31 ޖުލައި 2025 - 17:46
މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރައާތު މިހާރު އޮތީ ގަވާއިދެއްގައި ކަމަށް ވާތީ އެކަމާ ބެހޭ އުސޫލުތައް ގާނޫނެއްގައި ހިމެނުމަށް ފަހު، އަމަލުކުރަން ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެއާއެކު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ، މިހާރު ވެސް މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކުރިޔަސް، އެ އަދަބު ތަންފީޒު ނުވާތީ އެވެ. އެހެންވެ، ޑްރަގުގެ ވިޔަފާރީގެ މައްސަލަ ހައްލުވާނެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން "މިހާރު" އަށް ވިދާޅުވީ މަރުގެ އަދަބު ދިނުމުގެ އިޖުރައާތު މިހާރު ކަނޑައަޅާފައި އޮތީ ގަވާއިދެއްގެ ދަށުން ކަމަށެވެ. ނަމަވެސް، ގަވައިދެއްގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މަރުގެ އަދަބު ދޭނެ ގޮތުގެ އިޖުރާއަތްތައް ކަނޑައަޅައި، ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހެއް ގެނެސް، މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތްތައް އެ ގާނޫނުގައި ހިމަނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެއީ [މި ދައުރުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުން] އަޅުގަނޑުމެންގެ ޓާގެޓަކީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި، ސުޕްރީމް ކޯޓުން މަރުގެ އަދަބު ދަމަހައްޓާފައި ތިބި ހަތަރު މީހަކު މިހާރު ވެސް އެބަތިއްބެވެ. އެކަމަކު 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
އިހުސާން ވިދާޅުވީ ޑްރަގް އެތެރެކުރުމުގެ މައްސަލަ ހައްލުކުރަން ޖޮއިންޓު ޓާސްކު ފޯހުން މަސައްކަތްކުރާ ކަމަށެވެ. އަދި މިހާރު ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނަށް މަރުގެ އަދަބު ދީގެން ތިން ގައުމެއްގައި އެކަން ހައްލުކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ސަޕްލައި ކުރާ މީހުންނަށް ހަރުކަށި އަދަބު ދީގެން ނޫނީ ނުހުއްޓޭނެ،" އިހުސާން ވިދާޅުވި އެވެ.
"ސަޕްލައި ސައިޑުން ހިންގާ އޮޕަރޭޝަންތަކުން ނެގޭ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ދާއިމީ ހައްލު އަންނާނެ ކަމަށް."
މީހުން މެރުމުގެ މައްސަލަތަކުގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގަވައިދެއް ހަދައި އެކަމުގެ މަސައްކަތްތައް ކުރި އެވެ. ނަމަވެސް، އެ ސަރުކާރު ނިމުނުއިރު ވެސް އެއްވެސް މީހެއްގެ މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެބުނީ؟
02 August 2025
މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހުކުމްކުރެވިގެން. ފައިސާއަށް ވިކިފައި އޮންނަ ޝަރުޢީ ނިޒާމެއްގެ ތެރެއިން ތިކަން ކުރަންފަށައިފިނަމަ ދެން ނުކުންނަ ނަތީޖާ މާ ހިތިވާނެކަން ކަށަވަރު
ޢަރުތަ
02 August 2025
މަރަށް މަރުގެ ހުކުން ތަންފީޒު ނުކުރެވޭތަނެއްގައި، (އިސްލާމީ ޝަރީޢަތުގައި ކަނޑިއެޅިފަ އޮތްނަމަވެސް)، ޑްރަގް ވިއްކާ މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނީ ކޮން ޝަރީޢަތަކުންބާ! އަމިއްލައަށް ޤާނޫނެއް ހަދައިގެން މީހުން މަރާނީބާ! ކައުންސިލް އިންތިޚާބު ކުރިމަތީގަ އޮތީމަ ރައްޔިތުންގެ ތާއީދު ހޯދަން އަޅުވާލި އަނދުނަކީބާ!
އަހަައްމު
01 August 2025
އަޅުގަނޑުމެން ހީކުރީ ޔާމީންގެ ވެރިކަމުގައި ކޮޓަރި ތައްޔާރުކޮށް މަރުގެ ހުކުމް ތަންފީޒު ހަމަ މި ކުރީއޭ..އެކަމަކު އެކަންވެސް ނިމިގެން ދިޔާއި ސައިބޯނި ބޮތްކަށްވީ ގޮތައް..ދެން މި ސަރުކާރުން މިކުރާ ކަންތައް ބަލަންތިބެމާ ހިނގާ..
ވަރަށް ސާފު
01 August 2025
ތިގާނޫނުގަ ޖަހަން ކެރޭނެތަ އެކަން ކުރަންޖެހޭނީ ހޯމް މިނިސްޓަރަކަށް ހުންނަ މީހަކު އެމީހެއްގެ އަމިއްލަ އަތުން ކަމާ އެހެން މީހެއްގެ އަތަށް ދީގެން ނުވަތަ ހަވާލުކޮށް ރެކިގެން ނުވާނެކަމަށް. އޭރުން މަމެން ގަބޫލު ކުރާނަން ހޯމް މިނިސްޓަރު އަމިއްލަ އަތުން އެކަން ކުރީމަ ކޮށްފިކަން. ވަރަށް ސާފު. އަދި އެމީހަކަށް ރައީސް ކަމަށް ނުވަތަ ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށް.
ސައިބޯނި
01 August 2025
ސިޔާސީ ބޭނުމަށް ވޯޓަށް ކަންކަން ކުރުމާކީ މިހާރު ބާވެފަ އޮތް އުކުޅެއް, ކަން ކޮށްފަ ނަތީޖާ ނެރެފަ ވާހަކަ ދެއްކުން ބުއްދިވެރީ،, އިހުސާންގެ ބަޑީސްތައް ލައޮގެން މިލިޓަރީ ވެރިކަމެއް ފެށެން ތައްޔާރު ވެފަދޯ
ސަލީމު އިދުރީސް
01 August 2025
ކޯޓުތަކުގަ ހުންނަ ލިއެކިއުމައް ކޮފީ ތަށި ބަންޑުންވެ ހެކި ނެތިދާތަނެއްގަ އަދި މިފަހުން ފުރާޅެއް މައްޗައް ކުއްޖަކު ވެއްޓިގެން ތަހުގީގު ކުރިއިރު ހިނގި ކަންތަކުން ފެންނޭ އިންސާފު މަރުގެ އަދަބުނޫން އަދަބެއްވެސް މިތާ ނުދެވޭނެކަން! ގޭންގަކައް ނިސްބައް ވާމީހަކާ ޓުރެފިކާ ހިލާފުވެގެން ފުލުހުންނައް ސުވާލު ކިރަން ނުކެރޭއިރު މަރުގެ އަދަބުނިއަތުގަ އޭންމީހެއް ގައިގަ ފުލުހުން އަތްލާން ކެރޭނެ ކަމައް ގަބޫލު ކުރާނީ ވާނުވާ ނޭގޭ މީހުން
އެމްސް
01 August 2025
ފުރަތަމަ އޮތީ ޝަރީޢަތަށް އިތުބާރު ހޯދުމާއި، ހަލުވި ކުރުމެވެ! ކިތަންމެ އާދައިގެ ކަމަކުވެސް ކޯޓަކަށް ގޮއްސިއްޔާ އެތަކެއް އަހަރެއް ހޭދަވެދެއެވެ!
ލީނާ މުހައްމަދު
01 August 2025
ދިވެއްސެއްގެ ހައިސިއްޔަތުން މިކަމަށް ފަހުރު ވެރިވަން މިރާއްޖޭގައި ކުރާ ކުއްތައް މަދުކުރުމަށް މޮ ސަރުކާރުން ކުރާ މަސައްކަތަށް ތާޢީދު ކުރަން
އެމްސް
01 August 2025
ބިދޭސީން އަބަދުވެސް ތިބީ ސަރުކާރުތަކުގެ ސިޔާސަތުތަކާއި ހެދި އުފަލުން ފޮޅިފައެވެ! ހުރިހާ ކުދި/މެދު ފަންތީގެ ވިޔަފާރިތައް ބޭރުމީހުންގެ އަތްމައްޗަށް ގޮސް ހުސްވެއްޖެއެވެ!
ދޮންބީބީ
31 July 2025
ތި ޤާނޫނު ފާސްނުވަނީސް ދަޢުރު ނިމޭނީ. ބޭނުމަކީ ތިކަމަށް ޤާނޫނު އިސްލާހުކުރަން ތިމަންންނާމެން އުޅުނޭ ކިޔާފަ ދައުރު ނިމެން ދެދުވަހަށް ވީމަ އިތުރު ދައުރަކަށް ހޮވާދިނީމަ އިސްލާހުތައް ފާސްވެގެން ހުކުމް ތަންފީޒުކުރެވިގެންދާނެ ކަމަށް ބުނެ އޮޅުވާލުން. އެއްވެސް އިހުލާސްތެރިކަމެއް އޮވެގެނެއް ނޫން. މަރުގެ ހުކުމް ތަންފީޒުކުރަން ކެރޭ ސަރުކާރެއް ނުހޮވޭނެ މިޤައުމަށް. އެއަށް ވުރެ ފިނޑި ސިޔާސީ މީހުން. ދޮންމީހުން ދެކެ ބިރުން އުޅެނީ.
އެމްސް
01 August 2025
ކޯޓްތައް އިސްލާޙުނުކޮށް ރަގަނޅަށް ޙުކުމެއް ނުކުރެވޭނެއެވެ! ޝަރީޢަތްތަށް ހަލުވިނުވެ ޢުމުރު ހުސްވަނީއެވެ!
އަކްމެޑް
31 July 2025
މިނިސްޓަރު އިހުސާނުއެވެ. ފުލުހުންގެ ގާނޫނުގެ ދެބައިކުޅަ އެއްބަޔަށް އަމަލުނުކުރެއެވެ. މިއީ އެއްމެ ބޮޑު ތަންފީޒީ އިދާރާގެ އަމިއްލަ ގާނޫނުގެ ވާހަކަ. ގާނޫނެއް ހެދިޔަސް, އެއަށް އަމަލު ނުކުރަންޏާ ބޭކާރު ކަމެކެވެ.