ޝަހީދު.
02 އޯގަސްޓް 2025 - 14:55
ހައި ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައިވަނިކޮށް، އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ހަމަޖައްސައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ ފަނޑިޔާރުން ހުވާކުރުން މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވި އެވެ.
އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ ދެ މަގާމަށް އައްޔަން ކުރުމަށެވެ.
ޝަހީދު، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ފެށުނުތާ ކުރީކޮޅެވެ. ނަމަވެސް އެ މަގާމުން މިމަހު ކުރީކޮޅު އޭނާ އިސްތިއުފާ ދެއްވި އެވެ. އަދި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
އެހެންވެ، ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވަން މައްސަލަ ހުށަހެޅުއްވީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް މި ފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ވަކީލް އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު، މައްސަލަ ހުށަހަޅާފައިވަނިކޮށް ފަނޑިޔާރުން ހުވާކުރަން ވަނީ ނިންމައިފަ އެވެ.
ނައުޝާދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ސިޔާސީ މަގާމެއް އަަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގައި ވަކީލަކަށް އުޅުއްވި ބޭފުޅަކު ފަނޑިޔާރަކަށް އައްޔަން ކުރުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަގީންޓާރ
03 August 2025
މުއިއްޒުގެ މީ ހީކުރިކަހަލަ މީހަކަށް ނުވި، މުޅި ޖުޑީޝަރީ މިއޮށްގެން ފުޑާލަނީ، އެއްވެސް ކަހަލަ އިންޓަރގްރިޓީއެއް ނެތް ޕާޓީގެ އެކްޓިވިސްޓުން ކޯޓުތަކަށް އަދި ހާއްސަކޮށް މަތީ ކޯޓުތަކަށް އައްޔަންކުރުމަކީ ވަރަށް ލާއިންސާނީ ނުބައި އަމަލެއް.
ތޫބާނާޒިމް
03 August 2025
ވަކި މީހަކު އައްޔަން ކޮށްގެން އެމްޑީޕީއިން މި ތެޅެނީ ކީއްވެ؟ މިސަރުކާރުން އެމްޑީޕީ ވެރިކަމުގައި ހެދިހެން ސިޔާސީ ދައުވާ ނުކުރާނެ. އަދި ވަކިން ހާއްސަކޮށް ފަޑިޔާރު ގެޔަށް އަތްބާނާ ވަކި ގޮތަކަށް ހުކުމް ކުރަން ނާންގާނެ
ލުހާމް މުހައްމަދު
03 August 2025
ހަމަ ޔަގީނުންވެސް ފަޑިޔާރުންގެ ގެޔަށް ރައީސް މުއިއްޒް އަތް ނުބާނާނެ. މި ގައުމުގައި ނޫޅޭނެ އެއްވެސް ޕާޓީއަކަށް ނިސްބަތް ވާ މީހެއް.
އަމްޝާދު
03 August 2025
ހުވާ ނުކުރަން ޖެހޭ ސަބަބެއް ނެތް. މީ ހަމަ ޔަގީނުންވެސް ގާބިލް ބޭފުޅެއް.
އަސދަފަފ
03 August 2025
ފަނޑިޔާރު ގެޔަށް އަތް ބޭނުން ނިމުނީ
ޖައިސާމް
02 August 2025
ފަނޑިޔާރުގެ މިނިވަން ވެއްޖެ ދޯ ޕީއެންސީ ސަޕޯޓަރުން؟
މަ ބުނީ
02 August 2025
މަ ބުނީ ކަނު ސޮރުގެ ލޮލަށް ނުފެންނާނެއޭ ބުނާފަދައިން މިއަދު ކޯޓުތަކަށް ވެސް ނުފެންނަނީއެވެ.
ޗަކް
02 August 2025
އެމްޑީޕީ މީހުން ކޮންމެ ގަނޑެއް ގަތަސް އޯކޭ ވާނެ. ގާނޫނަކީ އުސޫލަކީ އެމްޑީޕީ. ދުވަހަކުވެސް ކޯޓަށް ނުވަންނަ އެމްޑީޕީގެެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް މާނިއު އަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެރިކަމުގެ ފަހުދުވަހު ދިން އިރު އެނުވި ދޯ މައްސަލަޔަކަށް. މާނިއުއަށް ފަނޑިޔާރުކަން ދީގެން މައްސަލަޔަކަށް ނުވަންޏާ ތިމީހާޔަށް ދީގެން ވާނެ މައްސަލަޔަކީ ކޮބާތަ؟
ތެލި
02 August 2025
ނުފޫޒު ފޯރުވުން މި ނިމުނީއެވެ. ދެން މަހީ ހީ ހީ
ސްޓީވް ވިޓްކޯވް
02 August 2025
މަރުހަބާ ޝަހީދު އެން ޖަމީލު ، ގަައުމާއިގެން ކުރިއަށް