ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ހުޅުމާލެ ޕޮލިސް
20 ޖުލައި 2025 - 20:15
ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.
ހުޅުމާލެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކްގެ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް ފުލުހުން ޓޯކުރަނީ.-- ފޮޓޯ: ހުޅުމާލެ ޕޮލިސް
އޭގެ ތެރޭގައި ކަފިހިހުރަސް މައްޗާއި ޑަބަލް ލައިން ކުރަހާފައި ހުންނަ ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ހިމެނެ އެވެ.
މިއީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ހުޅުމާލެ ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ޕާކްކުރުން މަނާ ތަނެއްގައި ހުރި ސައިކަލްތަކެއް.-- ފޮޓޯ: ހުޅުމާލެ ޕޮލިސް
ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރި އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސްކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބްބްސް
21 July 2025
750 ގެ އިތިރުން ވާކޮންމެ ދުވަހަކަށް އަދަދެއް އިތުރުކުރަންޖެހޭ. މިމީހުންނަށް މަގުހުރަސް ކުރިމަތީގަވެސް ޕާކްކޮއްފަ ގެޔަށް ނުވަތަ ދަރިބަލާ ނުވަތަ ފިހާރައަށް ހަމަ ވަންނަންވީ. ދެންތިބޭ މީހުންނަށް އެއްވެސް ވަރަކަށް ބެލުމެއްނެތް.
ރާވެރިބެ
21 July 2025
މހިތަށް އަރާ ޓޯ ކުރާ އުޅަދުތަށް އެހާ ފަސޭހަ އިން އަބުރާ ދެނީ ކީއްވެބާއޭ. މިހެން ބުނަން ޖެހެނީ މަޖީދީ މަގުގަ އެއްކޮޅުން އަނެއްކޮޅަށް ޙާއްސަކޮށް ހެންވޭރު ކޮޅުގަ އަބަދު ބައިވަރު ސައިކަލު ޕާކުކޮށްފަ ހުންނާތީ. ހީވާ ކަހަލަ މި އަދަބު ތަންކޮޅެއް ކުޑަހެން. އަހަރެން ދެކޭ ގޮތުގަ މިކަހަލަ ގަވާއިދު ތަކުގެ ބޭނުމަކަށް ވާންޖެހޭނީ ޓޯ ކޮށްފާނެތީ ބިރުން މަނާތަންތާ ޕާކު ކުރުން ހުއްޓުވުން. އެކަމެއް ނުފެނޭ. ހަމަ ޕާކު ކުރަނީ. އެހެން ވީމަ ޓޯކުރާ ބައެއް އުޅަދު ނުދޭންވީ!
ލުންބޯ
21 July 2025
މީހުނަށް އެންމެ އުންދަގޫވާތަންތަން ބަލައިގެން ނެގުން މުހިއްމު. މިސާލަކަށް ކަންކަން މަތީގައި ބަހައްޓާފައި ހުންނަ ވެހިކަލް. ބޮޑެތި ބިލްޑިންގ އަޅާއިރު ޕާކިންގ ނުހަދާ އެޅީމަ އެންމެންވެސް ބަހައްޓަން ޖެހެނީ މަގުމަތީ. ހުޅުމާލޭގަ އެބަޖެހޭ މަޖުބޫރުކުރަން އެޕާޓްމަންޓް ބިލްޑިންގ ހަދާއިރު މަދުވެގެން 1 ކާރު ސްލޮޓް އާއި 2 ސައިކަލް ސްލޮޓް ކޮންމެ އެޕާޓްމަންޓަކަށް ވާވަރަށް އިންނަން.
މަނާކިޔާ މަނާ ނުކިޔާ
21 July 2025
ބުންބާ މީހުން މާލޭގައި އުޅުނު ޒަމާނުގައި އެމީހުން ބުނެ އުޅޭ ކަމަށްވޭ، އެއްދުވަހު ވިއްކާ ކިޔާ އަނެއް ދުވަހު ނުވިއްކާ ކިޔާ. އެހެންވެ ވިކަންވީ ކަމެއް ނުވިއްކަންވީ ކަމެއް އޮޅުމެއް ނުފިލާ. ތިޔަ ކަމަކީވެސް އެހެން ހިނގާ ކަމެއް. އެއްދުވަހު މަނަލޭ ބުނާނެ އަނެއް ދުވަހު އެތަން ފުރެންދެން ދުއްވާ އެއްޗެހި ހުންނާނެ. މަނާވީ ކަމެއް ހުއްދަވީ ކަމެއް ޕާކުކުރާ މީހުންނަށްވެސް އޮޅޭ ހިސާބަށް މިހާރު ވަނީ ގޮސްފައި. ކުރާ ކަމެއް ރަނގަޅަށް ނުކުރާނަމަ ވާނީ މިހެން.
ސިދުގީ
21 July 2025
މަނާކިޔާ މަނާ ނުކިޔާ ނަމުގައި ކޮމެންޓްކުރި ފަރާތަށް. މަނާ ތަންތަން ވަރަށް ސާފުކޮށް އިގެންހުނާނެ. މަގުމަތީ ކުރަހާފަ ހުންނާނެ. އެތަންތާ ޕާކުކުރުން މަނާވާނެ. ޓޯކުރުމާއި ނުކުރުން އެއީ އަދި ވަކިކަމެއް.
އަބޫ
21 July 2025
ވަރަށް އުނދަގޫކަމެއްކަން އެނގޭ ... ނަމަވެސް ކަންމަތިތަކުން ފަށަންވީނު ... ނޯޓޮލަރަންސް ކަންމަތި
އެކޮއި
21 July 2025
މީހުން ހިނގަން އޮންނަ ތަންކޮޅުގައި ޕެލެޓްތައް އަޅާ ފުރާލާފައި އޮވޭ. ބައެއްތަންތަނުގައި ކާރުގެ ދިގުމިނުގެ ޖާގައެއްގައި ދަނގަނޑުން ޕެލެޓްތައްހަދާ ޕޭމަންޓް ގަލާއެކު ބޮޑުސިންގާ ޑީ ލޮކްއަޅުވާފައި ހުރޭ. މިތަން ފުލުހުންނަށް ނުފެންނަނީ ކީއްވެ؟ 5ފޫޓުން 5ފޫޓުގެ ދުރުމިނުގައި ޕެލެޓްތައް އަޅާ ފުރާލާފައިވެސް ހުރޭ. ކީއްވެތަ ނުފެންނަނީ. އެއީ ބަންގާޅީންކުރާކަމެއްވީމާ ހުއްދަވީތޯ؟ ޤަވާޢިދަށް ފައްތަންޖެހެނީ ފަސްބައިގައި ޖަހާފައި އިންނަ ފަތި އެކަނިތޯ؟
ގޮޑު
21 July 2025
ފޭސް ދޭއްގައި ތިޔަ ކަހަކަ ކަންކުރުމުގެ ކުރިން ޕޭމަންޓުތަކާ ޕާކިން ޒޯންތަކާ ހަދާބަލަ، އެތަން އެއޮންނަނީ ގޮޑެއްހެން މިސާލަކަށް ވިނަރެސް އާ އުޘްމާންބިން އައްފާނު ވަގުތީ ދާއިމީ މިސްކިތާ ދޭތެރޭ އޮންނާނީ ޕޭމަންޓެއް ނެތި ގޮޑެއްހެން ތަން އޮންނާނީ ނުލާހިކު އަދިރިކޮށް
ފޭސް 2
21 July 2025
ފޭސް 2 ހަދާފައި އޮތީ ރަނގަޅަށް. ގޮތެއް ފޮތެއް ނެތިގެން މިއުޅެނީ އެތަނުގައި އުޅޭ މީހުންގެ ކިބައިގައި. ކޮންމެ މީހަކަށް ހައެއްކަ ސައިކަލާއި ދެތިން ހަތަރު ކާރާއި ޕިކަޕް ބާއްވާނެ ތަންތަން އެތާ މަގުމަތިންނާއި ދުވާރުން ދައްކާކަށް ނުޖެހޭނެ.
އުންމުލް ކުރާ
21 July 2025
ނިރޮޅުމަގުގައި މާލެއަށް ދާއިރު ވާތްފަޅީގެ އެއް ލޭން އެއްކޮށް އެއޮންނަނީ ވެހިކަލްތައް ޕާކުކޮށްފައި، ވަރަށް އުދަގޫވާ ކަމެއްމީ، މިމަގުގެ މިފަޅީގައި ޕާކުކުރުން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފެނޭ، މަގުގެ އަނެއް ފަޅީގައި ބައިސްކަލްދުއްވާށޭ ކިޔައިގެން ހަދާފައި އޮތްބައި އޮތުމުން އެފަޅި މާބޮޑު، އެތަނުގައި ޕާކިން ޒޯނު ހެދިދާނެ.
ހަންޓު
21 July 2025
މައްސަލަ އަކީ ސީޒަނެއް ހެން 1 ހަފްތާ ނަގާފަ އަނެއް 6 މަހު ނުނަގާތީ.. އަބަދުވެސް ދެމެހެއްޓެނެވި ގޮތަކަށް ކޮއްބަލަ އޭރުން މީހުން އިސްލާހު ވާނެ. މިހާރު ތިބެނީ ނުގަވާއިދަށް ފަރިތަވެފަ
ފުލީސް
21 July 2025
ހިޔާފުލެޓް 11 ގެ ބޭސްމެންޓަގައި އެގޮތް މިގޮތަށް އެހެން މީހުނަށް އުނދަގޫވާ ގޮތަށް ހުންނަ ސައިކަލްތައްވެސް ނަގާދީބަލަ