ަރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދަންނަވަން މިދިޔަ ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރައީސް މުއިއްޒުގެ ދެކަނބަލުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
22 ޖުލައި 2025 - 16:21
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއި އިންވެސްޓްމެންޓް ޓްރީޓީއެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އަންނަ ހޮނިހިރު ދުވަހު ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިކްރަމް ވިދާޅުވީ، އެ ދަތުރުފުޅުގައި މުހިއްމު ގިނަ ދާއިރާތަކުން މަޝްވަރާތައްކޮށް ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ކަމަށެވެ.
މޯދީ ރާއްޖެ އަށް ވަޑައިގަންނަވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އެންމެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމުގެ ކުރިން އަންނަ ހޮނިހިރު ދުވަހު މޯދީ ފުރާވަޑައިގަންނަވާނެ އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފްޓީއޭގެ މަޝްވަރާތައް ކުރައްވާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކުރިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތްތައް ފަށައިފަ އެވެ.
މޯދީގެ ދަތުރުފުޅުގައި މުހިއްމު ދާއިރާތަކުން އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ މަޝްވަރާތައް ކުރަން ރާވާފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިއަދު ވިދާޅުވި އެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ އާއި މަސްވެރިކަމުގެ ދާއިރާ އިން އާއި އުމްރާނީ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އާ ދާއިރާތަކުން އިތުރު ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ޕްލޭން ކޮށްފައިވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންޑިއާ އިން އިސްނަގައިގެން ހިންގާ މީހުން ބިނާކުރުމާއި ތަމްރީން ޕްރޮގްރާމުތަކުގެ އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ގައުމަކީ ރާއްޖެ އެވެ.
"ކުރިއަށް އޮތްތަނުގައި ވެސް ކެޕޭސިޓީ ބިލްޑިން ދާއިރާއިން އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދާނަން. އަދި ކަނޑުގެ ސަރަަހައްދު ބެލެހެއްޓުމުގައި އިތުރަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމާފައި. އޭގެ ތެރޭގައި އިތުރު ބޯޓުތަކާއި އެސެޓުތައް ދިނުމަށް ވަނީ ނިންމާފައި،" ވިކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މޯދީގެ ދަތުރުފުޅުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫއުތައް އިއުލާނު ކުރާނެ ކަމަށެވެ. އަދި އެ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިމް
24 July 2025
އޭރުން އިންޑިޔާ ވިޔަފާރިވެރިން މުޅި މިގައުމު ހިސާރުކޮށް ދިވެހިންގެ މަސައްކަތްތައް ނެތިދާނެ. އެކަމުގައި ކޮންސެޝަންސް ބަހައްޓާ އެކަމުގައި ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނޭ ގޮތަކަށް ރޭވުން މުހިއްމު.
ޖައި ހިންދު
23 July 2025
ރާއްޖެ އަކީ އިންޑިޔާގެ އަވަށަކަށް ބަދަލްކޮށްލުން އެއީ އެންމެ ރަގަޅުގޮތް، އޭރުން ބޭސް ލިބި، މުދާވެސް އަގު ހެޔޮކޮށް ލިބޭނެ، ކޮންމެހެން ޑޮލަރު ހޯދާކަށް އުޅޭކަށް ނުޖެހޭނެ
އަޅި އަލީ
23 July 2025
އިންޑިއާގައި ބޭނުން ކުރާ ރުޕޭ ނޫނީ ޔޫޕީއައި މިގައުމަށް ތައާރަފް ކޮއްދެއްވާ! އަދި ދެގައުމުގެ ގައިވެސް ބޭނުން ކުރެވޭ ގޮތް ހައްދަވާ ދެއްވާ! އިންޑިއާގަ މާރުކޭޓު ގޮޅިގަވެސް ކިއުއާރުބް ޕޭކޮއްލެވޭ! ހާދަ ފަސޭހައޭ!
ހުމާމް
23 July 2025
ރައީސް މުއިއްޒު އިންޑިއާ ގާތް ގުޅުމެއް ބާއްވައިގެން މިއަދު އެމަނިކުފާނަށް ޖޯކު ޖެހުމުގެ އެއްވެސް ހައްގެ އެމްޑީޕީ މީހުންނަކަށް ނޯންނާނެ. އެމީހުންގެ ވެރިކަމުގަ އަޑި ނޭގޭ ސިއްރު ޑީލްތައް ހަދައިގެން ހިންގި ގޮތަކަށް ނޫނޭ މިއަދު ދެގައުމުގެ ގުޅުން މި ބަދަހި ކުރަނީ
ހުނައިފްް
23 July 2025
މުއިއްޒު މި ގައުމުގެ އިގްތިސޯދު ހަމަޔަކަށް އަޅުވަން މިކުރާ މަސައްކަތް ބަލައިގަންނަންޖެހޭ. އަދި ވަކިން ހާއްސަކޮށް އިންޑިއާ ފަދަ ގައުމުތަކާ ބާވަންޖެހޭ ރަނގަޅު ގުޅުމުގެ ތެރެއިން މިކަންކަން ކުރިއަށް ގެންދަންވީ
އިސްމާލި
23 July 2025
ތިއަކުން އާންމު ފަރުދަކަށް ވާނެ ފައިދާއެއް ނޯންނާނެ.
ރާވެރިބެ
23 July 2025
ރަގަޅު ކަމެއް. ޗައިނާ އާ އިންޑިއާ، ތައިލަންޑް އަދި މެލޭޟިއާ އެކީ ވެސް އެފްޓީއޭ ހަދަންވީ
ވެރިކަން ބޭނުމިއްޔާ ކޮންމެފަދަކަމެއް ވެސް ...
23 July 2025
ބަޔެއްގެ ދެފުތްދެގޮތްކަން މިވަރަކަށް ބޭޒާރުވާނީ.
މުނާފިގް
23 July 2025
ބައެއްގެ މުނާފިގުކަން، އެފަދަބައެއްގެ ހިތުގައި ގައުމާއި ރައްޔިތުންނަށް އެއްވެސް ލޯތްބެއް ނުވާނެ. އެބައިމީހުންގެ ހިތްތަށްވާނީ އަމިއްލަ އެދުމުން ފުރިބާރުވެފައި.
އަމީން ފައިސަލް.
22 July 2025
ހަމަ ގައިމުވެސް އިންޑިޔާ ކަހަލަ ބޮޑު އިންސައްތަ އިމްޕޯޓަށް މިގައުމު ބަރޯސާވާ ގައުމަކާ މިކަހަލަ އެފްޓީއެއް ހަދައިފިނަމަ ވަރަށް ގިނަ ގުނަ ފައިދާ ވާނެ މިގައުމަށް
އަހްމަދު ކާމިލް
22 July 2025
ރާއްޖެ ވިޔަފާރީގެ ރޮގުން ކުރިއަރުވަން ސަރުކާރުން ނަގާ މުހިއްމު ސްޓެޕެއް މިއީ