ގަދަ ވިއްސާރައިގައި ދޯންޏެއް ދަތުރުކުރަނީ: ކުރިއަށް އޮތް 24 ގަޑިއިރު ވަރަށް ވައިގަދާނެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
29 ޖުލައި 2025 - 19:54
ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ލަފާކޮށްފައިވާ ކަމަށެވެ.
މެޓުން ލަފާ ކޮށްފައި ވަނީ ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެހެންވެ އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
ވިއްސާރަ ދުވަހެއް -- ފޮޓޯ: މިހާރު
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކަނޑުމަގުން ނުކުރުމަށާއި، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށް ވަނީ އެދިފަ އެވެ.
މެޓުން، ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މިއަދު މެންދުރުން ފެށިގެން މިރޭ 8:00އާ ހަމައަށް މެޓުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުން ރާއްޖެ އަށް އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ މާދަމާ އެވެ.
ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަިއިމިގްރޭޝަން
29 July 2025
ޕާސްޕޯޓުގެ މަސައްކަތުގައި ބިޒީކޮށް އުޅޭތީ މޫސުމާ ގުޅޭ އެލާޓެއް އަދި ނުނެރެވޭ ވާހަކަ ދަންނަވަން.
ހުސޭނު އަލީ
29 July 2025
އިމިގްރޭސަނުން ހިއްސާކުރާ މޫސުމާ ބެހޭ މައުލޫމާތަށް އެކަނި އިތުބާރުކުރެވެނީ.