖެ.އެހެންވީމަ އަދި ކަރުގަ ބޮޑެތި ވާ ވެސް އެޅޭނެ. ވ.ވެދުން
އަފްރާސިޔާބު
21 July 2025
ކޯޓަށް ތިޔަ މައްސަލަ ވައްދަން ފެންނަނީ. އެއާޕޯޓް ކޮމްޕެނީއިން ޒިންމާ އުފުލަންޖެހޭނެ.
އެނދުމަތީމަސް
20 July 2025
ބޭރުމަގުން ޕޭވްމެންޓުން ދުވާ މީހުންގެ ލޮލުގަ ބުޅި އަޅުވަނީ މަހެއް އެތާކުން ނުވެސް ގަނޭ ފޮނިދައްކަން ތިބެނީ ދޮށިނހިފައިގެން، ކޮޓަރި އެނދުމަތީގަ މަސްބޭނިއްޔާ ފަހަރެއްގަ އެއްޗެއް ގަނެފާނެ މީބޮޑުކަމެއް.
ބައިރު
20 July 2025
ދިވެހިންނާއި ބަންގާޅީން ތިތާގައި ތިބެ މަސްވެރިކަންކުރަނީ ކޮންތާކުން ހުއްދަ ހޯދައިގެންތަ؟ ތިތާގައި ޖަހާފައިއޮވޭ ވަނުން މަނާކަމަށް.
ޑައިޖިން
20 July 2025
ދެން މަސްބޭނުން މަނާކުރުމުގެ ބަދަލުގައި އެފަރާތުގައި ދާޖެހި ފެންސެއް ހަދާފަ، މަސްބާނާ މީހުންނަށް ޤަވައިދެއް ހެދިއްޔާ ރަގަޅުވާނެކަމަށް ފެނޭ!
ޑުފަލަކް
20 July 2025
ބަލަ ބްރިޖާއި ހައިވޭ ހެދީކީ މަސްބާނާކަށް ނޫން، އެތަނުގައި ދަތުރުކުރަން، ދަތުރު ކުރާ މީހުންނަށް ނުރައްކާވެދާނެފަދަ ކޮންމެ ކަމެއް އެތަނުގައި މަނާކުރަންޖެހޭ، މަސްބާނާ މީހުންނަށް ޚާއްޞަކޮށް ޕްލެޓްފޯމެއް ހަދަންވީހަމަ،