28 ޖުލައި 2025 - 22:05
މޯލްޑިވިއަން އެއާލައިންގެ ބޯޓުތަކުގައި ރާއްޖޭގެ ނަން ތާނައިން ލިޔަން ފަށައިފި އެވެ.
ގައުމީ އެއާލައިނުން ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޯޓުތަކުގައި "ދިވެހިރާއްޖެ" ނަން ލިޔަން ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ ނަން ތާނައިން ލިޔެފައި ހުރީ މޯލްޑިވިއަންގެ ބޯޓުތަކުގެ ބޭރުގައި ކުރަހާފައިވާ ރާއްޖޭގެ ދިދައިގެ ތިރީގަ އެވެ.
އެކަމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާބެހޭ މިނިސްޓަރު އާދަމް ނަސީރު ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
Here’s a closer look at what we proudly carry on every journey - “Dhivehi Raajje” now flies beneath the Maldivian flag on our aircrafts, a tribute to 60 years of independence. 🇲🇻✈️#MaldivianAero #DhivehiRaajje #60YearsIndependence pic.twitter.com/FetHkPVVJC
— MaldivianAero (@MaldivianAero) July 28, 2025
ސޯޝަލް މީޑިއާގައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތަކުގައި ރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިއަށް އެޅި އުފާވެރި ފިޔަވަޅެއް ކަމަށެވެ.
މޯލްޑިވިއަންގެ ބޯޓުތަކުގައި އެއާލައިންގެ ނަން ބޮޑުކޮށް ޖަހާފައި އޮންނަނީ އިނގިރޭސި ބަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިޝާމް މުހައްމަދު
29 July 2025
ދިވެހި ވަންތަކަން. ދިވެހީންގެ ބަސް. ދުވެހި އުޅަދުގަ. މިޔަށްވުރެ އުފާވެރި ވަކި ކަމެއް އެބައޮތްތޯ؟
ޒީނާތް އައްބާސް
29 July 2025
ދިވެހި ވަންތަކަން ފެންނަ ގޮތް ހެދީމަ ނިކަން އުފާވޭ
ވަތަނީއްޔަތު
29 July 2025
ޗޮކުން ބުނާކަށް ދިވެހި ޖުމްހޫރިއްޔަތުގެ ދިޔަށްވެސް މި ސަރުކާރުގަ ނެތީތަ ހުރުމަތެއް. ރ.ސޯލިހު ޒަޢާމަތުގަ އިންނާނެ ދިވެހި ދިދަ ބޭނުން ކުރަން ޖެހޭނެ އަދި ކުރެވޭނެ ގޮތަށް. https://presidency.gov.mv/Press/Article/26819
ރާއްޖެ
29 July 2025
ދިވެހި ދިދައިގެ ހަނދުފަޅި ހުންނަން ޖެހޭ ސައިޒްއެއް ނޫން އެއީ. ދިވެހިރާއްޖެ އެހެން ފޮންޓަކުން ލިޔުނު ނަމަ މާ ރީތި ވާނެ.
ފަހުދު.
29 July 2025
މިކަހަލަ ކޮސް ކަމެއް ކޮއްލަކޮއްލާ ތިބެނީ. އެއަރްލައިން ވަނީ ބަނގުރޫޓު
ސްޓޫޑެންޓް
29 July 2025
ރަނގަޅު ނިންމުމެއް! އެކަމަކު ދެރަކަމަކީ ދިވެހި ޤައުމީ ދިދައިގައިވާ ކްރެސެންޓް، ނުވަތަ ހަނދުފަޅި ހުރީ ވަރަށް ބޮޑައް ޕްރޮޕޯޝަނުން ނައްޓާފައެވެ! މިހެން ހުރުމުން ލޮލަށް ވަރަށް އައިބުވުމުގެ އިތުރުން އެއީ ދިދައަށް ކުރެވުނު ބޭ އިޙުތިރާމެކެވެ! ރާއްޖޭގެ ދިދައިގައި ވާ ރަތް ބޯޑަރ ތެރޭގައި ހުންނަ ފެހި ބޯޑަރ ގައި ހުންނަ ކްރެސެންޓް ވެސް ހުންނަން ޖެހެނީ ވަކި ޕްރޮޕޯޝަންއަކަށެވެ! ދިވެހި ދިދަ ޕްރޮޕޯޝަނަށް ކުރަހާނެގޮތް ވަރަށް ރީއްޗަށް ކިޔާދީފައި "ވިކިމީޑިއާ ކޮމަންސް" ވެބްސައިޓްގައި ވެސް ހުންނާނެއެވެ. ޕްރޮޕޯޝަން އަށް ބަހައްޓައިގެން، ކޮމްޕިޔުޓަރުން ދިދައިގެ ކަނުގައި ހިފާފައި ސައިޒު އިންކްރީޒްކޮށް ޑިކްރީޒްކުރިޔަސް ޕްރޮޕޯޝަނުން ނުނައްޓާ، ލޮލަށް ވެސް އައިބެއް ނުވާނެއެވެ.
އަހުމަދޭ
29 July 2025
ކިތައް މިލިޔަން ހަރަދު ވިބާ.
ސަލީމު އިދުރީސް
29 July 2025
ތީވަރައް ރަނގަޅު ކަމެއް އަދި މޯލުޑިވިއަން ބޯޓުތަކުގަ މުންޑާ ދިގުހެދުން ބޭނުން ކުރަން ފެމުން އަޅުގަޑު ވަރައް އުފާވޭ އިންޑިއާގެ ސާޅި އެއީ މަގޭއައް އެންމެރީތި ހެދުން އަމަ އެހާރީތި ދިގު ހެދުންވެސް އަދި ދިގުހެދުމާއެކީ އިތުރު ފޮތިގަނޑެއް ބޭނުންނުކުރާ ގޮތައް ތިކުންފުނިން ނިންމަންޖެހޭނެ ކަމައް ދެކެން!ސ އިތު ފޮތިގަނޑެއް ބޭނުން ކުރާނަމަ ދިގުހެދުމުގެ ޒިޒައިނައް ބަދަލު އާދޭ އެއްގޮތަކައްވެސް ރީއްޗެއްނޫން
މުހައްމަދު ހަނީފް
29 July 2025
މީ ރަނގަޅު ފެށުމެއް. ދިވެހި ވަންތަކަން އަބަދުވެސް އިސްކުރަން ވާނެ
ސިޔާދު ހަލީމް
29 July 2025
މިގައުމުގެ ކަންކަން ދިވެހި ވަންތަ ކުރުވަން ސަރުކާރުން ކުރާ މަސައްކަތް ވަރަށް ފާހަގަވޭ.