ނަޝީދާއި ފައްޔާޒު ރޭ އޯޓީޕީގައި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރައްވަނީ.
23 ޖުލައި 2025 - 09:37
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެ ޕާޓީއާ މިދިޔަ މަހު އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިސްވެ ހާއްސަ ކެމްޕެއިން ހަރަކާތްތަކެއް ފައްޓަވައިފި އެވެ.
އޯޓީޕީގައި ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒު ވެސް ވާހަކަފުޅު ދެއްކެވި އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ލޯކަލް އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ، ނަޝީދު ވިދާޅުވާ ފަދައިން އެހެން ސިޔާސީ ޕާޓީތަކާ ހިލާފަށް އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ފައިދާ ކުރާނެ ސިޔާސަތުތަކާއި އަޑާއި ކުލަ އާއި ޖޯޝުން ފުރިފައިވާ އަދި ހިސާބު ޖަހާފައިވާ ކެމްޕެއިންތަކަކުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވާއިރު ފައްޔާޒު އަޑުއައްސަވަނީ.
"އަޅުގަނޑަށް ފެނުނީ ޗެއާޕާސަން ފައްޔާޒު ހުންގާނުގައި ހުންނަވައިގެން އެ މަސައްކަތް ވަރަށް ރަނގަޅަށް ފައްޓަވާފައިވާ މަންޒަރު. އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބު ރީތިކޮށް ކާމިޔާބު ކުރެވޭނެ،" ހަސަން އެކްސްގައި ވިދާޅުވި އެވެ.
ނަޝީދާއި ފައްޔާޒު ގުޅިވަޑައިގެން އެމްޑީޕީގައި ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެ ޕާޓީގެ މެމްބަރުން ރޭގެ ބައްދަލުވުމަށް ފަހު ބުނަމުން އައީ ފަޔާޒުގެ ލީޑަޝިޕްގެ ދަށުން ކުރިއަށް އޮތް ލޯކަލް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ކުރިޔަށް އޮތް އިންތިހާބު މާތް ﷲ ގެ ރަހުމަތުން ބޮޑުކޮށް ނަގާނެ. ފަޔާގެ ލީޑަޝިޕްގައި ގިނަވަމުން ގިނަވަމުން ބޮޑުވާތަން އެބަފެނޭ،" އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީ ދޫކޮށް ނަޝީދާ އެކު ޑިމޮކްރެޓްސްއާ ކުރިން ގުޅުނު އާންމު މެމްބަރުން ވެސް ބައިވެރިވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިދިޔަ މަހުގެ 23 ގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް ކަމަށެވެ. އެ މަނިކުފާނު ހިސާބު ޖެއްސެވި ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކައިރިވަމުން އަންނައިރު، ވެރިކަން ކުރާ ޕީއެންސީން ވެސް ވަނީ ކެމްޕެއިނަށް ދަތުރުތައް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔިތު މީހާ / ރައްވެހިގެ
24 July 2025
މ.އަތޮޅުގައި /ނާޒިމު / ސައްޕޭ / އަނީސާ / ފާރިޝް މިހެންގޮސް އެތައް ބޭކާރު ބައެއް ގޮނޑި އަތުލަނީ މި ބޭފުޅުން އެ އަތޮޅަށް ކޮށްދެއްވި ކަމެއް ފެންނާކަށްނެތް ކަހަލަ ނަމަވެސް އިންތިޚާބަށް ކައިރިވީމަ ރައްރަށަށް ދަތުރުކޮށް ރައްޔިތުން ވާވައްދަން އެވަރެއްނެތް ރައްޔިތުން ނުބުނި ނަމަވެސް އެބައަކަށްވެސް އެނގެން ޖެހޭނެ މިއީ ހެދޭ ގޯހެއްކަން ޖަވާބު ދާރީވާންޖެހޭނެ ދުވަސް އަންނާނެ.
ސުންދުސީ ޕަރްވީން
24 July 2025
ނަޝީދު ހާދަ އަވަހށް ސިފަ ބަދަލުވެ ދުވަސް ދަނީ! އިހަކަށްދުވަހު ވ ޒުވާންކޮށް އން ބޭފުޅަކަށް މި ވަނީ ކީއްބާ!!!!
ދޮންމަނިކުބޭގެކަޅުޗީ
23 July 2025
ރނަޝީދަކީ ދިވެހިސަރުކާރު ރައްޔިތުން އަތްފޯރާފަށަށް ގެނެސްދިންމީހާ. އެއަކު ގިނަމީހުން ދެބަހެއްނުވޭ. އެކަމަކު ޒަމާން ބަދަލުވެ އޭރު ރނަޝީދުވެސް ކިޔައިއުޅުނު ޅެން ފަރިއްސަށްވެ އުއްމީދުތައް ނެތިއްޖެ. ސަރުކާރަކީ އާންމުނަށް މުސީބާތަކަށްވެ' ސަރުކާރަކީ އޭރަކު ވެރިކަމުގައި ތިބޭބަޔަކުއެކަނި ޕްރޮފިޓް ޝެއާކުރާ ކުންފުންޏަކަށް ވެގެންހިގައްޖެ. މިހާރު މިފެންނަ އެއްވެސް މީހަކަށް އިތުބާރު ކުރެވޭކަށްނެތް. އަލުން އެހެން ގޮތެއްފެނޭތޯ ދިވެހިން ވިސްނަންވެއްޖެ.
ޅަތޫފާ
23 July 2025
...ރައީސް ނަޝީދު ގެ ފިތުނަވެރި ވިސްނުން މިގައުމުގަ ދެން ނުދިރޭނެ! ނަޝީދު އަށް ވާގިވެރިވާ މީހަކަށް މަގޭ ވޯޓު އަދި އާއިލާގެ ވޯޓެއް ނުލިބޭނެ! ނަޝީދަކީ ޗޮއިސެއް ނޫން!
ޑރ ވާންޗޯ
23 July 2025
ހަމައިގަހުރިމީހަކު ވޯޓެއްނުދޭނެ، އެމްޑީޕީ ވެރިކަމަށްއައި ދެފަހަރުވެސް ގައުމު އަމިއްލަޖީބަށް ކަހާލިގޮތް ނޭގޭމީހަކު އުޅޭބާ؟. މިބުނީ ބައިއެޅިގެން ހަޒާނާދޮވެލުމުގެ ސެއަރހޯލްޑަރުންނެއްނޫން.
އަފްރާސިޔާބު
23 July 2025
މި ސިޔާސީ މީހުންނަކީ ހައުދަހައި ދޮގުތައް ހަދާބަޔޭކޭދޯ؟ މި ދޮގުވެރިން ނެތި މި ގައުމު ކުރިއަށް ކަނޑާ ކަމަކަށް މިހާރަކުނުވޭދޯ؟ ބޮޑުވަރު.
އަސްލު.......
23 July 2025
ނަޝީދު ވޯޓު ދެއްވަން ބުނާއެއްވެސް ބޭފުޅަކަށް ވޯޓެއްނުދޭނަން، އެއްވެސް ވަރަކަށް އިތުބާރެއްނުކުރެވޭ.....
ބުނެލަން އޮތީ
23 July 2025
ރ ނަޝީދު ވަރުގެ ދިވެހިންނަށް ހެޔޮލަފާ ވެރިއެއް ނެތް، މި ގައުމުގެ ތަރައްގީގެ ބާނީއަކީ އެއީ
ސުމެއް
23 July 2025
ކޯންޗެއް ތަރައްޤީ ކުރި މީހެއް؟
ޗަކް
23 July 2025
ކޮންކަމެއް އޭނަ ތަރައްގީ ކުރީ. ފަޅުރަށްތައް ކާރީގައި އެނބުރުނު އަންހެންވެރިންނަށް ބަހާލައިގެންތަ؟ ރާއްޖެއަށް އެތެރެ ކުރާ ބޭސް އެތެރެކުރުން ފެންތަށިއަރުވާ ކުއްޖާއާ ހަވާލުކުރުމުންތަ؟ ނޫނީ ހުރިހާ ބިންތަކެއް އިންޑިޔާއަށް ދީގެންތަ؟ ނޫނީ ވެެރިކަން ކުރަން ނޭނގިގެން އިސްތިއުފާ ދީގެންތަ؟
އަފްރާސިޔާބު
23 July 2025
އެއީ ފްލެޓް އެޅޭނެކަން ދެއްކިވެރިޔެއް.
ވސހގް
23 July 2025
ރައީސް ނަޝީދު ވަރަށް މުސްކުޅި މިފޮޓޯތަކުން.
ދިއްދޫމީހާ
23 July 2025
ނަޝީދަކީ މިހާރު ސިޔާސީ ތަރި އޮއްސިފަހުރި މީހެެއް އެތަރި އޮއްސާލީ ނާޒިމް ސައްތާރު..