މި އަހަރުގެ ކުރީކޮޅުޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުގައި، އުޅަނދުތަކުގެ އެއްބަސް ވުމުގައި މިނިސްޓަރާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހް ސޮއި ކުރެއްވުމަށްފަހު.--
25 ޖުލައި 2025 - 19:22
އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފަށް 72 ވެހިކަލް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މަޝްވާރަތަކަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއާ ހަވާލުވެ ވަޑައިގެންފަ އެވެ.
ތަޅުދަނޑި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު މޯދީ އެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް އުޅަނދުތައް.
އެ ރަސްމިއްޔާތުގައި އުޅަނދުފަހަރުތައް ރާއްޖެއަށް ހަވާލުކުރިކަމުގެ ރަމްޒީ ތަޅުދަނޑި ރައީސާ ހަވާލުކޮށްދެއްވީ އެ ގައުމުގެ ބޮޑުވަޒީރެވެ.
މިއީ މި އަހަރުގެ ކުރީކޮޅުޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދޭން ނިންމި ވެހިކަލްތަކެކެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އުޅަނދުތައް:
- 27 ގޮނޑީގެ އަށް ބަސް
- 10 ޕިކަޕް
- ކުޑަ 10 ވޭން
- 10 ވޭން
- ފަަސް ލޮރީ
- އަށް ޓްރެކްޓަރު
- ހަތަރު ޓިޕާ ޑަމްޕް ޓްރަކް
- ހަތަރު ބެކްހޯ ލޯޑަރު
- ދެ ކެރޭން
- ހަ މިނީ އެކްސްކަވޭޓަރު
- ފަސް އެކްސްކަވޭޓަރު
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ބައެއް ވެހިކަލް.
އިންޑިއާއިން ބުނީ މި ވެހިކަލްތައް ހަދިޔާ ކުރުމަކީ ދެ ގައުމުގެ ދެމެދުގައި ވަރުގަދަވަމުންދާ ގުޅުމުގެ ރަމްޒެއް ކަމަށެވެ. މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސިފައިންގެ ގާބިލުކަން އިތުރުވާނެ ކަމަށް ވެސް ބުންޏެވެ.
މޯދީގެ ދަތުރުފުޅުގައި މިއަދު ވަނީ މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަހަރުލާދާ
26 July 2025
ތިއިން އެއްވެސް އުޅަނދެއް ދުއްވަން އިނގޭ އެއްވެސް ދިވެއްސަކު އެބަހުރި ބާ؟
raajje
26 July 2025
އިންޑިޔާއަކީ ރާއްޖޭގެމިނިވަންކަމަށް އިހުތިރާމުނުކުރާ، ރާއްޖޭގެމައްޗަށް އަތްގަދަކުރުމަށް ކެނޑިނޭޅި އެކިގޮތްގޮތުން މަސައްކަތްކުރަމުން އަންނަގައުމެއް، އިންޑިޔާއާގުޅުންކަނޑާނުލެވުނުކަމުގައިވިޔަސް މާބޮޑަށް އެމީހުންގެ އެހީތަކުގައިހިފާ ގާތްވުމަކީގޯހެއް، ކައިރިމާޒީއަށްބަލާއިރު އަންނިގެވެރިކަމުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައިވެސް އިންޑިޔާ ހިފާފައޮތީ ރާއްޖޭގައި އިތުރަށް ހަމަނުޖެހުންތައް އުފެއްދުމަށް އޭގެފަހުން މަސްދޯނިތަކަށްއަރާ ބިރުވެސްދެއްކި،
ކިއްލާ222
26 July 2025
ހާދަ މޮޔަ މީހެކޭ ތީ! ބަލަ 1988 ގެ ހާދިސާ ގަ ރާއްޖެ ދިފާއު ކޮށް މިނިވަން ގައުމެއް ގޮތުގަ އޮތީ އިންޑިޔާ ގެ އެހީތެރިކަމުގަ! އިންޑިޔާ ބޭނުން ނަމަ އެފަހަރު ރާއްޖެ އަޅުވެތި ކުރެވުނީސް!
raajje
26 July 2025
ކިއްލާ222: މޮޔައީ ކާކުކަން ތިބޭފުޅާގެ ވިސްނުމާ ތިދެއްކިވާހަކައިން ވަރަށްސާފުކޮށް އެބަހާމަވޭ! ތިޔަބުނާދުވަސްވަރާ މިހާރާ ދުނިޔޭގެ އެއްވެސްކަމެއް ކޮންޕެއަރނުކުރެވޭނެ، ދޭދޭގައުމުތަކުގެ ވިސްނުމާ ދެކޭގޮތްބަދަކުވެއްޖެ، އަޅުވެތިކުރަންބޭނުންކުރާ އުކުޅުތައްބަދަލުވެއްޖެ، އޭރުއިންޑިޔާއިން އެހީވެފައިވުމުގެ މާނައަކީ މިހާރު އިންޑިޔާއިންހަދާ ހުރިހާގޯހަކަށްރުހިގެން ދިވެހިންގެ ސިނކުޑިއަކީނެތްއެއްޗަކަށް ހަދައިގެންތިބުމެއްނޫން، މިހާރު އިންޑިޔާއަކީ މަކަރުވެރިގައުމެއް
ޤައުމޮއްޔަތު
25 July 2025
މި ވެހިކަލްތައް އޮޕަރޭޓްކުރަން ދަސްކޮށްދޭން އިންޑިޔާ ސިފައިން ގެނެސް ބައިތިއްބަން ޖެހޭނެ.
ގެރިބާރޖިއޯ
25 July 2025
ލޮލް، މިހާރު އިން ވީ ތައް
އަޅި އަލީ
25 July 2025
ރަށު ޕިކަޕެއް ދެއްވި ނަމަ އަދި ވަރަށް ފުރިހަމަ ވާނެ!
ވާންޗޯ
25 July 2025
ކޮބާ އައުޓް ކިޔާ ކުދިން
މިތިބީ
26 July 2025
މިތިބީ އިންޑިއާ އައުޓް ކިޔާ މީހުން. އިންޑިއާއި އެކުވެރި ގުޅުން ބާވަންޖެހޭނެ. ނަމަވެސް އިންޑިއާގެ އުނގުތެރެއަށް ވެއްޓިގަނެގެން އޮންނަން ދިވެއްސެއްގެ ހައިސިއްޔަތުން ދެކޮޅު. އިންޑިއާގެ އަކީ މަކަރުވެރި ހީލަތްތެރި ޤައުމެއް. އެކަން ދަންނަންވާނީ ދެންތިބި މީހުން.
އަލީބެ
25 July 2025
ކޮންކަމަކަށް އެއްބަސްވެގެން ހޯދިވެހިކަލް ތަކެއްކަން ބުނުއްވަ ބައްލަވާ
×ޒ
25 July 2025
އުހޫ އުހޫ އާދަނާ.
ކޮރަލް
25 July 2025
ސިފައިންނަށް މިދިނީ ހާދަ ވަރުގަދަ މިލިޓަރީ އުޅަނދު ތަކެކެވެ.
ކޮރަލް - ގާ
26 July 2025
މިހާރު ސިފައިނުން އެދަނީ ދަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި ދަނޑުވެރިކަމުގެ ދާއިރާއަށް ވަންނަން ތައްޔާރުވަމުން.
އަކޫ89
25 July 2025
ކީކުރަން ހަދިޔާ ކުރާހާ އެއްޗެއް! ދިވެހި ރާއްޖެ މީ ވ ހަރާންކޯރު ތަނެއް! އެއްޗެހި ގޮވަން ވީމަ ކުރިން ކޮށްދިން އެއްކަމެއް ވެސް ހަދާނެއް ނުވާނެ!ގިނަ ދިވެހިންގެ ގޮތަކީ ވެސް އެއީ!
ބަކޫ69
26 July 2025
އެއްޗެހި ގޮވަނީ ގޮވާގޮތަށް އުޅޭތީ. އިންޑިއާއިން އެދުމެއްނެތި ވެދުމެއް ނުކުރާނެ. އަވަށްޓެރި އެހެން ޤައުމުތައްވެސް އެބަހުރި. އިންޑިއާއި ހަރުމުދާ ދޭވަރަށް ނުދިޔަސް އެމީހުންގެ ފެންވަރު ރާއްޖެއަށް އެހީވެދޭ. އެކަމަކު ދިވެހިން އެޤައުމުތައް ދެކެ ރުޅި އައިސްގެން އެއްޗެހި ގޮވާތަނެއް ނުފެނޭ. އިންޑިިއާއަށް އުޅެވޭ ގޮތުން އިންޑިއާއަށް އެއްޗެހި ގޮވަން ޖެހެނީ.