ލަންކާގެ ރައީސް ޑިސެނަޔަކަ: އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ.
25 ޖުލައި 2025 - 10:33
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު އިއުލާންކުރި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ޑިސަނަޔަކެ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ، ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގެން ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޑިސަނަޔަކެ ރާއްޖެއަށް މި ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް މިއަދު ހެނދުނު ވަނީ ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ވަޑައިގެންފަ އެވެ. މޯދީގެ ފުރަމާނަ ދަތުރުފުޅުގައި، ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުތައް ބައްލަވައިލައްވާނެ އެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
26 July 2025
އެ ނަމަކީ، දිසානායක ޑިސާނާޔަކަ (ޑިސަނަޔަކެ އެއް ނޫން).
ސަލްމާބަޖީ
25 July 2025
އަސްލު މިނިވަންކަމުގެ ޝަރަފު ދޭން ޙައްޤު ފަރާތަކީ ސްރީލަންކާ ، އަސްލު އިންޑިއާ އުޅުނީ ރާއްޖެއަށް މިނިވަންކަން ލިބުމުން ޤަބޫލު ނުކުރަން، ނަމަވެސް ފަހުން 15 އޮގަސްޓް 1965 ގައި އެއް އަހަރާއި 20 ދުވަސް ފަހުން މިނިވަންކަން ޤަބޫލުކުރީ.
ވާންޗޯ
25 July 2025
ލަންކާ އައް ވީ ގޮތް ދެން ރާއްޖެ އައް ވާނީ، ހަމަ ޗައިނާ ގެ ރިބާ ލޯން ގެ ދަށައް
ބުރާންޗޯ
26 July 2025
އިންޑިއާއިން ދެނީ އިންޓްރެސްޓް ފުރީ ލޯން؟ ވާންޗޯވެގެން އުޅެންޏަކާއެއް ވާނުވާއެއް ނޭނގޭނެ.
ދިއްދާ
25 July 2025
ކިހިނެއް ތިހެދީ.... މޯދީ އައީމާ ރުޅިއައީތަ. އަނެއްކާ މިނިވަން 60 ގެ "ހައިބަތުބޮޑު" ސައިފޮދު ލިސްޓުގަ ނެތީބާ.
ޖައްސާށޭ
25 July 2025
ލަންކާ އާއި ރާއްޖެ އާއި ދެމެދު ވިޔާފާރި އިތުރު ކުރަން އެބަޖެހޭ ވިސްނަން އެގޮތުން ބަލާއިރު ލަންކާ ގެ އިންޑަސްޓްރިއަލް ޕާރކެއް ހެދުމަށް ޓަކައި ހުޅުމާލޭގެ އިރުން އޮތް ފަޅު ހިއްކާ އެތަނުން 50 ހެކްޓަރު ބިން ލަންކާގެ ކުންފުނި ތަކަށް ވިއްކަންވީއޭ ހެކްޓަރެއް 10 މިލިއަން ޑޮލަރަށް ދެން އެތަން ހަދާނީ ޑިއުޓީ ފްރީ އަދި ޓެކްސް ފްރީ ޒޯނަށޭ އެއިރުން އެތަނުން އެކްސްޕޯރޓް ކުރާނެއޭ ލަންކާ ޕްރޮޑަކްޓްސް ދުނިޔޭގެ ބާޒާރުތަކަށް ލަންކާ އަށް ވުރެން ފައިދާ ބޮޑުވާނެއޭ
ގައުމު ދަރާވިކޭ ސަބަބު
25 July 2025
ޏުދެނެ ހުރިންހޭ..މިހާރުވެސް ދެބޭންކް އެބަހުއްޓޭ..ބީއޯސީ.އަދި ސީބީއެމް. ޢިންސުއަރަންސް ނަގާ ސިލިންކޯ އާ ތަކާފުލް. ސިޕިންގ ކުންފުނި ޓީޓީ އެސް. ފްރޭޓް ފޮވަޑަރުންނޭ ކިޔާ އަށްޑިހަ އަށް ވުރެ ގިނަސިލޯނު މީހުން..ރާއްޖޭގެ ޓުވަރިޒަމްގެ %25އަށްވުރެ ބޮޑު އަދަދު. ފެޑެކްސް އާއި އަރާމިކްސް ކުރިއަރ ސަރވިސއ.ގިނަ ރިސޯޓްތަކާ މާލެ އޮފީހުގެ އެކައުންޓެންޓުން.އަދި ރިސޮޓް ސަޕްލައިގެ ކޮންޓްރޯލް...ޕިލާވޫސް ޢާއި ޕިއްޒާ ހަދާތަން ތަން. ފޭސަލް އާއި ބޯކޮށުން.މިހެންގޮސް.....
ޜަންވަޅު
25 July 2025
މިހާރުވެސް މިޢީ ލަންކާމީހުންނަށް ރަން ވަޅެކޭ...6500 ކޮންޓޭނަރު ރާއްޖެ އެތެރެ ކުރާއިރު ގިނަކޮންޓެރު އަންނަނީ ލަންކާ ޕޯޓަށްބާލާފަކަމުން ތިންގުނަ އިތުރަށް ކޮންޓޭނަރަކަށް ދިވެހިންގެ އަތުން ޑޮލަރު ފެލައެވެ.ދުނިޔޭގެ ބޮޑެތި ސިޕިންގ ކުންފުނި ތަކުގެ އެޖެންސީވަނީ އެމީހުން އަތްދަށުލާފައެވެ. 15މިލިއަނާ20މިލިއަނާ ދެމެދު ޑޮލަރު ފެލަމުން އެބަ ގެންދެ އެވެ. ދަރީންނޭ ހޭލާށެ..ސަރުކާރު ނިދާފައެވެ.
އަބްޑޫޅް +
25 July 2025
އެ ނަމަކީ "ޑިސެނައިކާ" އެއް ނޫން. އެއީ "ޑިސާނާޔަކަ". މީހުންގެ ނަމަށް ކުރަފި ނުއަރުވަގަ.
ޗަކް
25 July 2025
ކޮން ނާޔާކެއް. މިއީ ހިންދީ ނަމެއް ނޫނޭ. މިނަން ކިޔާއިރު ނޫހުގައި ލިޔެފައި އޮތް ގޮތަށް ޑިސަނައިކަ ކިޔޭނީ. ކަލޭ ކޮންތާކުން ނަން ލިޔަން ދަސްކުރީ؟
ދޮންދީދީޑީ
25 July 2025
މާބޮޑަށް އެނގެނީ. ލާންކާ މީހުންވެސް ކިޔަނީ ޑިސެނައިކާ. ތީ އިންޑިޔާ މީހެއްތަ؟ ބޯހަލާކު ތިއުޅޭ ވައްތަރުން.
ވާންޗޯ
25 July 2025
ލޮލް