އެމްޓީސީސީގެ ފްލީޓަށް އަލަށް އިތުރުކުރި ބައެއް ބަސްތައް ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
21 ޖުލައި 2025 - 16:07
ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ނ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށުގައި މި ހިދުމަތް ފައްޓަވައިދެއްވި އިރު، ބިން ބޮޑު އެ ރަށުގައި މިހާރު ބަހުގެ ހިދުމަތް ދެމުން އައީ ސްކޫލްގެ ފަރާތުން އެކަންޏެވެ.
އެމްޓީސީސީން ވަނީ އެ ރަަށުގައި ހިދުމަތް ދިނުމަށް ދެ ބަސް ގެންގޮސްފަ އެވެ. އެ ކުންފުނިން ބުނީ ބަހުގެ ހިދުމަތް ފުޅާކުރުމާ އެކު ރަށުގެ އާންމުންނަށް ވެސް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
ހިދުމަތުގައި ބޭނުންކުރާނީ 30 މީހުންގެ ޖާގައިގެ ބަހަކާއި 72 މީހުންގެ ޖާގައިގެ ބަހެކެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމުގައި ސްކޫލް ދަރިވަރުންގެ އަތުން ފީއެއް ނުނަގަ އެވެ.
އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލޭ ސަރަހައްދުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ޏ. ފުވައްމުލައް އަދި އައްޑޫގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން
22 July 2025
ދާއިމީކޮން ދެކޮޅުނުޖެހޭ ގޮތަށް ޚަރަދު ކުރީމަ 100 ބިލިޔަނުން ޤައުމު ދަރަނިވީ ކުރީ އަހަރުވެސް 500 މިލިޔަން ސަބްސިޑީ ދީގެން ތިޔަ އެމް ޓީ ސީ ސީ އެއް ހިންގުނީ . މައުލޫމާތު ކުށްކަމުގައި ނުވައްޏާ ހިލޭ ހުރިހާ ކަމެއްނުކުރެވޭނެ މީ ބިމުން ތެޔޮނަގާ ތަނެއްނޫން ރައްޔިތުންނަށް ނުބައި މެސެޖެއް ދީގެން ވެރިކަން ހޯދުން މިއޮއްނަނީ .. ފޮތް ހިލޭ ، ބޭސްހިލޭ ، ފުލެޓް ހިލޭ ، ދަތުރު ފަތުރު ހިލޭ ރައްޔިތުން ކަމަކަށް މިއޮއްނަނީ މީސް މީޑިޔާގައި ރައީސް މީހާއަށް ބެވުން
އިސްމާލި
22 July 2025
ސްކޫލް ދަރިވަރުންނޭ ކިޔާފަ ފީ ނުނެގުމަކީ ކޮން ބޮލަކުން ވިސްނާފައި ކުރާ ކަމެއް ތަ؟ ސްކޫލް ދަރިވަރުން ނަށް ކުޑަ ފީ އެއް ނެގުމަކީ އެއްވެސް މައްސަލައެއް ނޫން. މިއީ ހުޅަނގުގެކުރިއަރާފައިވާ ގައުމެއް ނޫން. އެއްޗެތި ހިލޭ ބަހާކަށް. ބަސް ކާޑެއް ހަދާފައި ޓެޕް ކުރާ ކޮންމެ ފަހަރަކު 2 ރުފިޔާ ވަރު ކަނޑާލުމަކީ މައްސަލައެއް ކަމަށް އެއްވެސް ބެލެނިވެރިއަކު ނުދެކޭނެ. އުމުރުން ދުވަސްވީ މީހުންވެސް ހިމެނިދާނެ. ބޯ ހަލާކު.
ސަލިމު
22 July 2025
އެޔަށް ސަރުކާރުން އެތައް މިލިއަނެއް ސަބްސިޑީ ދެޔޭ
ބސވަވ
21 July 2025
ޝުކުރުނުކުރަންޏާ ދީބަލަ އެހެން ރަށަކަށް. ފުދިފަ ދޯ
ބަޓް ވައި
21 July 2025
ކީއްވެތޯ ކެނދިކުޅުދޫ؟ އައްޑޫ ސިޓީ، ތިނަދޫ، އޭދަފުށި، ނައިފަރު، ހިންނވަރު ފަދަ އާބާދީ ބޮޑު ތަންތާގައިވެސް މިކަމެއް އަދި ނެތް.
އަފްރާސިޔާބު
21 July 2025
ބަލާލިއިރު އެންމެ ގިނަ ވޯޓުލިބެން އޮތީ ކެނދި ކުޅުދޫން ކަމަށްވާތީ. ކޮންކަމަކާ އައްޑޫ މީހުން ހާސްވަނީ. ވޯޓު ނިމެންދެނޭ މިފަށާ ކަންތައް ކުރިއަށްދާނީ.
މުހައްމަދު އ ހ
22 July 2025
އައްޑޫ ފުވައްމުލަކުގަ ލިބޭ ފެން ތިބުނާ ނައިފަރު ހިންނަވަރު އޭދަފުށި ގައި ކިހިނެއް ބޮގެތި ބަސް ދުއްވާ ނީ މަގުތައް އެހާ ހަނި . އެހެން ނޫނަސް ދޮޅުފޫޓް ވެސް ހަމަ ނުވާ ކުދި ކުދި ރަށްރަށް.
ސުންދުސީ ޕަރްވީން ބާބީ
22 July 2025
ހަބަރު ނުކިޔާ ކޮމެންޓް ކުރާ މީހެއް ދޯ! ބަލަ އައްޑު އަށް ވެސް ހިދުމަތް ދޭ ވާހަކަ އެބޮތް ލިޔެފަ
ގުދާރޭ.
21 July 2025
ކ.މާލޭގައި އޮތް ބާވެފައިވާ ބަސް ގަނޑެއް ގެނެސްފި. ދަބަރަށް ވެގެން އެއްލާލަންވީމާ ކޮންމެވެސް ރަށަކަށް ފޮނުބާލަނީ މިއީ މާލޭ މީހުންގެ ގޮޑު ކަމަށް ހީކޮަށްތަ ؟