އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް ،29 އަހަރު
28 ޖުލައި 2025 - 19:32
ލ. މާވަށުގައި މިއަދު އެ ރަށު މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ވަޅި ހޯދީ، މަރުގެ މައްސަލައިގައި ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް ހައްޔަރުކޮށް ފަށާފައިވާ ތަހުގީގުގެ ތެރެއިންނެވެ.
ފުލުހުން މިރޭ ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. އަދި ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ބުންޏެވެ.
ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ދިން ހަމަލާއަށް ފަހު މޫސަ އަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
މަރުވި މޫސަ އަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު އިބްރާހިމަކީ މާވަށުގައި އުޅޭ މީހެއް ނޫނެވެ. އެކަމަކު އެއީ އެ ރަށަށް އާންމުކޮށް ގޮސް އުޅޭ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
30 July 2025
6 އަހަރު ސަރީއަތް ދަންމާލާފަ ހެކިވެރިޔަކު ނެތިގެން ވަޅި ދަންޖައްސާފަ ނިންމާލާ.
ހަމްދާ ސައީދު
30 July 2025
މަސްތުވާ ތަކެތީގެ ރެކޯޑް އޮންނަމީހުން މިނިވަން ޖައްފުވައި އުޅުމަކީ ދެން މިގައުމުގަ ހައްލުނުވި ކަމެއް.
ޝަބާނާާ
29 July 2025
މިކަހަލަ ކަންތައް ވާތީ ކުޑަސިޓީ ހޯދައިގެން ރަށްރަށަށް އަރަންވީ.
އަލީބެ
29 July 2025
ވަޅި ސާބިތު ނުވާވާހަކަވެސް އަދި ބުނާނެ.
ނޭނގޭނެ
29 July 2025
އަލީބެ ނުސީދާކޮށް ބުނެލިޔަސް ކަހުރިގޮތައް ތިބުނެވުނީ ، މޫދު ލޮނުގަޖެހުނީމަ ނުވަތަ ފެނުގަޖެހުނީމަ އަތުގެ ނިޝާނެއްވެސް ލޭގެ ނިޝާނެއްވެސް ނުހުންނާނެ މުޅިން ސާފު ވަޅިއެއް ފުލުހުންނަށް ނެގޭނީ ، ހަމއެކަނި ތުހުމަތު ކުރެވޭމީހާ ނުވަތަ ފެނުނުމީހާ ބުނިބުނުމެއް އޮންނާނީ ، ވަކީލަކު ލިބޭހިސާބުން ހުރިހާކަމެއް ހަނދާން ނެތޭނެ،
ހުވަދޫ އަލިބެއްޔާ
29 July 2025
އަބަދު ބުލީ ކުރަން ދީގެން ހެވިފަ ކޮންމެ މީހަކު ނުހުންނާނެ.. ދެންވެސް ވިސްނަންވީ ރަށަށް އަރާ ބީރައްޓެހިންނަށް ޖެއްސުންކޮށް ފުރައްސާރަ ނުކުރަން..
ކޮރަލް
28 July 2025
ކުއްކުރާ މީހުން ނޭނގިގެން ނޫޅެ އެވެ. ތަކުރާރު ކޮށް ކުއްކުރާ މީޙުން ގިނަ އީ އެވެ. ދެން އޮންނަ އިންތިހާބެއްގަ އުމަރަށް ވެރިކަން ދޭން ވީ އެވެ.
ޖަލުގައި ތިބެބަލަ
28 July 2025
އާއްމުކޮށް ގޮސް އުޅެނީ ވިޔަފާރި ކަމުގައި ....
ނަމެއް ނުބުނާން
28 July 2025
ތިޔަ ލިޔާއިރު ރަށުގެ ނަން ރަނގަޅަށް ލިޔެބަލަ. ނޮޅިވަރަމް އާ ނޮޅިވަރަންފަރު އެއީ ދެ ރަށެއް
ނަން ބުނެފިން
29 July 2025
ދެން އަމިއްލަ ރަށުގެ މީހަކު ހަޑިޔެއް ހެދީތީ، އެއިގެން ރެކެން އެހެން ރަށެއްގެ ވާހަކަ ނުދައްކަބަލަ، އެއީވެސް އަނެއްކާ ކުރެވޭ ވަރަށް ނޭދެވޭ ޢަމަލެއް ކަމުގައިވާތީ ހަމަ ބުނެލާހިތްވީ......... ވަރަށް ސަލާމް