އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިއުމުން ހޯދަން އިއުލާންކުރި ދެ މީހުން، އެކްސިޑެންޓުވި ކާރު ކައިރީ މަޑުކޮށްލައިގެން.---
24 ޖުލައި 2025 - 14:38
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ.
ފުލުހުން ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ތިބި ދެ މީހުން ހުޅުމާލެ 2 ގައި މީހުން ނޫޅޭ ހިސާބަކަށް ގޮސް ފައިބައި ކާރަށް ވެފައި ހުރި ގެއްލުން ބަލަ އެވެ.
އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ ކާރަކުން ފޭބި ދެ މީހަކު ހޯދަނީ
— Maldives Police (@PoliceMv) July 24, 2025
މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން.https://t.co/iGSVsMA1Z3 pic.twitter.com/LBQNaucIDI
ކަޅު ކުލައިގެ އެ ސްޕޯޓްސް ކާރުގެ ކުރީކޮޅުން ބައެއް ނެއްޓި އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.
ކާރުން ފައިބައި ދެ މީހުންގެ ތެރެއިން އެކަކު ހުންނަނީ ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަނެއް މީހާ ހުންނަނީ މަޑު މުށި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެންނެވެ.
އެ މީހުން ކައިރިއަށް އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރ
24 July 2025
އެކްސިޑެންޓްވި ކާރުގަ ނަންބަރެއް ނެތީތޯ؟ ރައުންޑް އެބައުޓް ކައިރީ ފުޓޭޖެއް ނޫނީ އެހެން ސަރަހައްދަކުންވެސް ކާރުގެ ނަންބަރު ފެންނަން ހުރި ފުޓޭޖެއް ނުލިބުނީތޯ ނޫނީ ދެބޯގެރިދުއްވަން ކޮންމެވެސް ކަމެއް ކޮށްލީތޯ. ޔުމްނު ވެއްޓުނު ހާދިސާގައި ވެސް ޖެހީ ތިކަހަލަ ސަކަރާތެއް. ކޮންމެވެސް ކަމެއް ކުރަނީ ކަމަށް ދައްކަން ވެސް ވީޑިއޯއެއް ދައްކަފާނެ. ކަންތައް ވަމުންދާ މަގުން މިކަހަލަ އެއްޗެއް ނުބުނެވޭ ވަރެއް ނޫން.
ދޮންތަކުރާ
25 July 2025
ތިވާނީ ޖިންނިން ތަކަކަށް. ތި ނުހޯދޭނެ. ތިކަން ވެސް އިބިލީހު ކައިވެންޏަށް ވާނީ
ގުދުގުދާބެއްޔާ
24 July 2025
ތިޔަ ވާނީ ރަށުން ފުންމާލިގޮތައް އައިސް ހުޅުމާލޭގެ މަގު ފެނުނީމަ މޮޔަ ބޮލަށް އަރާފައިވާ ދެގޮލައިންނައް!
އަޖައިބެއް
24 July 2025
އަޅެ ފުލުހުންމީ އެއްވެސް ފެންވަރެއް ނެތް ބަޔަކީތަ؟ ތިޔަ ދެ މީހުން ހޯދުން އެއީ އެންމެ ތަންދޮރު ނުދަންނަ ގަމާރަކަށްވެސް ކުރެވޭނެ ކަމެއް. ސީސީޓީވީ ފުޓޭޖް ހޯދި އޭރިއާގައި ޑިއުޓީގައި ހަރަކާތްތެރިވާ އެޗްޑީސީ މުއައްޒަފު އެޗްޑީސީ މެދުވެރިކޮށް ހޯދީމައި އެނިމުނީ. އެހިސާބުގައި ޑިއުޓީ ނުކުރާނަމަ، އެރޭގެ އެގަޑީގައި ނުވަތަ އޭގެ ކުރިން ޑިއުޓީގައި އުޅުނު އެނެމެންގެ ވަނަވަރު އެޗްޑީސީން ހޯދާފައި ތިޔަ ވީޑިއޯއިން އެފެންނަ މީހާ ހޯދީމައި އެނިމުނީ.
ބަބްސް
24 July 2025
ތިބޭފުޅާއަށް ފުލުހުން މަސަތްކަތް ކުރާގޮތް އަދިނޭނގެނީހެން ހީވަނީ. އެމީހުން ބަލާނީ އެމީހުން ބަލަން ބޭނުން ކަންކަން. މިސާލަކަށް ސިޔާސީ މީހެއް ނުވަތަ އެމީހުން ތިމާގެ ގާތް މީހެއް މިކަމުގައި އުޅޭނަމަ ތިބުނާ އެޗްޑީސީ ފުށުންޖަހައިގެންވެސް ހޯދާނެ. މަސްދުވަސް ފަހުން ވީޑިޔޯ އާމުކުރަނީ ކޮންމެވެސް އެހެން މަޤްސަދެއް ހާސިލުކުރަން.
އަޖައިބު އަންތަރީސް
24 July 2025
އެޗްޑީސީގެ ޑިއުޓީއަކަށް ތިބެނީ ނަމަކަށޭ. ކަލޭ މާ ގިނާން ކްރައިމް ޕެޓްރޯލް ބަލައިގެން ތި އުޅެނީ.
ބޭޗާރާ
24 July 2025
ކިޔޭއެއްޗެއް ނޭގުނަސް ކޮމެންޓް ކުރެވޭތޯބަލާތި. އެޗްޑީސީ ގެ މުވައްޒަފުންނަށް އެހިސާބަށްދާ މީހުންގެ ފޮޓޮޔާ ވަނަވަރު އެގޭނެތަ؟
ލަސް
24 July 2025
ގޭންގްތަކާ ބޮޑެތި ކުށްވެރިންނާއި އެޗްޑީސީގެ މުވައްޒަފުން ގުޅުންއޮންނަކަން އެއީ އެންމެން ދަންނަ ހަގީގަތެއް. މުޅި ކުންފުނި ހިނގަނީވެސް ގޭންގެއް ހިންގާގޮތަށް. އެމީހުންގެ ތަނަވަސް ކަމާއި މުސާރައާއި ނުބައްދަލު.